Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު

ބުރާސްފަތި ދުވަހުގެ ކުރިން ހުރިހާ ރަށަކަށް ވޯޓު ފޮށިތައް ފޮނުވާނެ: ޝަރީފް

މިހާރު ވަނީ ވޯޓު ކަރުދާސް ޗާޕުކޮށް ނިމިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 އެޕްރީލު 2021 | އާދީއްތަ 01:56
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓު ފޮށިތައް އަދި އެހެނިހެން ތަކެތި މިހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ރަށްތަކަށް ފޮނުވާ ނިންމާނެކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބާއި ގުޅިގެން އީސީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަރވިިއު އެއްގައި ޝަރީފް ވިދާޅުވީ މިހާރު ވޯޓު ކަރުދާސް ޗާޕްކޮށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ އެކި ރަށްރަށަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާސްތައް ވަކިކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ވޯޓު ފޮށިތައް ތައްޔާރުކުރުމާއި އިދާރީ ގޮތުން ކުރަންޖެހޭ އެހެން ކަންކަން ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވޯޓު ފޮށިތައް ބަހައްޓަންވީ ތަންތަން ކަނޑައެޅި ހުރިހާ ކަމެއްވެސް ދަނީ ޝެޑިޔުލް ކުރެވިފައިވާ ގޮތަށްކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި 735 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. ކޮވިޑާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކުލަވާލި ގައިޑްލައިންގެ ސަބަބުން ކުރިން ކަނޑައެޅި އަދަދަށްވުރެ އިތުރަށް ވޯޓު ފޮށި ބަހައްޓާނެއެވެ.

ޝަރީފް ވިދާޅުވީ އެއްވެސް ފޮއްޓަކަށް 600ށް ވުރެ ގިނަ މީހުން ވޯޓު ނުލާނެކަމަށެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި އަމަލުކުރަމުންދާނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މޮނިޓަރިންގ ގައި ރަށެއް އޮތް އޮތްނަމަވެސް އެރަށްރަށުގައިވެސް ވޯޓުލުމުގެ ކަންކަން ކުރިޔަށްދާނެއެވެ. ޝަރީފް ވިދާޅުވީ މޮނިޓަރިންގ ގައި އޮންނަ ރަށްތަކަށް ތަކެތި ބޭލުމުން އެރަށެއްގައި ތިބޭ އީސީގެ އޮފިޝަލުން އެތަކެއްޗާ ހަވާލުވާނެކަމަށެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 273،128 ( ދެލައްކަ ހަތްދިހަ ތިންހާސް އެއްސަތޭކަ އަށާވީސް) މީހުންނަށް ލިބެއެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު