Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ތާރީޚު އިސްލާމި ދީބާ މަޙަލް" ގެ ތަރުޖަމާ ނެރުން

ތާރީޚު ދިރާސާކުރުމަކީ މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ޤައުމީ މަސައްކަތެއް: ރައީސް

2 އެޕްރީލު 2021 | ހުކުރު 04:54

މި ފޮތް ދިވެހިބަހަށް ތަރުޖަމާކޮށް ނެރުމުގައި، ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ކުރި ބުރަ މަސައްކަތަށް ރައީސް ޝުކުރު ދެންނެވި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 2 އެޕްރީލު 2021 | ހުކުރު 04:54
ތާރީޚް އިސްލާމި ދީބާ މަޙަލް ނެރުމުގެ ރަސްމިއްޔަތުގެ ތެރެއިން

ތާރީޚް އިސްލާމި ދީބާ މަޙަލް ނެރުމުގެ ރަސްމިއްޔަތުގެ ތެރެއިން

ރާއްޖޭގެ ދިގު އަދި މުއްސަނދި ތާރީޚު ދިރާސާކޮށް، ލިޔެ، ރައްކާކުރުމަކީ، ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ މަސައްކަތެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ "ތާރީޚު އިސްލާމި ދީބާ މަޙަލް" ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ، މިހާރުގެ ތާރީޚު ލިޔަމުން ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ފަހުން އަންނަ ބަޔަކު ކުރުމަށް ދޫކޮށްލަންވީ ކަމެއް ނޫން ކަމަށެވެ. އަދި ތާރީޚް ލިޔުމަކީ ޢިލްމީ އުސޫލުތަކާ އެއްގޮތަށް ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، މާފަހުން އަންނަ ބަޔަކު، ދޫދޫ މަތިން އަޑުއަހާ ވާހަކަތަކެއްގެ މައްޗަށް، އެ ޤައުމެއްގެ ތާރީޚު ބިނާކުރަންވެއްޖެނަމަ، ތާރީޚު އޮޅުންބޮޅުން ވެގެން ދިޔުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެ ކަމަށެވެ.  އެކަމަށް ފުރުޞަތު ނުދިނުމަށްޓަކައި، އެއިރެއްގެ ޙާލަތާ ބެހޭގޮތުން ޢިލްމީ ލިޔުންތައް ލިޔަމުން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ކަމާގުޅޭ ފެކަލްޓީތަކުން، ރާއްޖޭގެ ތާރީޚާމެދު މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި، ދިރާސާކުރަން ފަށާނެ ކަމަށް، އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތާރީޚާ ބެހޭގޮތުން، ޙަސަން ތާޖުއްދީން ޢަރަބި ބަހުން ލިޔުއްވި، "ތާރީޚު އިސްލާމި ދީބާ މަޙަލް" އަކީ، ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ދިވެއްސަކު އެންމެ ފުރަތަމަ ލިޔުއްވި ފޮތެވެ. އެހެން ކަމުން، ރައީސް، އެ ފޮތް ސިފަކުރެއްވީ ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަންމުތެއް ކަމުގައެވެ. އަދި ދިވެހިބަހަށް މި ފޮތް ތަރުޖަމާކޮށް ނެރުމަކީ، ރާއްޖޭގެ ކިޔަވާ ކުދިންނަށް ލިބުނު ވަރަށް އަގުހުރި ޢިލްމީ ހަދިޔާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

 މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި، މި ފޮތް ދިވެހިބަހަށް ތަރުޖަމާކޮށް ނެރުމުގައި، ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، މި މަސައްކަތުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

" ތާރީޚު އިސްލާމި ދީބާ މަޙަލް" ގެ ދިވެހި ތަރުޖަމާ ނެރުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤާއި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީގެ އިތުރުން މުޝީރު މުޙައްމަދު ވަޙީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ސޯލިހުދިވެހި ބަހުގެ އެކަޑަމީމިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2023

ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު

02 ނޮވެމްބަރު 2023
ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު
07 ފެބުރުއަރީ 2023

"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

07 ފެބުރުއަރީ 2023
"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި
16 ޖެނުއަރީ 2023

އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

16 ޖެނުއަރީ 2023
އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި
16 ޖެނުއަރީ 2023

އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން

16 ޖެނުއަރީ 2023
އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން
13 ޖެނުއަރީ 2023

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 ޖެނުއަރީ 2023
ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 ނޮވެމްބަރު 2022

މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

06 ނޮވެމްބަރު 2022
މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް
27 އޮކްޓޯބަރު 2022

އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

27 އޮކްޓޯބަރު 2022
އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ
20 ސެޕްޓެމްބަރު 2022

އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ

20 ސެޕްޓެމްބަރު 2022
އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ
26 ޖުލައި 2022

ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓަރ ޔުމްނާ އަދި ސަފީރު މަހާވަރު ބައްލަވާލައްވައިފި

26 ޖުލައި 2022
ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓަރ ޔުމްނާ އަދި ސަފީރު މަހާވަރު ބައްލަވާލައްވައިފި
02 ޖޫން 2022

"ތްރޫ ދަ އައިސް އޮފް ވެންގޯ" އެގްޒިބިޝަން ހުޅުވައިފި

02 ޖޫން 2022
"ތްރޫ ދަ އައިސް އޮފް ވެންގޯ" އެގްޒިބިޝަން ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް