Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިޔާ ފްލެޓް މަޝްރޫއު

ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ފްލެޓް ދޫކޮށްލުމަށް އެދޭ މީހުންނަށް އެހެން މަޝްރޫއުއެއްގެ ދަށުން ފްލެޓް ދިނުމަށް ފާސްކޮށްފި

ރިޕޯޓު އެކުލަވާލުމުގައި ކޮމިޓީން ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ދީފައިވާ ގޮތް ދިރާސާ ކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 31 މާރިޗު 2021 | ބުދަ 09:49
ހިޔާ ފްލެޓް މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ހިޔާ ފްލެޓް މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް މިހާރު ކަނޑައެޅިފައިވާ މީހުންނާއި މަޝްވަރާ ކުރުމަށްފަހު ފްލެޓް ދޫކޮށްލުމަށް އެދޭ މީހުންނަށް އެހެން މަޝްރޫއުތަކުގެ ތެރެއިން އެ މީހުންނަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ހާލަތަށް އެންމެ އެކަށޭނެ ގިންތިއަކުން ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. މިރިޕޯޓަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަސީމް މިއިސްލާހު ހުށަހަޅުއްވަމުން ވިދާޅުވީ ހިޔާ މަޝްރޫއަކީ އިޖުތިމާއީ ބޯހިޔާ ވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށް ވީހިނދު އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންނަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ ބައެއްކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. މިއިސްލާހު ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުން ވަނީ މިއިސްލާހު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. އިސްލާހާއެކު ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީ ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މި މައްސަލަ ކޮމިޓީން ދިރާސާކޮށް ހުށައަޅާފައިވާ ބައެއް ކަންކަމުގެ ތެރޭގައި 2018 ވަނަ އަހަރު ދަފްތަރުގައި ގިނަ އަދަދަކަށް އެއްފަހަރާ މީހުން ޖެހިފައިވާ އުސޫލުތައް ސާފުވާން ނެތުމުން، މާލެ ސިޓީ ކައުންސިލުން އެކަން ހިނގާފައިވާގޮތް ރަނގަޅަށް ދިރާސާކޮށް ބެލުމަށް ވަނީ އަންގާފައެވެ. އަދި ދަފްތަރުގައި މިހާތަނަށް ޖެހި، ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާ މީހުންނާއި، މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާ މީހުންނަށް ސަރުކާރުގެ ފަރާތުން އަވަސް ހައްލެއް ހޯދައިދިނުމަށާއި، ދަފްތަރާ ގުޅޭގޮތުން ހަރުދަނާ ސިޔާސަތުތަކެއް ސަރުކާރުން އެކުލަވާލުމަށް ވެސް އަންގާފައިވެއެވެ.

މި ރިޕޯޓު އެކުލަވާލުމުގައި ކޮމިޓީން ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ދީފައިވާ ގޮތާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ރާވާފައިވާ ގޮތުގެ އިތުރުން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭގެ ދަފްތަރާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ދިރާސާ ކޮށްފައެވެ.

ހިޔާ ފްލެޓްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު