Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތޮޅުތެރޭގެ ރަށްތަކުގައި ކޭސްތައް އިތުރުވުން

އަތޮޅުތެރޭގެ ރަށްތަކުގައި ކޭސްތައް އިތުރުވަނީ، 13 ރަށެއް މިހާރު ވެސް މޮނިޓަރިންގެ ހާލަތުގައި!

ކޭސްތައް އިތުރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 29 މާރިޗު 2021 | ހޯމަ 07:27
އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަހްމަދު ނާސިރު ވާހަކަދައްކަވަނީ

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަހްމަދު ނާސިރު ވާހަކަދައްކަވަނީ

އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާއިރު އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

އެޗްއީއޯސީން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އަހްމަދު ނާސިރު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގައި ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ކޭސްތައް އިތުރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި ނާސިރު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުން ކޭސްތައް ފެނި، އިތުރުވެގެންދިއުމަކީ އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރަށްތަކުގައި ގާއިމްކޮށްފައިވާ ހެލްތް ޓާސްކްފޯސްއަށް އެއްބާރުލުންދީގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނާސިރު އެދިފައިވެއެވެ.

މީގެ އިތުރުން ރަށްރަށުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކާއި ކްލަސްޓާތަކުގެ މައުލޫމާތު ވަނީ ހާމަކޮށްފައެވެ.

ދ. ކުޑަހުވަދޫގައި ފުރަތަމަ ކޭސް ޕޮޒިޓިވްވީ މަރޗް މަހުގެ 17 ވަނަ ދުވަހެވެ. ކްލިނިކަލް ކޭސްއެއްގެ ގޮތުގައި އައިޑެންޓިފައި ކުރެވިފައިވާއިރު، ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި 224 މީހަކު ފާހަގަކުރެވިފައިވެއެވެ. އަދި މިހާތަނަށް ކުޑަހުވަދޫއިން ޖުމްލަ 24 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ރ. އުނގޫފާރުގެ ކްލަސްޓަރއަށް ބަލާއިރު އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް އައިޑެންޓިފައި ކުރެވުނީ މަރޗް 20 ގައެވެ. އެކްލަސްޓަރއާ ގުޅިގެން 523 ސާމްޕަލް ނެގިފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކ. ހުރާއިން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މަރޗް މަހުގެ 22 ގައެވެ. އެކޭސްއާ ގުޅިގެން 159 ކޮންޓެކްޓުން ފާހަގަކުރެވިފައިވެއެވެ. އަދި ޖުމްލަ 52 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވެއެވެ.

ކ. ދިއްފުށީން ޕޮޒިޓިވް 2 ކޭސް ފެނިފައިވަނީ މަރޗް މަހުގެ 23 ވަނަ ދުވަހެވެ. ކޮންޓެކްޓުންގެ ގޮތުގައި 115 މީހަކު ފާހަގަކުރެވިފައިވާއިރު، މިހާތަނަށް ދިއްފުށިން 19 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ޅ. ފެލިވަރުގައި އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނިފައިވަނީ މަރޗް މަހުގެ 24 ގައެވެ. އަދި 25 މަރޗްގައި 4 މީހުން އަދި 26 މަރޗްގައި 66 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެއިތުރުން 27 މަރޗްގައި 4 މީހުން ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް މުޅިޖުމުލަ 75 މީހުން ޅ. ފެލިވަރުން ޕޮޒިޓިވްވެފައިވެއެވެ.

މީގެ އިތުރުން ގދ. ތިނަދޫއިން މަރޗް މަހުގެ 27 ވަނަ ދުވަހު ބަލީގެ އަލާމަތްތައް ހުރެގެން ޑޮކްޓަރަށް ދައްކައި، ނެގި ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އެރަށުން ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތަކުން ކޭސްތައް ފެނިފައިވާއިރު، ދ. ކުޑަހުވަދޫ، ރ. އުނގޫފާރު، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. މަޑުއްވަރި، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ރ. އަލިފުށި، ގދ. ތިނަދޫ، އަދި ޅ. އޮޅުވެލިފުށި އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ނާސިރު

އިތުރަށް ކިޔާލަން

29 މާރިޗު 2021

މާލެ ސަރަހައްދުގައި 91 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދޭ: އެޗްއީއޯސީ

29 މާރިޗު 2021
މާލެ ސަރަހައްދުގައި 91 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދޭ: އެޗްއީއޯސީ
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
18 އެޕްރީލު 2017

ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

18 އެޕްރީލު 2017
ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
18 އެޕްރީލު 2017

އިލްޔާސް އިބްރާހީމަށް ދީފައި އޮތް ފަޅު ރަށެއް ސަރުކާރަށް ނަގައިފި

18 އެޕްރީލު 2017
އިލްޔާސް އިބްރާހީމަށް ދީފައި އޮތް ފަޅު ރަށެއް ސަރުކާރަށް ނަގައިފި
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު