Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުން

ރާއްޖޭގެ އުތުރުގެ 5 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކޮށްފި

މި މަޝްރޫޢުތައް ހިންގަނީ އެމްޑަބްލިއުއެސްސީއިން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 4 އެޕްރީލު 2021 | އާދީއްތަ 02:09
ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ އުތުރުގެ 5 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ބިންގާ އަޅައިފިއެވެ.

މި މަޝްރޫޢުތަކަކީ، މާލެ ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީ އާއި ރާއްޖޭގެ 20 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ތަރައްޤީކުރުމަށް ހަވާލުކުރި މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ. މި 20 ރަށުގެ ތެރެއިން އެންމެ ފުރަތަމަ އިފްތިތާޙްކޮށްފައިވަނީ، ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތެވެ. މިމަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް އާއި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުއެވެ. ހދ ކުމުންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މިދިޔަ ޖެނުއަރީމަހުގެ ތެރޭގައިވަނީ ފަށާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސަރވޭކޮށް ޑިޒައިންކޮށް އީއައިއޭ ހަދާ އަދި ހުއްދަތައް ނެގުމަށްފަހު އެމްޑަބްލިއުއެސްސީއާ މިމަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރުމަހު މަހުގެ ތެރޭގައެވެ. އެމްޑަބްލިޔު އެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުން ނިންމާގޮތަށެވެ. ކުމުންދޫގެ ފެނާއި ނަރުދަމާގެ ނިޒާމަކީ ދިވެހި ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްދާ އެންމެ އަގުބޮޑު ޕްރޮޖެކްޓެވެ. މިމަޝްރޫޢަކީ ގާތްގަޑަކަށް 103 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

މީގެ އިތުރުން ހއ އަތޮޅުގެ 4 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ އަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން އޭޕްރީލް 3 ވަނަ ދުވަހު ހއ. ތަކަންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް ވަނީ އިފްތިތާޙުކޮށްފައެވެ. މިމަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި ތަކަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސަރވޭކޮށް ޑިޒައިންކޮށް އީއައިއޭ ހަދާ އަދި ހުއްދަތައް ނެގުމަށްފަހު އެމްޑަބްލިއުއެސްސީއާ މިމަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 14 ޑިސެމްބަރު 2020ގައެވެ. އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 7 ޖޫން 2022ގައި ނިންމާގޮތަށެވެ.

ހއ. މާރަންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްވެސް ރަސްމީކޮށް ވަނީ އިފްތިތާޙުކޮށްފައެވެ. މިމަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި މާރަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސަރވޭކޮށް ޑިޒައިންކޮށް އީއައިއޭ ހަދާ އަދި ހުއްދަތައް ނެގުމަށްފަހު އެމްޑަބްލިއުއެސްސީއާ މިމަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 14 ޑިސެމްބަރު 2020ގައެވެ. އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 7 ޖޫން 2022ގައި ނިންމާގޮތަށެވެ.

ހއ. ވަށަވަފަރުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި ވަށަފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސަރވޭކޮށް ޑިޒައިންކޮށް އީއައިއޭ ހަދާ އަދި ހުއްދަތައް ނެގުމަށްފަހު އެމްޑަބްލިއުއެސްސީއާ މިމަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 14 ޑިސެމްބަރު 2020ގައެވެ. އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 7 ޖޫން 2022ގައި ނިންމާގޮތަށެވެ.

ހއ. މުރައިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްވެސް ރަސްމީކޮށް ވަނީ އިފްތިތާޙުކޮށްފައެވެ. މިމަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި މުރައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސަރވޭކޮށް ޑިޒައިންކޮށް އީއައިއޭ ހަދާ އަދި ހުއްދަތައް ނެގުމަށްފަހު އެމްޑަބްލިއުއެސްސީއާ މިމަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 14 ޑިސެމްބަރު 2020ގައެވެ. އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 9 މާރްޗް 2022ގައި ނިންމާގޮތަށެވެ.

އެމްޑަބްލިޔުއެސްސީ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
04 މެއި 2024

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
08 ޑިސެމްބަރު 2023

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ
24 އޮކްޓޯބަރު 2023

ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

24 އޮކްޓޯބަރު 2023
ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
06 އޯގަސްޓު 2023

ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު

06 އޯގަސްޓު 2023
ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު
26 މެއި 2023

4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު

26 މެއި 2023
4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު
26 މެއި 2023

ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

26 މެއި 2023
ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު