Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކެފޭ/ރެސްޓައުރެންޓްތަކުން ޚިދުމަތް ދެވޭ ވަގުތު

ރޯދަމަހު އިތުރު ލުއިތަކާއެކު ކެފޭ ރެސްޓައުރެންޓް ހުޅުވޭ ގަޑިތަކަށް ބޮޑު ބަދަލެއް!

ކެއިންބުއިމުގެ ޚިދުމަތްދޭ ހުރިހާ ތަންތަނުން އެ ގަޑިތަަކަށް ތަންތަން ހުޅުވައިގެން ހިދުމަތް ދިނުމަށް އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2021 | ހުކުރު 08:17
މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓް،

މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓް،

ރަމަޟާން މަހު ކެފޭ، ރެސްޓައުރެންޓްތަކުން ހަވީރު 5:30ން މެންދަމު 3:00 އާ ދެމެދު ޚިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަމަޟާން މަސް ފެށެންދެން، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30ން މެންދަމު 1:00 އާ ދެމެދު ކަމަށެވެ. އަދި، ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30ން މެންދަމު 3:00 އާ ދެމެދު ކަމަށެވެ.

މިބަދަލާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން އެ ގަޑިތަަކަށް ތަންތަން ހުޅުވައިގެން ހިދުމަތް ދިނުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ މި މަހުގެ 13 ގަ އެެވެ. ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް ބޮޑު ލުއިތަކެއްދީފައި މިވަނީ މިސިނާއަތުގެ 50 އިންސައްތަ ވިޔަފާރި އެއްކޮށް ބަންދުކުރަން ޖެހޭނެ ކަމުގެ އިންޒާރު ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދީފައިވަނިކޮށްށެވެ. މިދިޔަ އަހަރު ރޯދަ މަހާ ދިމާކޮށް ކޮވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން މުޅި މާލެސިޓީ ލޮކްޑައުން ކުރިއެވެ. މުޅި ރޯދަ މަސް ލޮކްޑައުންގައި ހޭދަކުރި އިރު ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ކެފޭ، ރެސްޓައުރެންޓްތަކުގެ ވިޔަފާރިއަށް ބަރޯސާވެގެން ދިރިއުޅެމުން އައި އާއިލާތަކަށް ލިބެމުންދިޔަ އާމްދަނީ އެއްކޮށް ހުއްޓުނެއެވެ.

ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު ކޭސްތައް އިތުރުވެގެންދިއުމާއި ގުޅިގެން ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑު 08:00ން ފެށިގެން ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތަކުން ޑައިން އިން ނުކުރެވޭ ގޮތް ހެދިއެވެ. މިއީ މިގޮތަށް ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތްދެވޭ ވަގުތުތަކަށް ބަދަލުގެނައުމާއި ގުޅިގެން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ބޮޑެތި ކަންބޮޑުވުންތަކާއި ގުޅިގެން ކެފޭ، ރެސްޓައުރެންޓްތަކުން ޚިދުމަތް ދޭ ވަގުތު އިތުރުކުރިކަމުގައި ވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑައެއް ނުވެއެވެ. ބައްޔަށް ޕޮޒިޓިވްވާ ރޭޓް މަތިވަމުންދާއިރު، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީރެސްޓޯރެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ

ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ

05 މެއި 2024

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު