Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަރްވާ ސަލަހްދާރް

ސުއޭޒް ކެނަލް ހުއްޓުމަކަށް އައީ އަހަރެންގެ އިހުމާލުން ކަމަށް ދައްކަން މީޑިއާތަކުން މަސައްކަތް ކުރޭ - މަރްވާ

މަރްވާ ބުނީ އެވަރ ގިވެން ހާދިސާ ހިނގިއިރު އޭނާ ހުރީ އިސްކަންދަރިއްޔާގެ ބޭރުގައި  އޮތް އައިދާ 4 ނަމަކަށް ކިޔާ ބޯޓެއްގައި ކަމަށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 6 އެޕްރީލު 2021 | އަންގާރަ 05:16
މަރްވާ ސަލަހްދާރް، މީޑިއާތަކުން އޭނާގެ އަގުވައްޓާލަން މަސައްކަތް ކުރާ ކަމަށް ވަނީ ބުނެފައި

މަރްވާ ސަލަހްދާރް، މީޑިއާތަކުން އޭނާގެ އަގުވައްޓާލަން މަސައްކަތް ކުރާ ކަމަށް ވަނީ ބުނެފައި

ސުއޭޒް ކެނަލް ހުއްޓުމަކަށް އައީ އޭނާގެ ސަބަބުން ކަމަށް ދައްކަން މީޑިއާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިސްރުގެ އަންހެން ކެޕްޓަނެއް ކަމަށްވާ މަރްވާ ސަލަހްދާރް ބުނެފިއެވެ.

މަރްވާ ބުނީ ސުއޭޒް ކެނަލްގެ ތެރޭގައި އެވަރ ގިވެންއޭ ކިޔުނު ބިޔަ އާގުބޯޓު ހުރަސްވެ ކެނަލް ހުއްޓުމަކަށް އައީ އޭނާގެ އިހުމާލުން ކަމަށް  ދައްކަން ބައެއް މީހުން މަސައްކަތް ކުރިކުރުމަކީ އޭނާއަށް ވެސް ލިބުނު ހައިރާން ކަމެއް ކަމަށެވެ.  ސުއޭޒް ކެނަލުގައި ތާށިވި  އާގުބޯޓުގެ ހާދިސާއާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އަރަބި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސުއޭޒް ކެނަލްގައި ބޯޓު ތާށިވި ހާދިސާއަކީ މިސްރުގެ ފުރަތަމަ އަންހެން ކެޕްޓަން މަރްވާގެ އިހުމާލުންވީ ކަމެކެވެ. މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި މަރްވާ ބުނީ އެވަރ ގިވެން ހާދިސާ ހިނގިއިރު އޭނާ ހުރީ އިސްކަންދަރިއްޔާގެ ބޭރުގައި  އޮތް އައިދާ 4 ނަމަކަށް ކިޔާ ބޯޓެއްގައި ކަމަށެވެ. އެވަރ ގިވެން އާގުބޯޓަކީ އޭނާ ދުވަހަކުވެސް މަސައްކަތްކުރި ބޯޓެއް ނޫން ކަމަށްވެސް ބުންޏެވެ.

މަރްވާ ބުނީ މިހާދިސާ އަކީ އޭނާގެ ކުށުން ދިމާވި ހާދިސާއެއް ކަމަށް ދައްކަން މަސައްކަތްކުރި މީހުންގެ މަގުސަދަކީ އޭނާގެ އަގުވައްޓާލައި އަންހެން ކެޕްޓަނުންނަކީ ބަލިކަށި ބައެއްގެ ގޮތުގައި ދެއްކުން ކަމަށް ވެދާނެ ކަމަށެވެ.

ސުއޭޒް ކެނަލުގައި އެވަރ ގިވެން އާގުބޯޓު ތާށިވުމަށް މެދުވެރިވީ ބޯޓުގައި ތިބި ފަޅުވެރިން ފަރުވާ ކުޑަކުރުމުން ކަމަށް ތަހުގީގުން ދައްކައެވެ. އެ ބޯޓުގައި ތިބީ އިންޑިއާގެ 25 ފަޅުވެރިންނެވެ.

ސުއޭޒް ކެނަލަކީ ރަތްކަނޑާއި މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ މަގެވެ. މި ކެނަލުން ގަޑިއިރެއްގެ ތެރޭ 400 މިލިއަން ޑޮލަރުގެ ކާގޯ ދަތުރުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރޯނާ ވައިރަސް: ޗައިނާގެ ވުހާން ސިޓީގެ އާންމު ދަތުރުފަތުރު ހުއްޓުމަކަށް

ކޮރޯނާ ވައިރަސް: ޗައިނާގެ ވުހާން ސިޓީގެ އާންމު ދަތުރުފަތުރު ހުއްޓުމަކަށް

23 ޖެނުއަރީ 2020
ދަރިވަރުންގެ މުޒާހަރާއާއި ގުޅިގެން އިންޑިއާގެ އެންމެ ބޮޑު ޔުނިވަރސިޓީ ހުއްޓުމަކަށް!

ދަރިވަރުންގެ މުޒާހަރާއާއި ގުޅިގެން އިންޑިއާގެ އެންމެ ބޮޑު ޔުނިވަރސިޓީ ހުއްޓުމަކަށް!

24 ނޮވެމްބަރު 2019
މުޅި ދުނިޔެއަށްވެސް އައި އެންމެ ހޫނުގަދަ ޖޫން މަސް އައީ މިއަހަރު

މުޅި ދުނިޔެއަށްވެސް އައި އެންމެ ހޫނުގަދަ ޖޫން މަސް އައީ މިއަހަރު

19 ޖުލައި 2019
އަހަރެންގެ ގައުމާއި ނުބެހޭތި: އިމްރާން ޚާން

އަހަރެންގެ ގައުމާއި ނުބެހޭތި: އިމްރާން ޚާން

20 ފެބުރުއަރީ 2019
އެމެރިކާ ސަރުކާރު ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުން ނިންމުމަށް މަޝްވަރާތައް ކުރިޔަށް

އެމެރިކާ ސަރުކާރު ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުން ނިންމުމަށް މަޝްވަރާތައް ކުރިޔަށް

05 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު