Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗީފް އޮފް ޑިފެންސް ފޯރސް ބަންގްލަދޭޝްއަށް ކުރައްވާ

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން ދެމެހެއްޓުމަށް އެހީތެރިވެދިނުމުގައި ބަންގްލަދޭޝް އަސްކަރިއްޔާއިން ދެމިއޮންނާނެ

2 އެޕްރީލު 2021 | ހުކުރު 05:00

ބަންގްލަދޭޝް އަދި ދިވެހި އަސްކަރިއްޔާގެ ގުޅުމަކީ ދެ ގައުމަށް ހާއްސަ ގުޅުމެއް

އަތޫފް އާތިފް
އަތޫފް އާތިފް | 2 އެޕްރީލު 2021 | ހުކުރު 05:00
ޗީފް އޮފް ޑިފެންސް ފޯރސްގެ ޝަރަފުގައި އެރުވުނު ގާރޑް އޮފް އޮނަރ އެއް އެމަނިކުފާނު ވަނީ އިންސްޕެކްޓް ކުރައްވަނިކޮށް

ޗީފް އޮފް ޑިފެންސް ފޯރސްގެ ޝަރަފުގައި އެރުވުނު ގާރޑް އޮފް އޮނަރ އެއް އެމަނިކުފާނު ވަނީ އިންސްޕެކްޓް ކުރައްވަނިކޮށް

ދިވެހި އަސްކަރިއްޔާގެ އަސްކަރީ ގާބިލުކަން ދެމެހެއްޓުމަށް ބަންގްލަދޭޝް އަސްކަރިއްޔާއިން ދެމިއޮންނާނެ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ބަންގްލަދޭޝް އަސްކަރިއްޔާގެ އަރމީ ޗީފް އޮފް ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދުގެ ދައުވަތަކަށް ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުން ގެންދާ ރަސްމީ ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ވަނީ އެގައުމުގެ އަސްކަރިއްޔާގެ ޝަހީދުންނަށް އިޙުތިރާމް އަދާ ކުރެއްވުމުގެ ގޮތުން މިކަމަށް ޚާއްސަކޮށް ބޭއްވުނު ރަސްމިއްޔާތެއްގައި ބައިވެރިވަޑައިގެންފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯރސްގެ ޝަރަފުގައި އެރުވުނު ގާރޑް އޮފް އޮނަރ އެއް އެމަނިކުފާނު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެގައުމުގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އަޒީޒް އަޙުމަދާއިއެކު ޗީފް އޮފް ޑިފެންސް ފޯ ރސް ވަނީ ރަސްމީ ބައްދަލުވުން ބާއްވަވާފައެވެ.

މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯރސް ވަނީ ބަންގްލަދޭޝްގެ 50 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ، ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އެންމެހާ ފަރާތްތަކަށް ރައީސުލުޖުމްހޫރިއްޔާއާ، ޑިފެންސް މިނިސްޓަރ އަދި ޗީފް އާއި އެންމެހާ ސިފައިންގެ ނަމުގައި އަދާކުރައްވާފައެވެ. އަދި ޒަމާނުއްސުރެ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުންތަކާއި އަދި ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ދިވެހިންނަށް ބޮޑެތި ދަތިތައް ދިމާވާ ކޮންމެ ފަހަރަކު ވެދެއްވާ ފުރިހަމަ އެހީތެރިކަމަށްޓަކައި ޝުކުރުއަދާ ކުރެއްވާފައެވެ. މީގެ އިތުރުން، ދިވެހި އަސްކަރިއްޔާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުގެ ފަރާތުން ކުރައްވާ މަސައްކަތްޕުޅުގައި އިތުރު ތަމްރީން ފުރުސަތުތަކާއި އަދި އެހެނިހެން ފަންނީ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް ކުރެއްވިއެވެ.

ޖެނެރަލް އަޒީޒްގެ ވާހަކަފުޅުގައި، އެ ގައުމަކީ ދިވެހިރާއްޖެއާ ވަރަށް ޚާއްސަ ގުޅުމެއް އޮންނަ ގައުމެއްކަމާއި އަދި ދެގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ވަރުގަދ ކުރުމަށްޓަކައި އެމްއެންޑީއެފް އަށް ބޭނުންވާ އަސްކަރީ އަދި ފަންނީ އެހީތެރިކަން ދެއްވުމުގައި ދެމިހުންނަވާނެކަން ވަނީ ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯރސް، ބަންގްލަދޭޝްގެ ނޭވަލް ޗީފް އޮފް ސްޓާފް އެޑްމިރަލް އެމް. ޝަހިން އިގްބާލާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯރސް ވަނީ ދެގައުމުގެ ޒަމާންވީ ގުޅުމަށް އަލި އަޅުއްވާލައްވާ ބަންގްލަދޭޝްގެ ނޭވީގެ ފަރާތުން ލިބޭ ތަމްރީން ފުރުސަތުތަކާއި އަދި ދިވެހިންނަށް ދިމާވާ ކާރިސާތަކުގައި ދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާ ކުރައްވާފައެވެ. އަދި ކުރިމަގުގައި ދިވެހިސިފައިންނަށް ބޭނުންވާ އިތުރު ތަމްރީން ހޯދުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް