Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރެހުމުގެ މުބާރާތުގެ އިނާމުތައް ހަވާލުކުރުން

ދަރިވަރުންގެ އިނާމު އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފި

ހަފްލާ ޝަރަފުވެރި ކޮށްދެއްވީ އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަހުމަދު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 އެޕްރީލު 2021 | ބުރާސްފަތި 13:15
ކުރެހުމުގެ މުބާރާތުން ވަނަތައް ހާސިލްކުރި ދަރިވަރުންގެ އިނާމު އެޑިޔުކޭޝަން މިނިސްޓްރީއާއި ހަވާލު ކުރުމުގެ ތެރެއިން

ކުރެހުމުގެ މުބާރާތުން ވަނަތައް ހާސިލްކުރި ދަރިވަރުންގެ އިނާމު އެޑިޔުކޭޝަން މިނިސްޓްރީއާއި ހަވާލު ކުރުމުގެ ތެރެއިން

"ޗިއަރިން-އަޕް ސްޓޫޑެންޓްސް- ބިޔޯންޑް ކޮވިޑް-19 އެކްޓިވިޓީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ނަތީޖާ އިއުލާނުކޮށް ވަނަތައް ހާސިލްކުރި ފަރާތްތަކަށް ސެޓްފިކެޓާއި، އިނާމް އަދި ޝީލްޑާއި ޓްރޮފީ މިނިސްޓްރީ އޮފް އެޑިޔުކެޝަނާ ހަވާލުކޮށްފި އެވެ.

ރާއްޖޭގައި ހުންނަ ޖަޕެނީސް އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ޖައިކާ އެލަމްނައި ސޮސައިޓީ އޮފް މޯލްޑިވްސް (ޖޭއޭއެސްއެމް) ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލި މި މުބާރާތަކީ ކޮވިޑާއި ގުޅިގެން ސްކޫލްތައް ބަންދުވެ ދަރިވަރުން ގޭގައި ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލި އިރު ހިތްވަރު އާކޮށްދީ އަދި ކޮވިޑް ފަދަ ބަލިމަޑުކަމަކުން ސަލާމަތްވުމުގައި އާއްމު ސާފުތާހިރުކަމަށް ހިއްވަރުދީ ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިޔަށް ގެންދެވުނު ކުރެހުމުގެ މުބާރާތެކެވެ. 

ކީސްޓޭޖް 1 އަދި 2ށް މުބާރާތް ޚާއްސާކޮށްފައިވަނީ 'ހައިޖީން އެވެއާނަސް' މި ސުރުޚީއެވެ. އަދި ކީސްޓޭޖް 3،4 އަށް ޚާއްސަކޮށްފައިވާ ސުރުޚީ އަކީ 'ބިޔޯންޑް ކޮވިޑް-19، ބިލްޑް ބެކް ބެޓަރ' މި ސުރުޚީއެވެ. ޖައިކާ އަކީ ރާއްޖޭގެ ސްކޫލްތަކަށް ވޮލަންޓިއަރުން ފޮނުވައިގެން ޕީ.އީ މާއްދާ ކިޔަވައިދިނުމުގައި ޚާއްސަ އެހީތެރިކަމެއް ފޯރުކޮށްދޭ ޖަމާއަތަކަށްވާތީއާއި ޖައިކާ އިން ހުޅުވާލި މި ޕްރޮގްރާމްގައި ދެވަނަ ހަރަކާތަކަށް ކުރިޔަށް ގެންދިޔައީ 'އެންޖޯއިން އެކްސަސައިޒް' މި ސުރުޚީގެ ދަށުން ރާއްޖޭގެ ސްކޫލް ތަކުގައި ޕީ.އީ ކުރިޔަށް ގެންދެވޭގޮތް ދައްކުވައިދޭ ވީޑިއޯ ކްލިޕެއް ތައްޔާރުކޮށް ހުށަހެޅުމެވެ. 

މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަހުމަދެވެ. އިނާމުތައް އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޖައިކާގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް މރ. ކަވަސާކީ މިޓްސުޔާޝީ އެވެ.

ކުރެހުމުގެ މުބާރާތުން 1 ވަނައަށް ހޮވިފައިވާ ދަރިވަރުން

ކީސްޓޭޖް 1ން - ސީނު މަރަދޫ ސްކޫލް ގެ ގްރޭޑް 2 ގެ ދަރިވަރު އާމިނަތު އެލީނާ މުހައިމިން

ކީސްޓޭޖް 2ން - ބ. އަތޮޅު މަދަރުސާގެ ގްރޭޑް 5 ގެ ދަރިވަރު ފާތިމަތު ސާޔާ ހަސަން ސިމްރާހު

ކީސްޓޭޖް 3ން - ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 ގެ ދަރިވަރު މަރިޔަމް ޒާޔަން ހުސައިން އަލީ

ޕީ.އީ ވީޑިއޯ ކޮމްޕެޓިޝަން ގެ 1 ވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. 2 ވަނަ ގދ. ތިނަދޫ އަބޫބަކުރު ސްކޫލު ހޯދާފައިވާއިރު 3 ވަނަ ހޯދާފައިވަނީ އަމީނިއްޔާ ސްކޫލެވެ.

ކުރެހުމުގެ މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ އަށް އައި ދަރިވަރުންގެ އިތުރުން ކޮންމެ ކީސްޓޭޖަކުން ވެސް އެންމެ ފާހަގަކޮށްލެވުނު ކުރެހުންތަކަށް ސެޓްފިކެޓް ދިނުމަށް ޖައިކާއިން ނިންމާފައިވެއެވެ. ޕީ.އީ ވީޑިއޯ މުބާރާތުން ވަނަތައް ހާސިލްކުރި ސްކޫތަކަށް ޕީ.އީ މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރުމަށް އެހީތެރިވެދޭ އައިޓަމްތައް ޖައިކާގެ ފަރާތުން އިނާމުގެ ގޮތުގައި ހުށަހަޅާފައިވެއެވެ. 

ޖައިކާއިން އެޑިޔުކޭޝަން މިނިސްޓްރީ އަށް ތަފާތު ރޮނގުތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވަމުން ދާތީ އެކަން ފާހަގަކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވަނީ ޖައިކާއަށާއި ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ހަރަކާތްތައް ސްކޫލް ދަރިވަރުންގެ މެދުގައި ކުރިޔަށް އޮތްތާގައި ވެސް ޖައިކާގެ ފަރާތުން ކުރިޔަށް ގެންގޮސް ދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
20 އެޕްރީލު 2017

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި
07 މާރިޗު 2017

ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

07 މާރިޗު 2017
ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް