Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ

އަލީ ހުރި ތަނެއް އަޑުބަރޭއަށް ވެސް ނޭނގޭ، ދައުވާ ފޯމު ބާތިލު!

7 އެޕްރީލު 2021 | ބުދަ 13:56

ފޯނު ނަންބަރާއި އީމެއިލް މެދުވެރިކޮށްވެސް ކޯޓު އަމުރު ރައްދުކޮށްދެވިފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އެޕްރީލު 2021 | ބުދަ 13:56
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު - އޭނާ ފުރާވަޑައިގެންފައިވަނީ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމުގެ އެއް ދުވަސް ކުރިން

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު - އޭނާ ފުރާވަޑައިގެންފައިވަނީ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމުގެ އެއް ދުވަސް ކުރިން

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާތަކާއި ގުޅިގެން އަލީ ވަޙީދު އުޅުއްވާ އެޑްރެހެއް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން، އެ މައްސަލައިގެ ދައުވާ ފޯމު ހައިކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައިގާ ދަޢުވާ ލިބޭ ޢަލީ ވަޙީދު މިހާރު ދިރިއުޅޭ އެޑްރެހެއް ނޭނގޭތީ މައްސަލައިގެ ދައުވާ ފޯމް ހައިކޯޓުން ބާތިލު ކޮށްފައިވަނީ ބުދަ ދުވަހުއެވެ. ހައިކޯޓުން ބުނީ، ދައުވާ ފޯމް ބާޠިލު ކުރީ ޢަލީ ވަޙީދު އުޅޭ އެޑްރެހެއް އެނގުމުން އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮންނަ ގޮތަށް ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ޕީޖީ އޮފީހުން އިސްތިއުނާފް ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަކީ މާފަންނު ފުރަހަނި ގޭގެ 3 ވަނަ ފަންގިފިލާއެވެ. ނަމަވެސް އެ އެޑްރެހުންވެސް އަލީ ވަޙީދަށް ކޯޓު އަމުރު ރައްދުކޮށްދެވިފައި ނުވާއިރު، އަލީ ވަޙީދާ ގުޅޭނެކަމަށް ބަޔާންކޮށް ޕީޖީ އޮފީހުން ހައިކޯޓުގައި ހިއްސާކޮށްފައިވާ ފޯނު ނަންބަރާއި އީމެއިލް މެދުވެރިކޮށްވެސް ކޯޓު އަމުރު ރައްދުކޮށްދެވިފައެއް ނުވެއެވެ. އަދި މި މައްސަލައިގައި އަލީ ވަޙީދުގެ ފަރާތުން ޖާމިނުކޮށްފައިވާ އަސްހަދު އަލީ (އަޑުބަރޭ)އަށްވެސް އަލީ ވަޙީދު ދިރިއުޅޭ ތަނެއް ނޭނގޭކަމަށް ބަޔާންކޮށްފައިވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަލީ ވަޙީދު ދިރިއުޅޭތަނެއް ހޯދުމަށް ދައުލަތަށް އިތުރު މުއްދަތެއް ދީފައިވެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އޭނާ ދިރިއުޅޭތަނެއް ހޯދިފައިނުވާތީ ހައިކޯޓުން އެންމެ ފަހުން މިވަނީ ދައުވާ ފޯމު ބާތިލުކޮށްފައެވެ. ނަމަވެސް އެޑްރެސް ސާފު ކުރުމަށްފަހު މި މައްސަލަ އަލުން ހުށައެޅުމުގެ ފުރުސަތު ޕީޖީ އޮފީހަށް އޮތްކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ޖިނާއީ ދައުވާ އުފުލުމަށްފަހު، އެ ދައުވާއާ ގުޅިގެން ނިންމާ ނިންމުންތަކުގެ އިސްތިއުނާފް އަޑުއެހުން އިސްތިއުނާފް ރައްދުވާ ފަރާތުގެ ޢައިރު ހާޒިރުގައި ކުރިއަށް ގެންގޮސް މައްސަލަ ނިންމާ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައި ނުވާކަމަށް ސުޕްރީމް ކޯޓުގެ 2019 ވަނަ އަހަރުގެ ގަޟިއްޔާއެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. ހައިކޯޓުން ބުނީ، އަލީ ވަޙީދުގެ ޢައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ބޭނުންވާކަން ދައުލަތުން ފާހަގަކުރިނަމަވެސް، ސުޕްރީމް ކޯޓުގެ ޙުކުމަށް ބަލައި، އެގޮތަށް މި މައްސަލަ ކުރިއަށް ގެންދިއުމަކީ ޤާނޫނީ ގޮތުން ހައިކޯޓަށް ހުއްދަކުރާ ކަމެއް ނޫންކަން އެ ކޯޓުން ވަނީ ޕީޖީ އޮފީހަށް އަންގާފައެވެ.

މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކަމަށް ހައިކޯޓުން ނިންމި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސްފަނޑިޔާރު ޙާތިފް ޙިލްމީއާއި، ފަނޑިޔާރު މުޙައްމަދު ފައިސަލްގެ އިތުރުން، ފަނޑިޔާރު ޝުއައިބް ހުސަައިން ޒަކަރިއްޔާއެވެ. މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ފަނޑިޔާރު މުޙައްމަދު ފައިސަލްއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް