Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޮނިޓަރިންގައި ހުރި ރަށްތަކަށް އެހީތެރިވުން

ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

އެހީތެރިކަން ފޯރުކޮށްދެނީ މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ދިހަ ރަށަށް

އަމްނާ އިމާދު
އަމްނާ އިމާދު | 1 އެޕްރީލު 2021 | ބުރާސްފަތި 07:56
އައްޑޫ ސިޓީގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތުގެ ތެރެއިން

އައްޑޫ ސިޓީގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތުގެ ތެރެއިން

ދިހަ ރަށެއްގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މޮނިޓަރިންގ ހާލަތަށް ގެނައުމާ ގުޅިގެން 10 ރަށެއްގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެއީ ރ.ހުޅުދުއްފާރު، ރ.އުނގޫފާރު، ރ.އަލިފުށި، ރ.މަޑުއްވަރި، ޅ.ނައިފަރު، ޅ.ހިންނަވަރު، ކ.ދިއްފުށި، ކ.ހުރާ، ދ.މީދޫ އަދި ގދ.ތިނަދޫއެވެ.

Advertisement - newsAdvertisement

އެގޮތުން އެ ރަށްތަކުގެ ކައުންސިލްތަކާއި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މައުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އެކި ރަށްތަށުގައި އޮތް މޮނިޓަރިން ހާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ މީހުންގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ސިއްހީ ހާލަތްތަކުގައި ބޭނުންވާ ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެހީގެ ގޮތުގައި ފޯރިކޮށްދީފައިވާ ތަކެތީގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ސެނިޓައިޒަރ، މާސްކް އަދި އަންގި ހިމެނެއެވެ.

މީގެ ކުރިން 11 ރަށަކާއި ސިޓީތަކަށް 600 އަށްވުރެ ގިނަ ކެއަރ ޕެކޭޖް އަދި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ހއ.ބާރަށް، ކުޅުދުއްފުށި ސިޓީ، ނ.ޅޮހި، ދ.ކުޑަހުވަދޫ، މ.ކޮޅުފުށި، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގދ.ހޯޑެއްދޫ، ގދ.މަޑަވެލި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއެވެ.

ޖެންޑަރ މިނިސްޓްރީމޮނިޓަރިންގ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު