Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

މާލީ ބަޔާން ހުށަނާޅާ ތިބި ފަސް މެންބަރުންނަށް 15 ދުވަހުގެ ނޯޓިސް ދިނުމުން، އެ މެންބަރުންގެ ބަޔާންތައް މިހާރު ވަނީ ހުށަހަޅައިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2025 | އަންގާރަ 13:55
މާލީ ބަޔާން ހުށަނާޅާ ޕީއެންސީގެ 4 މެންބަރުންނާއި އެމްއެންޕީގެ މެންބަރު ނާޒިމް (ކ): އިންޒާރާއި އެކު މި ފަސް މެމްބަރުން ވެސް މިހާރު ވަނީ މާލީ ބަޔާން ހުށަހަޅާފަ

މާލީ ބަޔާން ހުށަނާޅާ ޕީއެންސީގެ 4 މެންބަރުންނާއި އެމްއެންޕީގެ މެންބަރު ނާޒިމް (ކ): އިންޒާރާއި އެކު މި ފަސް މެމްބަރުން ވެސް މިހާރު ވަނީ މާލީ ބަޔާން ހުށަހަޅާފަ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅާ ތިބި ފަސް މެންބަރުންނަށް 15 ދުވަހުގެ ނޯޓިސް ދިނުމުން، އެ މެންބަރުންގެ ބަޔާންތައް ހުށަހަޅައިފި އެވެ.

މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވިއިރު، މާލީ ބަޔާން ހުށަނާޅާތީ 15 ދުވަހުގެ ތެރޭގައި އެ ބަޔާން ހުށަހެޅުމަށް މަޖިލީހުން ނޯޓިސް ދިނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން އަދި އެމްއެންޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށެވެ.

Advertisement - newsAdvertisement

އެ ފަސް މެންބަރުންގެ މާލީ ބަޔާންތައް ވެސް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާ މެމްބަރުންނަށް އަޅާ ފުރަތަމަ ފިޔަވަޅަކީ 15 ދުވަހުގެ ފުރުސަތެއް ދިނުމަށްޓަކައި ނޯޓިސް ދިނުމެވެ.

އެ މުއްދަތު ވެސް ހަމަވާއިރު މާލީ ބަޔާން ހުށަނާޅާނަމަ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުމަށް އެ މާއްދާއިން ލާޒިމްކުރެ އެވެ.

މާލީ ބަޔާން ހާމަނުކޮށް މިއަދާ ހަމައަށް ހުންނެވި މެންބަރު ނިޒާރުގެ ވާހަކަ ނޫސްތަކުގައި ރިޕޯޓުކުރުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން އޭނާ ފޭސްބުކް އެކައުންޓުގައި ލިޔުއްވަމުން މައްސަލައަކަށް ނެންގެވީ މީޑިއާތަކުން މީގެ ކުރިން ނުދޭ ސަމާލުކަމެއް ދީގެން މެންބަރުންގެ މާލީ ބަޔާންތަކުގެ ވާހަކަތައް ރިޕޯޓުކުރުމެވެ.

ނިޒާރު މި ގޮތަށް ތުހުމަތުކުރެއްވި ނަމަވެސް، މެންބަރުންނާއި ވަޒީރުންގެ މާލީ ބަޔާންތައް އާންމުކުރަން ފެށި ފަހުން މީޑިއާތަކުން އަބަދު ވެސް ހަބަރުތައް ގެނެސްދެ އެވެ. އަދި މާލީ ބަޔާން ހާމަނުކުރާ މެންބަރުންނާއި ވަޒީރުންގެ ހަބަރުތައް މީގެ ކުރިން ވެސް ގިނަ މީޑިއާތަކުގައި ޝާއިއުކޮށްފައި އެބަހުއްޓެވެ.

އާންމުކޮށްފައިވާ މާލީ ބަޔާނުން އެނގޭ ގޮތުގައި ނިޒާރުގެ އެކައުންޓުތަކުގައި 71،013ރ. އަދި 54،777 އެމެރިކާ ޑޮލަރު އެބަހުއްޓެވެ. ނަމަވެސް އެ މުއްދަތުގައި ނިޒާރުއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މަޖިލީހުން ލިބުނު 908،069ރ. ގެ މުސާރަ އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންގެ މާލީ ބަޔާންތައް އައްޔަނުކޮށްފައިވާއިރު، ސަރުކާރުގެ ވެރިންގެ މާލީ ބަޔާނެއް މިހާތަނަށް ވެސް އާންމެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލިސްމާލީ ބަޔާން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު