Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ މަޝްރޫޢު

ފްލެޓުތަކާ ގުޅިގެން ހުރި ޝަކުވާތަކަށް އެކަށީގެންވާ ވަރަށް ފްލެޓު ކޮމިޓީން ޖަވާބުދާރީއެއް ނުވޭ: މަޖިލިސް ކޮމިޓީ

ސިވިލް ސަރވިސް އަދި ބައެއް އެހެން ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅަށް ބަލާފައެއް ނުވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 28 މާރިޗު 2021 | އާދީއްތަ 08:16
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް

ރައީސް ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫޢު ފްލެޓުތަކުގެ ވަގުތީ ލިސްޓު މި ސަރުކާރުން އާންމުކުރުމުން އެ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް އެންމެ އެކަށީގެންވާ ޖަވާބެއް ފްލެޓު ކޮމިޓީން ދީފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އާންމުކުރި ރިޕޯޓުގައި ބުނެފިއެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާ އެކީ އެ ލިސްޓާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އާންމުންގެ ގިނަ ޝަކުވާތަކެއް ފެންމަތިވެފައިވާއިރު، އެމައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ ކޮމިޓީން ބަލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިލެއްވުމުގެ މަތިންނެވެ.

އެކަން ބަލައި ކޮމިޓީން އާންމުކުރި ރިޕޯޓުގައި ޖުމުލަ ހަ ކަމެއް ފާހަގަކޮށްފައިވާއިރު، ކޮމިޓީން ބުނީ ވަގުތީ ލިސްޓު އާންމުކުރުމުން އެ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ފްލެޓު ކޮމިޓީން އެކަށީގެންވާ ގޮތަކަށް ޖަވާބުދީފައި ނުވާކަމަށެވެ. އެހެންވެ އެކަން ބަލައި އެ އެންމެނަށް ފުރިހަމައަށް ޖަވާބު ދިނުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރަށް ދާއިމީ ލިސްޓާ ގުޅިގެން ފެންމަތިވެފައިވާ ކަންބޮޑުވުންތަކުގެ ތެރެއިން ފްލެޓަށް އެދި ހުށަހެޅުމަށް ފަހު ފުރިހަމައަށް ޕޮއިންޓު ލިބިފައިވާ މީހުންނަށް ވެސް ފްލެޓު ލިބިފައިނުވާ ކަމަށާއި، ކޮމިޓީން ދިރިއުޅުމުގެ ހާލަތު އެންމެ ރަނގަޅަށް ބަލާފައި ނުވާކަމުގެ ޝަކުވާ ވެސް ހުށަހަޅާފައިވާކަން މަޖިލިސް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެކަންކަން ވެސް އަލުން ބަލައި، އެއީ ފެލްޓު ލިބުން ހައްގު ބައެއްތޯ ކަށަވަރުކުރުމަށް ކޮމިޓީން ހުށަހަޅާފައިވެއެވެ. މީގެ އިތުރަށް ސިވިލް ސަރވިސް ކެޓެގަރީގެ ފްލެޓުތައް ވެސް ދޫކޮށްފައިވަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅަށް ނުބަލާކަން ފާހަގަކޮށް އެކަން ވެސް މުރާޖަޢާ ކުރުމަށް ކޮމިޓީގެ ރިޕޯޓުގައިވެއެވެ.

ފްލެޓަށް ހުޅުވާލި ކެޓެގަރީތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ފަދަ ރަނގަޅު މަގާމުތަކުގައި އެކަށީގެންވާ މުސާރައެއް ލިބޭނެ ފަދަ މީހުންނަށް ހާއްސަ ކެޓެގަރީއެއް ހިމަނާފައިވާތީ އެކަން ފާހަގަކޮށް އެއީ އިޖްތިމާއީ ގެދޮރުވެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ދޫކުރެވޭނެ ގޮތެއް ނޫން ކަމަށް ރިޕޯޓުގައި ވެއެވެ. އެހެންކަމުން އެ ކެޓަގަރީ އުވާލައި އެ ކެޓަގަރީ އަށް ކަނޑައަޅާފައި ހުރި ފްލެޓުތައް ވެސް ފްލެޓަށް ހުށަހަޅާފައިވާ ފްލެޓު ހައްގު އާންމުންނަށް ދޫކުރުމަށް ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ހިޔާ ފްލެޓު ޓަވަރުތަކުގެ އެންމެ ތިރީ ފްލޯތައް ކޮމާޝަލް ބޭނުމަށް ދޫކޮށްފައިވާއިރު އެތަނުން 280 ފްލެޓު މަދުވެއެވެ. ކޮމިޓީން ބުނީ އޭގެ ސަބަބުން ފްލެޓު ގެއްލިފައިވާ މީހުން ތިބި ނަމަ ސަރުކާރުން ދެން އެންމެ އަވަހަށް ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއެއްގައި އެމީހުންނަށް ފްލެޓު ދިނުމަށް ވެސް ކޮމިޓީ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު މަސައްކަތް ފެށި ހިޔާ މަޝްރޫގެ ފްލެޓުތަކުގައި ހުރީ 6720 ފްލެޓެވެ. ރައީސް ޔާމީން ސަރުކާރުގެ އެންމެ ފަހު ދުވަހު އެ ފްލެޓުތަކަށް ލިޔުން ދޫކޮށްފައިވާއިރު 9،000 ލިޔުން ދޫކޮށްފައިވާ ކަމަށް ފްލެޓު ކޮމިޓީން ބުނެފައިވެއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ނިމިފައިވަނީ އެ ފްލެޓުތަކުގެ 44 އިންސައްތަ މަސައްކަތް ކަމަށާއި ފްލެޓުތައް ދޫކުރުމަށް ދާއިމީ ލިސްޓު ހަދާ އާންމުކޮށްފައި ވަނީ ފްލެޓާ ގުޅުން ހުރި ހުރިހާ ކަމެއް އަލުން ދިރާސާކުރުމަށް ފަހު ކަމަށް ވެސް ކޮމިޓީން ބުނެފައިވެއެވެ.

ހިޔާ ފްލެޓްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
12 ޑިސެމްބަރު 2024

ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

12 ޑިސެމްބަރު 2024
ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ
12 އޮކްޓޯބަރު 2024

ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

12 އޮކްޓޯބަރު 2024
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު