Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލަކަށް އެޗްޑިސީގެ ކޯލް ސެންޓަރެއް

ވިސްނުމަކީ އެޗްޑީސީގެ ތަޖުރިބާގެ އަލީގައި ފުވައްމުލަކަށް ތަރައްޤީ ގެނައުން - މޭޔަރ

ކޯލް ސެންޓަރުގެ ސަބަބުން ފުވަމުލައް ސިޓީގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވާނެ ކަމަށް އެޗްޑީސީން ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 އެޕްރީލު 2021 | ބުރާސްފަތި 17:35
ފުވައްމުލައް ސިޓީގައި އެޗްޑީސީގެ ކޯލް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލައް ސިޓީގައި އެޗްޑީސީގެ ކޯލް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލަކު ކައުންސިލުގެ ވިސްނުން ހުރީ ހަމައެކަނި ކޯލް ސެންޓަރަކަށް ނޫން ކަމަށާއި، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަރބަން ސިޓީއެއް ތަރައްޤީކުރުމުގެ ފުރިހަމަ ތަޖުރިބާގެ އަލީގައި ފުވައްމުލަކަށް އެތައް ތަރައްޤީއެއް ގެނައުމަށް ބޭނުންވާ ކަމަށް ފުވައްމުލަކުގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފް ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ އެޗްޑީސީން ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ ކަމުގައިވާ ފުވައްމުލައް ސިޓީގައި އެ ކުންފުނީގެ ކޯލް ސެންޓަރެއް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެޗްޑީސީން ބުނީ މި ކޯލް ސެންޓަރު ހުޅުވާފައިވަނީ އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް، ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލުތަކާއި ގުޅިގެން ފަށާފައިވާ 'ބިޔޯންޑް ހުޅުމާލެ' ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ.

ފުވައްމުލަކުގައި ހުޅުވި މި ކޯލް ސެންޓަރަކީ އެ ކުންފުނީގެ މަސައްކަތްތައް ހުޅުމާލެ ފިޔަވާ އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅިގެންދިއަ މުހިއްމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ. އަދި އެ ކުންފުންޏާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އެކި ބޭނުންތަކަށް އެ ކުންފުންޏަށް ގުޅާ ޚިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ މި ކޯލް ސެންޓަރުގެ މައިގަނޑު އެއް އަމާޒު ކަމަށްވެސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުންވެސް މި ކޯލް ސެންޓަރުގެ ސަބަބުން ފުވަމުލައް ސިޓީގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އެޗްޑީސީ އާއި ފުވައްމުލަކުގެ ރައްޔިތުންނާއި، ކައުންސިލލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ފުވަމުލައް ތަރައްޤީކުރުމަށް އެ ކުންފުނީގެ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމުގައި ވަނީ ބުނެފައެވެ.

ވަރޗުއަލްކޮށް ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވަނީ ކޯލް ސެންޓަރުގެ ސަބަބުން ކުންފުނިން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފުވައްމުލަކުގެ ރައްޔިތުންނާއި އެ ކުންފުންޏާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވިއެވެ.

މިވަގުތު ޖުމްލަ ތިން މުވައްޒަފުންނާއެކު ހުޅުވާފައިވާ މި ކޯލް ސެންޓަރުގައި މަސައްކަތްކުރާނީ ފުވައްމުލަކުން ހޮވާލެވުނު ކުދިން ކަމަށާއި، އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ތަމްރީން ޕްރޮގްރާމުތަކެއް އެ މުވައްޒަފުންނަށް ހިންގާފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ފުވައްމުލައް ސިޓީހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
12 ނޮވެމްބަރު 2025

ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް

12 ނޮވެމްބަރު 2025
ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު
12 ނޮވެމްބަރު 2025

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން

12 ނޮވެމްބަރު 2025
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް