Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯދަމަހުގެ ޚާއްސަ އިނާޔަތް

އަންނަ ބުރާސްފަތި ދުވަހު ރޯދަ އިނާޔަތް ދެނީ

އިނާޔަތުގެ ފައިސާގެ ތަފްސީލު ތައްޔާރުކޮށް މިނިސްޓްރީއަށް ހުށައެޅުމަށް އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އެޕްރީލު 2021 | ހުކުރު 19:15
ފިނޭންސް މިނިސްޓްރީން ވަނީ އިނާޔަތުގެ ފައިސާގެ ތަފްސީލު ތައްޔާރުކޮށް ހުށައެޅުމަށް އެދިފައި

ފިނޭންސް މިނިސްޓްރީން ވަނީ އިނާޔަތުގެ ފައިސާގެ ތަފްސީލު ތައްޔާރުކޮށް ހުށައެޅުމަށް އެދިފައި

މިހިނގާ އޭޕްރީލް މަހުގެ 8 ވާ ބުރާސްފަތި ދުވަހު ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ސޮއި ކުރައްވައި ނެރުއްވި އިއުލާނެއްގައި ވަނީ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ގާނޫނު)އަށް ގެނެވުނު އިސްލާހާއެކު ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށްވެސް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭނެ ކަމަށެވެ. އަދި މުސާރަ ލިބޭ އެއް އޮފީހަށްވުރެ ގިނަ އޮފީހުގައި މަސައްކަތް ކުރާނަމަ އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވި ދުވަހާއި ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދައި އަނބުރާ ޖަމާކުރަންވާނެ ކަމަށްވެސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ. އެގޮތުން ރަމަޟާން މަހުގެ ތެރޭގައި ވަޒީފާއިން ވަކިވުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަށްވެސް އިނާޔަތުގެ ފައިސާ ދޭނީ ހަމައެކަނި އެ މުވައްޒަފަކު ވަޒީފާ އަދާކުރި ދުވަހަކަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ވަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާގެ ތަފްސީލު ތައްޔާރުކޮށް، އިނާޔަތުގެ ފައިސާ ހޯދުމަށް މިނިސްޓްރީއަށް ހުށައެޅުމަށް އިދާރާތަކަށް އަންގާފައެވެ.

ފިނޭންސް މިނިސްޓްރީރަަމަޟާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
29 ނޮވެމްބަރު 2025

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު