Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބް

މޮނިޓަރިންގ ގައި އޮތް ރަށަކަށްވެސް ވޯޓުލާން ދެވޭނެ: ޝަރީފް

އެ ރަށެއްގެ ޓާސްކްފޯސްއާ ގުޅިގެން ހަމައެކަނި ވޯޓު ލުމަށް ހުއްދަ ލިބޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އެޕްރީލު 2021 | ހޮނިހިރު 10:52
12 ނޮވެމްބަރު 2019 26ވަނަ ލާމަރުކަޒީ ކޮމެޓީގެ ތެރެއިން -- ޕޮޓޯ : ޔޫސުފް ސޮފްވާން

12 ނޮވެމްބަރު 2019 26ވަނަ ލާމަރުކަޒީ ކޮމެޓީގެ ތެރެއިން -- ޕޮޓޯ : ޔޫސުފް ސޮފްވާން

ކޮވިޑް-19 ގެ ސަބަބުން މޮނިޓަރިންގ ގެ ޙާލަތުގައި އޮންނަ ރަށަކަށްވެސް ވޯޓުލާން ދެވިދާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ، އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ވޯޓު ލުމަށް ދިއުމުގެ ހުއްދަ ދޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. އަދި މޮނިޓަރިންގ ޙާލަތުގައި އޮންނަ ރަށަކަށްވެސް އެ ރަށެއްގެ ޓާސްކްފޯސްއާ ގުޅިގެން ހަމައެކަނި ވޯޓު ލުމަށް ހުއްދަ ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން، އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާ ދުވަހު ކަރަންޓީނުގައި އަދި ކޮވިޑަށް ޕޮޒިޓިވްވެފައި ތިބޭ މީހުންނަށް ވޯޓުލެވޭނީ އެފޮއްޓަކަށް ވޯޓުލާން ގޮސްފައި ތިބި އެންމެން ވޯޓުލާ ނިމުމުންކަމަށް ޝަރީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އިންތިޚާބާއި ގުޅިގެން އީސީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޝަރީފް ވިދާޅުވީ ކަރަންޓީން އަދި ޕޮޒިޓިވްވެފައިިވާ މީހުންވެސް އަމަލު ކުރަން ޖެހޭނީ އެޗްޕީއޭއިން އާންމުކޮށްފައި އޮންނަ އުސޫލަށް ކަމަށެވެ. އެގޮތުން މާސްކު އެޅުމާއި ގައިދުރުކަން ގެންގުޅުންފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ޝަރީފް ވަނީ ހަނދާންކޮށްދެއްވާފައެވެ.

އީސީން އަންނަނީ އިންތިޚާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އޮފިޝަލުން ތަމްރީނު ކުރުމާއި، އިންތިޚާބާ ގުޅިގެން އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް ވެސް މަސައްކަތް ކުރެއެވެ. ކޮވިޑް-19އާ ގުޅިގެން އިންތިޚާބުގެ ކަންކަމަށް މިވަނީ ވަރަށް ބޮޑު ބަދަލުތަކެއްވެސް އައިސްފައެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު