Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާގެ މައްސަލައެއް ޖޭއެސްސ

ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުޤީޤު ކުރަނީ

މި މައްސަލަ ތަހުޤީޤު ކުރުމަށް ޖޭއެސްސީން ނިންމީ 2021 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2021 | އާދީއްތަ 07:42
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)- ޖޭއެސްސީއަށް އާންމުންގެ އިތުބާރު ބޮޑުވެފައިވާކަމަށް ގިނަ ބަޔަކު ބުނޭ، އެގޮތުން ހުށައެޅޭ މައްސަލަތައްވެސް ގިނަ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)- ޖޭއެސްސީއަށް އާންމުންގެ އިތުބާރު ބޮޑުވެފައިވާކަމަށް ގިނަ ބަޔަކު ބުނޭ، އެގޮތުން ހުށައެޅޭ މައްސަލަތައްވެސް ގިނަ

ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ތަހުޤީޤު ކުރަން ފަށައިފިއެވެ.

ޖޭއެސްސީން ބުނީ، ގާޒީ ރިޒްމީނާގެ ސުލޫކީ މައްސަލައެއް ތަހުޤީޤު ކުރުމަށް ޖޭއެސްސީން ނިންމީ 2021 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހު ކޮމިޝަނުން ބޭއްވި ޖަލްސާއެއްގައި ކަމަށެވެ. އެގޮތުން މިއީ މައްސަަލައެއްގައި ދައުވާ ކުރާ ފަރާތް ތަމްސީލު ކުރުމަށް ކޯޓަށް ވަކީލަކު ހާޒިރުވެ ހުރިއިރު، ވަކީލުގެ ޢައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެއްކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ޖޭއެސްސީން ދަނީ ފަނޑިޔާރުންނާއި ގުޅިގެން ހުށައެޅޭ މައްސަލަތައް ހާމަކަން ބޮޑު ގޮތެއްގައި ބަލައި، އެކަމުގެ މައުލޫމާތުތައް ރައްޔިތުންނަށްވެސް ހިއްސާކޮށްދެމުންނެވެ. އެގޮތުން ހުށައެޅޭ މައްސަލަތަކާއި ގުޅިގެން ތަހުޤީޤު ކޮމިޓީ އެކުލަވާލުމާއި، މައްސަލަ ތަހުޤީޤު ކުރަން ނިންމުމުގެ އިތުރުން، މައްސަލަތަކާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތައްވެސް ޖޭއެސްސީން ދަނީ ހާމަ ކުރަމުންނެވެ. ޖޭއެސްސީން ފާއިތުވި 2020 ވަނަ އަހަރު ޖޭއެސްސީއަށް ހުށަހެޅުނު ގިނަ މައްސަލަތަކުގެ ތެރެއިން 54 މައްސަލައެއް ބަލާ ނިންމާފައިވާއިރު، މިދިޔަ އަހަރު ކޮމިޝަނުން ބަލަމުން ދިޔަ 114 މައްސަލައެއްގައި 44 ތަހުގީގު ކޮމިޓީއަކުން މަސައްކަތް ކޮށްފައިވާކަމަށް ޖޭއެސްސީން މައުލޫމާތު ދެއެވެ. އެގޮތުން 9 ފަނޑިޔާރަކު ވަކި ކުރުމަށާއި، 2 ފަނޑިޔާރަކު ސަސްޕެންޑް ކުރަން އަދި 4 ފަނޑިޔާރަކަށް ނަސޭހަތް ދޭން ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރުން، ޖޭއެސްސީއަށް އާންމު ރައްޔިތުންގެ އިތުބާރު ބޮޑުވެ، އާންމުންގެ ފަރާތުން ހުށައަޅާ މައްސަލަތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2018 ވަނަ އަހަރު ފަނޑިޔާރުންނާ ގުޅިގެން ޖޭއެސްސީއަށް ހުށައަޅާފައި ވަނީ އެންމެ 9 ޝަކުވާއެވެ. އެހެން ނަމަވެސް، ޝަކުވާ ބެލުމުގެ ނިޒާމު ހަރުދަނާވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން 2019 ވަނަ އަހަރު އެ އަދަދު 114 އަށް އިތުރުވެގެން ދިޔަކަމަށް ބަންޑާރަ ނައިބް އިބްރާޙިމް ރިއްފަތުވެސް ވިދާޅުވެފައިވެއެވެ.

ޖޭއެސްސީޖުޑީޝަލް ސަރވިސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު