Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮނާޓޭ ހޯދަން މަސައްކަތްކުރުން

ޒުވާން ޑިފެންޑަރު ކޮނާޓޭ ހޯދަން ލިވަޕޫލުން މަސައްކަތްކުރަނީ

ކޮނާޓޭގެ އެއްބަސްވުން އުވާލަން 34 މިލިޔަން ޕައުންޑް ދައްކަން ޖެހޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 މާރިޗު 2021 | ހޯމަ 18:30
ލައިޕްޒީގަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ

ލައިޕްޒީގަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ

އާރްބީ ލައިޕްޒީގަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ހޯދަން ލިވަޕޫލުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލިވަޕޫލުން ފާރަލަމުން އަންނަ އުމުރުން 21 އަހަރުގެ ކޮނާޓޭ، 2017 ވަނަ އަހަރު ލައިޕްޒީގާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އޭނާގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ކޮނާޓޭ ގަންނަން ބޭނުންވާނަމަ، ލައިޕްޒީގުގެ އެއްބަސްވުން އުވާލަން 34 މިލިޔަން ޕައުންޑް ދައްކަން ޖެހެއެވެ. އެހެންކަމުން އެ އަދަދު ދައްކަން ލިވަޕޫލުގެ މެނޭޖުމަންޓުން މިހާރު ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ލިވަޕޫލުން ކޮނާޓޭ ހޯދަން މަސައްކަތްކުރަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ލައިޕްޒީގަށް 89 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހާފައެވެ. އެކަމަކު މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ލިވަޕޫލާއި ލައިޕްޒީގް ބައްދަލުކުރި ދެ މެޗުގައިވެސް އޭނާ އިނީ ބެންޗުގައެވެ.

އަންނަ ސީޒަނަށް ޑިފެންސް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ލިވަޕޫލުން ކޮނާޓޭ ހޯދަން މަސައްކަތްކުރަމުން އަންނައިރު، މި ސީޒަނުގައި ލިވަޕޫލުގެ ޑިފެންޑަރުންނަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ލިވަޕޫލުގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި ޖޯ ގޯމޭޒަށް މި ސީޒަނުގައި އެނބުރި ކުޅުމަށް އާދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލުން ވަނީ ދެ ޑިފެންޑަރުން ގެނެސްފައެވެ. އެއީ އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގެ ޕްރެސްޓަންއަށް ކުޅެމުން އައި އުމުރުން 25 އަހަރުގެ ބެން ޑޭވިސް އާއި ޖަރުމަނުގެ ޝާލްކާއަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ޑިފެންޑަރު އޮޒާން ކަބަކެވެ. މީގެތެރެއިން ކަބަކް ލިވަޕޫލާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ލިވަޕޫލުން ކަބަކަށް އެއް މިލިޔަން ޕައުންޑުގެ ލޯން ފީއެއް ދެއްކިއިރު، އެ ޓީމުން ބޭނުންނަމަ މި ސީޒަނަށް ފަހު 18 މިލިޔަން ޕައުންޑް ދެއްކުމަށްފަހު ކަބަކުގެ އެއްބަސްވުން ދާއިމީ ކުރެވޭނެއެވެ.

އިބްރާހިމާ ކޮނާޓޭލިވަޕޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު