Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވެބޫހުއްތުގެ ވާހަކަ

މަޝްހޫރު ވެބޫހުއްތުއަކީ ކާކު؟

ވެބޫއާ ހިތާނުވާ ގޮމައެއް ސިއްތިއެއް ނުހުރޭ

ރާއްޖެ އެމްވީ | 7 އެޕްރީލު 2021 | ބުދަ 10:17
މާލޭގެ މަގެއް 1902 ވަނަ އަހަރު. ކުރީޒަމާނުގައި ގޭގޭގައި ހުންނަނީ ފުޅަލި

މާލޭގެ މަގެއް 1902 ވަނަ އަހަރު. ކުރީޒަމާނުގައި ގޭގޭގައި ހުންނަނީ ފުޅަލި

ހުރިހާ ޒަމާނެއްގައިވެސް ދިވެހިންގެ ތެރޭގައި މަޝްހޫރު މީހުން އުޅެއެވެ. އެކި މީހުން މަޝްހޫރުވަނީ އެކި ކަންކަމުންނެވެ. ބައެއް މީހުން މަޝްހޫރުވަނީ އެމީހުން ނުވެސް އެދޭ ކަހަލަ ކަންކަމުންނެވެ. ކުރީޒަމާނުގައި މިގޮތަށް މަޝްހޫރުވި ބައެއް މީހުންނަކީ އެމީހަކު މަޝްހޫރުވި ދާއިރާއެއްގެ ލެޖެންޑުންނެވެ. ވެބޫހުއްތު އާއި ފިރިހެން ފާތުމަ އަދި ގޯނިބޭ ކުޑައަލީ ފަދަ މީހުން ހިމެނެނީ މި ގިންތީގައެވެ. އެމީހުން މިދުނިޔެއިން ވަކިވެގެންދިޔަތާ ކިތަންމެ ގިނަ ދުވަހެއް ފާއިތުވިޔަސް ހަނދާންތައް ދެމިއެބަހުއްޓެވެ. އެހަނދާންތަކާއި ގުޅިފައިވާ މިސާލު ބަސްތައް ދިވެހި ރަދީފުގައިވެސް އެބަހުއްޓެވެ.

ރަދީފުގައި މިކަހަލަ ލެޖެންޑެއްގެ ހަނދާނަށް އަލިއަޅުވައިދޭ އެއްބަހަކީ ވެބޫއެވެ. ވެބޫއޭ ބުނެވެނީ ގިނަ އަދަދެއްގެ އަންހެނުން ތިމާޔާ ހިތާވާކަމަށް ހެދިގެންއުޅޭ ފިރިހެނުންނަށެވެ. ވެބޫއަށް ނިސްބަތްކުރެވޭ އެހެން ބަހެއްވެސް އޮވެއެވެ. އެއީ ވެބޫހެދުމެވެ. ވެބޫހެދުމަކީ ތިމާޔާ ގިނަ އަންހެނުން ހިތާވާކަމަށް ހެދިގެން އެކަން ދެއްކުމަށް އުޅޭ އުޅުމެވެ. މިބަސް ރައްދުވާ މީހަކީ ކޮންމެވެސް ވެބޫހުއްތުއެކެވެ. އެއީ ކުރީޒަމާނުގައި މާލޭގައި އުޅުނު ފިރިހެނެކެވެ. ސިފަ ރީތި ނުވިއެެއްކަމަކު ހުރިހާ ފަންތިއެއްގެ ޒުވާން އަންހެނުން އޭނާއާ ހިތާވާކަމަށް ހެދިގެން އުޅުނު މީހެކޭ ބުނެވެއެވެ.

ވެބޫހުއްތު ނިސްބަތްވާ އަތޮޅާއި ރަށް ކަށަވަރެއް ނޫނެވެ. އެކަމަކު އޭނާ ދިރިއުޅުނީ މާލޭގައިކަން ކަށަވަރެވެ. އެކަން ކަށަވަރުވަނީ ވެބޫހުއްތުއާ ގުޅުވައިގެން ދެކެވޭ ވާހަކަތައް މާލެއަށް ނިސްބަތް ކުރެވޭތީއެވެ. އެޒަމާނުގައި ބޭފުޅު ގިންތީގެ އަންހެން ސާހިބުން ތިއްބަވަނީ މާލޭގައެވެ. ޝާހީ ޚާންދާނަށް ނިސްބަތްވާ ގޭގޭގައެވެ. ވެބޫހުއްތުއާ އެންމެ ބޮޑަށް ހިތްޕުޅާ ހަމަކުރައްވާ ކަމަށް އޭނާގެ ފުށުން އެނގެނީ ރަސްމަތިފުށުގެ އަންހެން ސާހިބުންނާއި ސައްޔިދު ދަރިކޮޅުގެ ސިއްތީންނެވެ. ބުނެވޭ ގޮތުގައި ވެބޫހުއްތު ދުނިޔޭގައި އުޅުނީ ނޫރައްދީނު ބަންޑާރައިންގެ ދުވަސްވަރުއެވެ.

އެޒަމާނުގައި ފިރިހެނުންގެ ހެދުމަކީ މުންޑާއި ލިބާހެވެ. ވެބޫހުއްތުގެ ހެދުމަކީވެސް އެއީއެވެ. ރޭގަނޑެއްނަމަ ރަށުތެރެއިން އޭނާ ފެންނާނީ ކަމުވޮށިގެންވާ ކޮންމެވެސް އާއިލާއެއް ދިރިއުޅޭ ކޮންމެވެސް ގެއެއްގެ ފުޅަލިދޮށުންނެވެ. އެންމެ ޅަބާޅަކޮށް އެންމެ ފުރިހަމަޔަށް ލިބާހަށް އައިބުވެފައިތިބޭ ފުރާވަރުގެ ނަލަ އަންހެން ސާހިބުން ތިއްބަވަނީވެސް އެފަދަ ގޭގޭގައެވެ. ރަގަޅު މޮޅު ކާނާ ލިބިފައި ފަސޭހަ ދިރިއުޅުމެއްގައި އުޅެވެންޏާ ބުރުސޫރަވެސް ވަކިން ރީތިވާނޭތާއެވެ. މަޝްހޫރުވެސް ވާނޭތާއެވެ. ކޮންމެއަކަސް ވެބޫހުއްތުއަށް ހިތްޕުޅުގެ އެންމެ އެތެރެއިން ޚާއްސަ ޖާގައެއް ނުދެއްވާ އަންހެން ސާހިބަކު އެއިން ގެއެއްގައި އުޅުއްވާ ކަމަކަށް ނުވެއެވެ.

މި ޒަމާނުގައިނަމަ ވެބޫހުއްތު ވީހީ އެއްވަނަ ދަރަޖައިގެ ފިލްމީ ތަރިއަކަށެވެ. އެހާވެސް އޭނާގެ އެކްޓިން މޮޅެވެ. ކުރިން ދެންނެވި ކަހަލަ ގޭގޭގެ ފުޅަލިބުޑުގައި ނުވަތަ ދޮރާށިބުޑުގައި ހުރެފައި މަގުން މީހަކު އަންނަހެން ހީވީމާ ބުނާނެއެވެ. ގޮމާއެވެ. ނުވަތަ ސިއްތީއެވެ. ތިޔަހެން ނުހައްދަވާށެވެ. މީހަކަށް ފެނިދާނެއެވެ. ދެމީހުންގެ އަބުރު ވެއްޔާ މޮޑެވިދާނެއެވެ. މާދަންރޭވެސް އަޅުގަޑު އަންނާނަމެވެ. ޔަގީނުންވެސް އަންނާނަމެވެ. މިދަންނަވަނީ އާދޭހެވެ. ދެން އަޅުގަޑުގެ މުންޑު ދޫކުރައްވާށެވެ. މިހެން ކިޔާފައި ފުޅަލީގެ ކޮންމެވެސް ތަނެއްގައި އަޅުވައި އަމިއްލަޔަށް މުންޑު އިރާލައިގެން ދުވެ ފިލާނެއެވެ.

ވެބޫހުއްތުގެ އެކްޓިން ބައެއް ރޭރޭ ފެންނާނީ އެގެއެއްގެ ކޮންމެވެސް ބޭފުޅަކަށެވެ. ނުވަތަ އެގެޔަށް އާއްމުކޮށް ވަދެއުޅޭ މީހަކަށެވެ. އެހެންނޫނީ ތަންގަނޑުގެ ކޮންމެވެސް ހަރު މީހަކަށެވެ. ދެން އެގެޔަށް ވަދެ ސިއްތީ ކޮބައިތޯ ބަލާއިރު އެ ސިއްތިޔަކު އޮންނަވާނީ އަވަހާރަފުޅު ލައްޕަވައިފައެވެ. ނުވަތަ ގޭތެރޭގެ ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތި އުޅުއްވާނެއެވެ. ވެބޫހުއްތު ޖެހި ސަކަރާތަކާއި ސިއްތިޔަކާ އެއްވެސް ގުޅުމެއް ނޯވެއެވެ. ވެބޫހުއްތުއަކީ މި ސިއްތިޔަކު ދުވަހަކު ބަސްފުޅު ވިދާޅުވި މީހަކަށްވެސް ނުވެއެވެ.

މާލޭގެ ބޮޑުންނާއި ފޯރުންތެރި ތަނަވަސް މީހުންގެ ގޭގޭގެ ބޭރުގައި މިޒާތަކުން ތަމްސީލު ކުޅެކުޅެފައި ދުވާލުގެ ވަގުތުތައް ވެބޫހުއްތު ހޭދަކުރާނީ އަތިރިމަތީގެ ހޮޅުއަށިތަކާއި ދެންވެސް މީހުން އެއްވާ އެބާވަތުގެ ތަންތަނުގައެވެ. ރަށުތެރޭގައި ދެކެވެނީ ކޮންވާހަކައެއްހޭ ރަށްދެބައިމަގުން ކަމެއް ހިނގައިގެން އެބައުޅޭހޭ މަށޭ އެބަކިޔާހޭ އެވެނި ގޮމައެއްގެ ކައިރިން ރޭ ފެނުނީ ކާކުހޭ އަހައަހައިފައި މާނޫންކަމަށް ހެދިގެންވެސް އުޅޭނެއެވެ. މީނާގެ ކަންތައް މިޒާތަކުން ހުންނާތީ އިސާހިތަކު މިސާލުބަހެއް އުފެދި ހަރުވެއްޖެއެވެ. ވެބޫހެދުން މުޅި ރާއްޖެއަށް މަޝްހޫރުވެއްޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ފިލްމް ބަޖިރަންގީ ބައިޖާންގެ ޑައިރެކްޓަރު ކަބީރް ޚާން ރާއްޖޭގައި !

މަޝްހޫރު ފިލްމް ބަޖިރަންގީ ބައިޖާންގެ ޑައިރެކްޓަރު ކަބީރް ޚާން ރާއްޖޭގައި !

25 މާރިޗު 2018
ޝްރީދޭވީގެ ދަރި މަޝްހޫރު މެގަޒިން ވޯގް ކަވަރ އަށް ޝޫޓްކޮށްފި

ޝްރީދޭވީގެ ދަރި މަޝްހޫރު މެގަޒިން ވޯގް ކަވަރ އަށް ޝޫޓްކޮށްފި

25 މާރިޗު 2018
ކާރު އެކްސިޑެންޓެއްގައި މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ރަސުއަލް އާއި އަންހެނުން ލިއާ މަރުވެއްޖެ

ކާރު އެކްސިޑެންޓެއްގައި މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ރަސުއަލް އާއި އަންހެނުން ލިއާ މަރުވެއްޖެ

01 ފެބުރުއަރީ 2018
މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން ބާއްވާ އެންމެ ފަހު ޓުއަރ އިއުލާނުކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯން ބާއްވާ އެންމެ ފަހު ޓުއަރ އިއުލާނުކޮށްފި

25 ޖެނުއަރީ 2018
މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީގެ ބަނޑަށް ފަސް މަސް

މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީގެ ބަނޑަށް ފަސް މަސް

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު