Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ބްރެޒިލްގެ ޙާލަތު

ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އެޅުމުން ބްރެޒިލްގެ މޭޔަރަކަށް މަރުގެ އިންޒާރު

މި ސިޓީއަކީ ސިނާއީ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރާ ސިޓީއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2021 | އަންގާރަ 20:14
އަރަރަކުއާރާ މޭޔަރ އެޑިނޯ ސިލްވާ- މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެޑިނޯއަށް ވަނީ އޮންލައިންކޮށް މަރުގެ އިންޒާރުތައް އަމާޒުވެފައި

އަރަރަކުއާރާ މޭޔަރ އެޑިނޯ ސިލްވާ- މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެޑިނޯއަށް ވަނީ އޮންލައިންކޮށް މަރުގެ އިންޒާރުތައް އަމާޒުވެފައި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ބްރެޒިލްގެ ސްޓޭޓެއްގައި ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ނިންމުމުން އެ ސްޓޭޓުގެ މޭޔަރަކަށް މަރުގެ އިންޒާރުތައް އަމާޒުވާން ފަށައިފިއެވެ.

ސައޮ ޕޯލޯ ސްޓޭޓުގެ ސިޓީއެއް ކަމަށްވާ "އަރާރަކުއަރާ" ގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ކޮވިޑު ބަލި ކޮންޓްރޯލް ކުރުމުގައި ހޯދަމުންދާ ކާމިޔާބީތައް ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެގޮތުން ފެބްރުއަރީ މަހު އެ ސިޓީން ވަނީ 10 ދުވަހުގެ ފުރަބަންދެއް އިއުލާނުކޮށް، ފުރަބަންދުގެ ފިޔަވަޅުތައް ތަންފީޒުކޮށްފައެވެ. އަދި ސުޕަމާކެޓުތައް ބަންދުކޮށް، ޓެސްޓު ކުރުމުގެ ކަންކަން ވަރުގަދަ ކުރުމުގެ އިތުރުން، ކޮވިޑުގެ ވޭރިއަންޓެއް ކަމަށްވާ "ޕީވަން ވޭރިއަންޓް" ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަތުންވެސް އެ ސިޓީން ކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

240،000 މީހުންގެ އާބާދީއެއް އޮންނަ މި ސިޓީއަކީ ސިނާއީ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރާ ސިޓީއެކެވެ. އަދި ކޮވިޑާއި ގުޅިގެން ކުރީބައިގައި އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އެ ސިޓީގައި ބަލި ޖެހިގެން އެޑްމިޓް ކުރެވޭ މީހުންނާއި، މަރުވާ މީހުންގެ އަދަދުތައް ވަނީ ދަށް ކުރެވިފައެވެ. ނަމަވެސް، އެ ސިޓީގެ ބައެއް ރައްޔިތުން މި ފިޔަވަޅުތަކާ ހިތްހަމަ ނުޖެހޭކަމަށް އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެއެވެ.

އަރަރާކުއަރާ ސިޓީގެ މޭޔަރ އެޑިނޯ ސިލްވާ އަލްޖަޒީރާ ނޫހަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ކޮވިޑުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަކީ ފަސޭހަކަމެއް ނޫންނަމަވެސް، އެކަމުގެ ރަނގަޅު ނަތީޖާތައް ފެންނަމުންދާކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދުވެސް 30ން ދަށުގައި އުޅޭއިރު، ފާއިތުވި 2 ދުވަހުވެސް އެ ސިޓީން ކޮވިޑު ޖެހިގެން މީހަކު ނިޔާވެފައެއް ނުވެއެވެ. އަދި އެ ސިޓީގައި ކޮވިޑު ޖެހިގެން އެނދުމަތި ކުރެވެމުން ދަނީވެސް އެހެން ސިޓީތަކާއި ސްޓޭޓުތަކުން ޕޮޒިޓިވްވެގެން ގެންނަ މީހުންކަމަށް އެޑިނޯ ވިދާޅުވިއެވެ.

އޭގެ އިތުރުން، ފެބްރުއަރީ މަހު އިއުލާނުކުރި ފުރަބަންދާއެކު އެ ސިޓީގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް 57 އިންސައްތައަށް ދަށަށް ދިޔަކަމަށާއި، ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދުތައް 39 އިންސައްތައަށް ދަށްވެގެން ދިޔަކަމަށްވެސް އެޑިނޯ ވިދާޅުވިއެވެ. އަދި އެ ފިޔަވަޅުތަކާ ގުޅިގެން މަރުގެ އިންޒާރުތައް ލިބިގެން ދިޔަކަން ފާހަގަ ކުރައްވައި އެޑިނޯ ވިދާޅުވީ، އެކަމުގެ ސަބަބުން އެއްވެސް ވަރަކަށް ޙިޔާލު ބަދަލު ނުވާ ކަމަށެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި އެ ސިޓީގެ ބައެއް ރައްޔިތުން ވަނީ މި ފިޔަވަޅުތަކާއި ދެކޮޅަށް މުޒާހަރާވެސް ކޮށްފައެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެޑިނޯއަށް ވަނީ އޮންލައިންކޮށް މަރުގެ އިންޒާރުތައް އަމާޒުވެފައެވެ. އަދި އެ މައްސަލަތައް އެޑިނޯ ވަނީ މިހާރު ފުލުހުންނަށްވެސް ހުށައަޅާފައެވެ. އެގޮތުން އެޑިނޯ ފެނިއްޖެނަމަ "ކޮށާލާނެ" ކަމަށް އޮންލައިން ޕްލެޓްފޯމެއްގައި ބުނި މީހެއްގެ މައްސަލަ މިހާރު ފުލުހުންވެސް ދަނީ ތަހުޤީޤު ކުރަމުންނެވެ.

އެޑިނޯގެ އިތުރުން، އެ ސިޓީގެ ހެލްތް ސެކެޓަރީއަށްވެސް ދަނީ ތަފާތު އެކި ގޮތްގޮތަށް މަރުގެ އިންޒާރުތައް ލިބެމުންނެވެ. އަދި މި އިންޒާރުތައް ދެމުން ގެންދަނީ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯއަށް ތާއީދު ކުރާ މީހުންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރައީސް ބޮލްސޮނާރޯވެސް ވަނީ އެ ސިޓީގައި އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މި ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިސާދަށް ގެއްލުންތައް ވަމުންދާކަމަށް ބޮލްސޮނާރޯ ވިދާޅުވިނަމަވެސް، އެކަމުގައިވެސް އެޑިނޯގެ ހިޔާލު ތަފާތެވެ. އެގޮތުން އެޑިނޯ ވިދާޅުވީ، ބްރެޒިލްގެ އިޤްތިސާދީ ޙާލަތު ގޯސްވަމުން ދަނީ ކޮވިޑާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ނޫން ކަމަށާއި، އެއީ ބޮލްސޮނާރޯގެ ވެރިކަމުގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ. އަދި އިޤްތިސާދީ ޙާލަތު ރަނގަޅު ކުރެވެން އޮތީވެސް ބަލިމަޑުކަން ކޮންޓްރޯލް ކުރެވިގެންކަމަށް އެޑިނޯ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު