Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވަރާން ކޮވިޑަށް ޕޮޒިޓިވްވުން

ކޮވިޑަށް ޕޮޒިޓިވްވެ، ވަރާނަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

6 އެޕްރީލު 2021 | އަންގާރަ 11:53

ރާމޯސްއަށްވެސް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެކަން ވަނީ ޔަގީންވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 އެޕްރީލު 2021 | އަންގާރަ 11:53
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ކުއާޓާގެ ފުރަތަމަ ލެގުގައި ރެއާލާއި ލިވަޕޫލް ބައްދަލުކުރާ މެޗު އަންގާރަ ދުވަހުގެރޭ ސްޕެއިނުގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. އަދި ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އިންގްލެންޑުގައެވެ.

އަންގާރަ ދުވަހުގެ މެންދުރުފަހު ރެއާލުން ވަނީ ވަރާން ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެގޮތުން އޭނާ ކޮވިޑަށް ޕޮޒިޓިވްވީ، ލިވަޕޫލް މެޗުގެ ކުރިން އަންގާރަ ދުވަހުގެ ހެނދުނު ހެދި ޓެސްޓުތަކުން ކަމަށް ރެއާލުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އެހެންކަމުން އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ރެއާލުން ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

މި މެޗުގައި ވަރާނަށް ނުކުޅެވުމަކީ ރެއާލަށް ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ. އެގޮތުން ކުޑަކަޅުވާ މަސްގަނޑަށް ދާދި ފަހުން ލިބުނު އަނިޔާއެއްގެ ސަބަބުން މި މެޗުގައި ރެއާލުގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ނުކުޅެވޭނެކަންވެސް މީގެ ކުރިން ވަނީ ޔަގީންވެފައެވެ.

އަނިޔާގެ މައްސަލަތަކުގެ ސަބަބުން މުހިއްމު ކުޅުންތެރިންތަކެއް ނުލައި މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ރެއާލް ބައްދަލުކުރާއިރު، މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2017-2018 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައެވެ. އެ ފަހަރު ރެއާލުން ވަނީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެ މެޗުގައި ލިވަޕޫލުގެ މިސްރު ފޯވާޑް މުޙައްމަދު ސަލާހަށް ރާމޯސް ކުރި ފައުލުގެ ވާހަކަ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި ދެކެވުނެވެ. އަދި އެ ވާހަކަތަކުގެ ތެރެއިން ރެއާލާއި ލިވަޕޫލުގެ ކުރީގެ ކުޅުންތެރިންނާއި ކޯޗުންވެސް ވަރަށް ބޮޑަށް ބަހުގެ ހަމަލާ ބަދަލުކުރިއެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ރެއާލާއި ލިވަޕޫލް ވަނީ މިހާތަނަށް ޖުމްލަ ހަ ފަހަރު ބައްދަލުކޮށްފައެވެ. އެގޮތުން މި ކުރިމަތިލުންތަކުގައި ކޮންމެ ޓީމެއް ވަނީ ތިން މެޗުން މޮޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

11 މާރިޗު 2017
އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް