Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް

އެޕްރެންޓިސްޝިޕްގެ ފުރުސަތު ވެމްކޯއާއި، އެމްޕީއެލްއިން ހުޅުވާލައިފި

މި ޕްރޮގްރާމް ނިންމުމުން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ލިބޭނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 4 އެޕްރީލު 2021 | އާދީއްތަ 02:13
ވެމްކޯ މުވައްޒަފުން ކުނި ނެގުމުގައި

ވެމްކޯ މުވައްޒަފުން ކުނި ނެގުމުގައި

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ވެމްކޯއާއި، އެމްޕީއެލްއިން ބައިވެރިވެއްޖެއެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ، ވެމްކޯއިންއިން ވަނީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި އެ ކުންފުނި ބައިވެރިވިކަން އިއުލާންކޮށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައެވެ. މީހުން ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ޕާޓްނަރެއްގެ ގޮތުގައި ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަނުން ބައިވެރިވެފައިވާއިރު ވެމްކޯ އިން ބުނީ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް 5،000 ރުފިޔާގެ އެލަވެންސެއް ދޭނެ ކަމަށެވެ. ޕްރޮގްރާމުގެ ބައިވެރިންނަށް ހަ މަސް ވަންދެން ވެމްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭއިރު، ޖުމްލަ ހަ ދާއިރާއަކުން 29 ޖާގަ ވަނީ ހުޅުވާލާފައެވެ.

ވެމްކޯއިން އެޕްރެންޓިސްޝިޕްއަށް ހުޅުވާލާފައިވާ ދާއިރާތަކަކީ، ވެލްޑިން، ކޭޝިއާ، ސްޓޯ ކީޕާ، ޑްރައިވަރ، ހެވީ ވެހިކަލް އޮޕަރޭޓަރު، މެރިން މެކޭނިކް އަދި އޮޓޮމެޓިވް މެއިންޓެނެންސް މެކޭނިކްގެ ދާއިރާއެވެ. ވެމްކޯ އިން ބުނީ ކުރިއަށް އޮތްތަނުގައި އެކުންފުނީގެ ވަޒީފާޔަކަށް މީހުން ނަގާއިރު އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކުރާ މީހުންނަށް އިސްކަން ދޭނެ ކަމަށެވެ.

އެމްޕީއެލްއިންވެސް ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ވެމްކޯ އާއި އެއްގޮތައް އެމްޕީއެލްއިންވެސް ޕްރޮގްރާމުގެ ބައިވެރިންނަށް ހަ މަސް ވަންދެން ކުންފުނީގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭއިރު، ޖުމްލަ ހަތް ދާއިރާއަކުން 45 ޖާގަ ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމު ފުރިހަމަ ކުރާ ފަރާތްތަކަށް އެމްކިޔުއޭ ގަބޫލުކުރާ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ދޭނެއެވެ. ވެމްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޭޕްރީލް 14 ވަނަ ދހުވަހުގެ 14:00 އެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އޮންލައިން ފޯމެއް ފުރިހަމަ ކުރަން ޖެހޭނެކަމަށް ވެމްކޯއިން ބުނެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން 3000 ޒުވާނުންނަށް ތަމްރީންދިނުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މާރޗް މަހުގެ 25 ވަނަ ދުވަހުއެެވެ. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމް ރޭވިފައިވަނީ ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި ތަމްރީނުދޭ މަރުކަޒުތައް ގުޅިގެންނެވެ. މިއީ ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތަށް ދަސްކޮށްދީ، މިފަދަ ޒުވާނުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ، ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބާރުއަޅައި، މިފަދަ ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމުގެ ގޮތުން ތަޢާރަފްކުރެވިފައި ޕްރޮގްރާމެކެވެ. 

ވެމްކޯކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
26 ޖޫން 2025

މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު

26 ޖޫން 2025
މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު
30 އެޕްރީލު 2025

މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން

30 އެޕްރީލު 2025
މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން
28 ޖެނުއަރީ 2025

ރަމްޟާން މަހަށް މާލެ ސާފުކުރުމުގެ މަސައްކަތް ކުރަން ކައުންސިލާއި ވެމްކޯއިން ނިންމައިފި

28 ޖެނުއަރީ 2025
ރަމްޟާން މަހަށް މާލެ ސާފުކުރުމުގެ މަސައްކަތް ކުރަން ކައުންސިލާއި ވެމްކޯއިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު