Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލައިސެންސް ދޫކުރުން

16 އަހަރު ފުރުމުން ލައިސެންސް ދިނުމަށް މަޝްވަރާކުރަނީ

1 އެޕްރީލު 2021 | ބުރާސްފަތި 13:32

މިހާރު ލައިސެންސް ނެގޭ އެންމެ ހަނގު އުމުރަކީ 18 އަހަރު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 1 އެޕްރީލު 2021 | ބުރާސްފަތި 13:32
އިރުއޮއްސެމުން ދިއަ ވަގުތު މާލެތޭރޭގެ މަންޒަރުތައް

އިރުއޮއްސެމުން ދިއަ ވަގުތު މާލެތޭރޭގެ މަންޒަރުތައް

ލައިސެންސް ނެގޭ އެންމެ ހަގު އުމުރަކީ 16 އަހަރުކަމުގައި ކަނޑައެޅުމަށް ލައިސަންސްގެ ޤަވައިދަށް ބަދަލުގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދު ކޮމިޓީގައި ކަމާގުޅޭ ވުޒާރާއާއި މުއައްސަސާތައް ހާޒިރުކޮށްގެން ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދު ކޮމިޓީގެ މެމްބަރުން ވަނީ ރާއްޖޭގެ ބައެއް އަވައްޓެރި ޤައުމުތަކުގައިވެސް 16 އަހަރުން ފެށިގެން ލައިސެންސް ނެގުމުގެ ހުއްދަދެމުންދާކަން ފާހަގަކުރައްވާފައެވެ. މިކަން ރާއްޖޭގައި ކުރާނަމަ މި އުމުރުގެ ކުދިންނަށް ލައިސެންސް ދޫކުރާނީ ބެލެނިވެރިންގެ ހުއްދައާއެކުކަމަށް ވިދާޅުވިއެވެ. މެމްބަރުންވަނީ މިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި، ދިވެހި ފުލުހުން މިކަމުގައި ދެކޭގޮތާއި ގުޅޭގޮތުން މަޝްވަރާއަށް އައްސަވާފައެވެ.

Advertisement - newsAdvertisement

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުން ވަނީ، 18 އަހަރުން ދަށުގެ ގިނަ އަދަދެއްގެ ކުޑަކުދިން މިހާރުވެސް ލައިސެންސްއާއި ނުލާ އެއްގަމު އުޅަނދު ދުއްވައިގެން ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިރު، މިފަދަ 336 ކުއްޖެއް ޖޫރިމަނާކޮށްފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ. މިކުދިންގެ ތެރެއިން ބައެއް ކުދިން އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާގެގޮތުގައި އަރާފައިވާކަން ފާހަގަކުރައްވާ ފުލުހުންވަނީ މިގޮތައް އެންމެ ގިނައިން ލަސެންސް ނެތި އެއްގަމު އުޅަނދު ދުއްވަނީ 17 އަހަރުގެ ކުދިންކަމަށް ތަފާސްހިސާބުތަކުން ހާމަވާކަމަށް ބުނެފައެވެ. މިފަދަ ކުދިން އާންމުގޮތެއްގައި ބޭނުންކުރަނީ މައިންބަފައިން ނުވަތަ އާއިލާގެ މީހެއްގެ އުޅަނދެއްކަން ފާހަގަކުރައްވާ ފުލުހުން ވަނީ 16 އަހަރުން ފެށިގެން ލައިސެންސް ނެގުމުގެ ހުއްދަދިނުމުގައި އިތުރައް ބަލާ ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅަން ޖެހޭކަން ފާހަގަކުރައްވާފައެވެ. ފުލުހުން ވަނީ ލައިސެންސް ޤަވައިދަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން މިހާރު ލައިސެންސް ނުލާ ދުއްވާ ފަރާތް އެއް ހާސް ރުފިޔާއިން، އުޅަނދުގެ ވެރިފަރާތް ދެ ހާސް ރުފިޔާއިން އަދި އުޅަނދު 15 ދުވަހަށް ޓޯކުރުމުން މިފަދަ މައްސަލަތައް މަދުވަމުން އަންނަކަން ފާހަގަކުރެވޭކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަމުން ޓްރާސްޕޯޓް މިނިސްޓްރީއިން ވަނީ މިކަމުގައި މަޝްވަރާކޮށް ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތެއް ހޯދުމަކީ މުހިންމުކަމެއްކަމުގައި ވިދާޅުވެފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ 18 އަހަރުން ދަށުގެ ކުދިންގެ ޖޫރިމަނާގެ ކަންކަން ހައްލުކުރުމަށް އެކުދިން މުޖުތަމަޢުއަށް ފައިދާހުރި ކަމެއްކޮށްގެން ނުވަތަ ކޮމިއުނިޓީ ސަރވިސްގެ ގަޑިއިރު ފުރިހަމަކޮށެގެން ޖޫރިމަނާއިން ކެނޑޭގޮތައް ޤަވައިދަށް އިސްލާހު ގެނެސް އަންނަ ހަފުތާގައި އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅާނެކަމަށް ބުނެފައެވެ. އަދި މި އިސްލާހަށް އަމަލީ ސިފަ އަންނަ މަސްއަންނަންވާއިރަށް ގެނެސް ގެޒެޓްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން މި ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

މާލެ ސިޓީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
18 އޮކްޓޯބަރު 2025

ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި

18 އޮކްޓޯބަރު 2025
ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި
12 އޮކްޓޯބަރު 2025

"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"

12 އޮކްޓޯބަރު 2025
"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"
03 އޮކްޓޯބަރު 2025

ސަރުކާރު ޑިފެންސަށް، އިދިކޮޅުން ގޯލު ޖަހަން ފަށައިފި

03 އޮކްޓޯބަރު 2025
ސަރުކާރު ޑިފެންސަށް، އިދިކޮޅުން ގޯލު ޖަހަން ފަށައިފި
01 އޮކްޓޯބަރު 2025

މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި

01 އޮކްޓޯބަރު 2025
މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި
30 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ އަންޑަރ ގްރައުންޑް ޕާކިންގ ހަގީގަތަކަށް ނުވި

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ އަންޑަރ ގްރައުންޑް ޕާކިންގ ހަގީގަތަކަށް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް