Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުން

ވެންޓިލޭޓަރ މައްސަލައާ ގުޅުން ނެތް، ޝަައްކު އުފެދޭ ފައިސާގެ މުއާމަލާތްތަކެއް ފާހަގަ ކުރެވުނު - އޭސީސީ

6 އެޕްރީލު 2021 | އަންގާރަ 12:46

ޝައްކު އުފެދޭ ފައިސާގެ މުއާމަލާތްތައް އޭސީސީން އަދި ތަހުގީގުކުރާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 އެޕްރީލު 2021 | އަންގާރަ 12:46
ޖުޑިޝަރީ ކޮމިޓީއަށް އޭސީސީ ހާޒިރުކުރުން

ޖުޑިޝަރީ ކޮމިޓީއަށް އޭސީސީ ހާޒިރުކުރުން

ވެންޓިލޭޓަރ މައްސަލައާ ގުޅުން ނެތް އެހެންނަމަވެސް ޝަައްކު އުފެދޭ ފައިސާގެ މުއާމަލާތްތަކެއް ފާހަގަ ކުރެވުނުކަމަށް އޭސީސީން ބުނެފިއެވެ.

ޖުޑިޝަރީ ކޮމިޓީއަށް އޭސީސީ ހާޒިރުކޮށް ކޮމެޓީގެ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރ މާޖިދު ހަސަން ވިދާޅުވީ، ވެންޓިލޭޓަރު މައްސަލާގެ ތަހުގީގު ކުރިއަށް ގެންދިޔައިރު ޝައްކު އުފެދޭ ފައިސާގެ މުއާމަލާތްތަކެއް ފާހަގަކުރެވުނު ކަމަށާއި، އެކަން އޭސީސީން އަދި ތަހުގީގުކުރާނެ ކަމަށެވެ. އެހެންނަމަވެސް އެއީ ވެންޓިލޭޓަރު މައްސަލައާ ގުޅުންހުރި މުއާމަލާތްތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮމެޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީން ބުނެފައިވަނީ، ފައިސާ ދަތުރުކުރި ގޮތް ހޯދުމަށް 31 މީހެއްގެ ބޭންކް ސްޓޭޓްމެންޓް ނަގާފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ އެއްވެސް ސްޓޭޓްމެންޓަކުން އެ މައްސަލައާ ގުޅުންހުރި މުއާމަލާތެއް ފާހަގަ ވެފައިނުވާ ކަމަށެވެ. ދުބާއީގެ އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިންގ ކުންފުންޏަށް ފައިސާ ދިޔަކަން ތަހުގީގަށް ސާފުވާކަމަށާއި، އޭގެ ފަހުން އެފައިސާ އެހެން އެއްވެސް ފަރާތަކަށް ދިޔަކަން ފާހަގަވެފައި ނުވާކަމަށްވެސް އޭސީސީން ބުނެއެވެ. ފައިސާ ޓްރޭސްކުރަން ފުލުހުންނާއެކުވެސް މަސައްކަތްކޮށްފައިވާކަމަށް އޭސީސީން ބުންޏެވެ.

އޭސީސީގެ ތަހުގީގަށް ލިބިފައިވަނީ ދުބާއީ ކުންފުނިން ސޮއިކޮށްފައި އޮތް އެއްބަސްވުމެއްތޯ، ކޮމެޓީގެ މެމްބަރު ހަސަން ލަތީފު ސުވާލު ކުރެއްވުމުން އޭސީސީން ބުނީ، ތަހުގީގަށް އެއްބަސްވުމުގެ އެކި ވާރޝަންތައް ލިބިފައިވާ ކަމަށާއި، އޭސީސީއަށް ލިބިފައިވާ އެއްބަސްވުމުގައިވެސް ދުބާއީ ކުންފުނީގެ ނަން އޮތްތަނުގައި ސޮއި ކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް އެއްބަސްވުމުގެ ހުރިހާ ސޮފްހާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ވެންޓިލޭޓަރ ގަންނަން ކުރި މުއާމާލާތުގައި ޕާފޯމެންސް ގެރެންޓީއެއް ބަހައްޓާފައިނުވާކަން ތަހުގީގަށް އެނގެން އޮތްކަމަށާއި، ޕާފޯމެންސް ގެރެންޓީއެއް ބަހައްޓަން އޭޖީ ލަފާ ދެއްވާފައިވާކަންވެސް ސާފުކޮށް އެނގެން އޮތް ކަމަށް އޭސީސީގެ މެމްބަރު އާއިޝަތު އަބްދުﷲ ވިދާޅުވިއެވެ. އަދި ޕާފޯމެންސް ގެރެންޓީއެއް ނުބަހައްޓާނަމަ ފިނޭންސްގެ ހުއްދައެއް ހޯދަންޖެހޭކަމަށް މާލިއްޔަތު ގާނޫނުގައި އޮތްއިރު އެ ހުއްދަވެސް ހޯދާފައިނުވާކަން ތަހުގީގަށް އެނގޭކަމަށް އާއިޝަތު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފޯން ރެކޯޑްތަކެއް ހޯދުމަށް ކްރިމިނަލް ކޯޓުގައި އަމުރަކަށް އެދުނު ކަމަށާއި، އެ އަމުރު ކްރިމިނަލް ކޯޓުން ނުދެއްވާކަމަށް އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާ ވިދާޅުވިއެވެ. ޝިއުނާ ވިދާޅުވީ، އެކަމާ ގުޅުންހުރި އިތުރު ތަފްސީލް ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި ދެއްވާނެ ކަމަށެވެ.

ޕީޖީން ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ނިންމުމާ ގުޅިގެން ޝިއުނާ ވިދާޅުވީ، ތަހުގީގު ފުރިހަމަ ނުވާކަމަށް ޕީޖީ ވިދާޅުވި ނަމަވެސް އިތުރަށް ފުރިހަމަ ކުރަން ޖެހެނީ ކޮން ކަމެއްކަން ފާހަގަ ކޮށްފައިނުވާ ކަމަށެވެ.

މައްސަލާގައި އޭސީސީން އެދުނީ، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލުމަށެވެ. އެ މީހުންގެ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެ އެންމެ ފުރަތަމަވެސް ޕީޖީން މައްސަލަ އަނބުރާ ފޮނުވާލިއިރު މައްސަލަ ރިވިއުކޮށްދިނުމަށް އޭސީސީން އެދުނު ނަމަވެސް ދައުވާއެއް ސާބިތުކުރެވޭ މިންވަރަށް އުންސުރުތައް ނެތްކަމަށްބުނެ މައްސަލަ އަނެއްކާވެސް ވަނީ އޭސީސީއަށް އަނބުރާ ފޮނުވާފަ އެވެ.

ތިންވަނަ ފަހަރަށް އޭސީސީން މައްސަލަ ރިވިއު ކުރަން ހުށަހެޅީ އާ ހެކިތަކެއް ނެތިއެވެ. ނަމަވެސް ޕީޖީން ބުނީ ފުލުހުންގެ އެހީތެރިކަން ހޯދުމަށް އޭސީސީއަށް އަންގައި ދެން ހިންގާ ތަހުގީގަށްފަހު، މައްސަލަ އަލުން ޕީޖީން ރިވިއު ކުރާނީ އަލަށް ހޯދޭ ހެކިތަކުގެ މައްޗަށް ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސްއާ 30.91 މިލިއަން ރުފިޔާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. މީގެތެރެއިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30.91 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާއިރު އެފަދަ ލަފާއެއް ދީފައިނުވާނެކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް