Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޯލްޑް ޓްރޭޑް އޯގަނައިޒެޝަންގެ ބައްދަލުވުން

ކޮވިޑްގެ ސަބަބުން ގެއްލުން ލިބުނު ގައުމުތައް ދަރަނި އަދާކުރުމަށް ޚާއްސަ މެކޭނިޒަމެއް ގާއިމް ކުރަންޖެހޭ- މިނިސްޓަރ ޝާހިދު

30 މާރިޗު 2021 | އަންގާރަ 06:10

ތިމާވެއްޓާއި އިގްތިސާދީ ގޮތުންނާއި ކޮވިޑް-19 ގެ ސަބަބުން ދިމާވާ ނާޒުކު ހާލަތްތަކަށް މިނިސްޓަރ ޝާހިދު އަލިއަޅުވާލެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 މާރިޗު 2021 | އަންގާރަ 06:10
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ކޮވިޑް-19 ގެ ސަބަބުން ބޮޑެތި ގެއްލުން ލިބުނު ގައުމުތައް ދެމެހެއްޓެނިވިގޮތެއްގައި އިގްތިސާދީ ހީނަރުކަމުން، އަރައިގަތުމަށް، ދަރަނި އަދާކުރުމަށް ޚާއްސަ މެކޭނިޒަމެއް ގާއިމުކުރުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލައްވާފައިވަނީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ވޯލްޑް ޓްރޭޑް އޯގަނައިޒެޝަން) އިން ވިޔަފާރިއާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއާއި ބެހޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ޕެނަލްގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ތިމާވެއްޓާއި އިގްތިސާދީ ގޮތުންނާއި ކޮވިޑް-19 ގެ ސަބަބުން ދިމާވާ ނާޒުކު ހާލަތްތަކަށް މިނިސްޓަރ ޝާހިދު އަލިއަޅުވާލެއްވިއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ގްލޯބަލް ސަޕްލައި ޗެއިން މެދުކެނޑުމުން ދިމާވި ދަތިތަކުން އަރަތިގަތުމަށް ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތައް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މިގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށް ހެދިފައިހުރި ގަވާއިދުތައް ބަދަލުކުރުމާއި، ކޮންމެހެން ބޭނުންވާ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި ފޯރުކޮށްދިނުން، ދެމެހެއްޓެވިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދެމެހެއްޓެނެވި ތަރައްގީގައި ވިޔަފާރިއާއި ތިމާވެށި ހިމާޔަތްކުރުމުގެ ގުޅުން ވަރުގަދަކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ގުދުރަތީ ކާރިސާތަކުން ސަލާމަތްވުމަށް ނުވަތަ އަރައިގަތުމަށާއި، އާމްދަނީއާއި ވަޒީފާއަށް ސާފު އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ގާއިމުކުރުމަށް ކުރިއަރަމުން އަންނަ ކުދި ޖަޒީރާ (ސިޑްސް) ގައުމުތަކުގައި އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައި ނެތްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތަރައްގީގެ އޮނިގަނޑާއި، ދެމެހެއްޓެނިވި އަދި މޫސުމީ ފުދުންތެރި ތަރައްގީއަށް މަގުފަހިވާގޮތަށް ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ސިޔާސަތުތައް ބަދަކުރުމަކީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ފިޔަވަހީގައި ލިބޭ މުހިއްމު ފުރުސަތެއްކަމުގައި ފާހަގަކުރެއްވިއެވެ. ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ އެޖެންޑާ ކާމިޔާބުކޮށް ފުދުންތެރި އިގްތިސާދެއް ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ވިޔަފާރި ޖަމިއްޔާގެ އައު ޑިރެކްޓަރ ޖެނެރަލް ޑރ. އެންގޯޒި އޮކޮންޖޯ-އިވޭލާ، އދ. ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަމީނާ މުހައްމަދު، އަދި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރގެ އެގްޒެކެޓިވް ޑިރެކްޓަރ ޕަމެލާ ކޯކް-ހެމިލްޓަން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުވުން އިންތިޒާމުކުރީ ޖެނިވާގައި އދ.އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖެއާއި ބާބެޑޯސްގެ ޕާމަނެންޓް މިޝަންތަކުންނެވެ.

ޢަބްދުﷲ ޝާހިދުޚާރިޖީ ވުޒާރާ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް