Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކައިގެ ހިންގުން ހަރުދަނާ ކުރުން

ފެނަކައިގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރުމުގެ ޖާގައެއް ނުދޭނަން: ސައީދު

ފެނަކައަކީ 2018 ވަނަ އަހަރު ޑިސެންބަރު މަހާ ހަމައަށް ކޮރަޕްޝަނުގެ ހާއްޔެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 މާރިޗު 2021 | އާދީއްތަ 13:48
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު، ފެނަކައިގެ ހިންގުމަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު، ފެނަކައިގެ ހިންގުމަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި

ފެނަކަ ކޯޕަރޭޝަނުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރުމުގެ ޖާގައެއް ނުދޭނެ ކަމަށް އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައަކީ 2018 ވަނަ އަހަރު ޑިސެންބަރު މަހާ ހަމައަށް ކޮރަޕްޝަނުގެ ހާއްޔެއް ކަމަށެވެ. ނަމަވެސް މިހާރު ކުރެވުނު ބުރަ މަސައްކަތުން މުޅި ކޯޕްރޭޝަން ސާފުކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފެނަކައިގެ މާޒީއަށް ބަލާއިރު ސައްހަ އޮޑިޓް ރިޕޯޓެއް ނެތް ކަމަށާއި، 2018އާ ހަމައަށް ނެރުނު ހުރިހާ އޮޑިޓް ރިޕޯޓުތަކުގައި ހިސާބުތައް ދިމާނުވާ ކަމަށެވެ. ނަމަވެސް 2019 ވަނަ އަހަރު ނިމުނުއިރު ސައްހަ އޮޑިޓް ރިޕޯޓެއް ރައްޔިތުންނަށް ފެނިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އެއީ މުވައްޒަފުން ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް މަސައްކަތްކުރި ކަމުގެ ނަތީޖާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ހިންގުމުގެ ކުޑަ ޖާގައެއް ވެސް ނުލިބޭނެކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ މިހާރު އެކަމުގެ ހެއްކާއި ދަލީލު ރާއްޖޭގެ އެކި ދިމަދިމާލުން ފެންނާނެ ކަމަށެވެ. އަދި ފެނަކައިގެ ތެރޭގައި އެވައްކަމާއި، އަނިޔާވެރިކަމާއި ފަސާދައިގެ ކަންތައްތައް އޮތް ނަމަ އެކިކަންކޮޅުތަކުގައި މިހިންގާ ތަރައްގީގެ މަޝްރޫއުތައް ނުހިންގޭނެ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ނުދެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފެނަކައިން ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިހާރު ވެސް 148 ޕްރޮޖެކްޓް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާޑުކިޔުންތައް ބަލައިގަންނާނެކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ޝައްކުވާ ކަމެއް ހިނގާނަމަ އެ މައްސަލައެއް ކަމާ ބެހޭ ފަރާތަކަށް ހުށަހަޅަންޖެހޭ ކަމަށާއި، ފެނަކައިގެ އެފަދަ މައްސަލައެއް ހުށަހަޅައިގެން ކުރިއަށް ގެންދާނަމަ އެކަމަކަށް ވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

ސައީދު ވިދާޅުވީ މިއަދު ފެނަކައަކީ ރައްޔިތުންނަށް ޚިދުމަތްދޭ ކުންފުންޏެއް ކަމަށާއި، މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަމެއް ނެތި ހަމަޖެހިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްވެފައިވާ ކޯޕްރޭޝަނެއް ކަމަށެވެ. ގެއްލިފައިވާ އިތުބާރު ލިބެމުންދާކަން ވެސް ސައީދު ފާހަގަކުރެއްވިއެވެ.

ފެނަކަ ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު