Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާއން ވެކްސިން ހަދިޔާކުރުން

ޗައިނާއިން ހަދިޔާކުރި ވެކްސިނާއެކު މެދު ނުކެނޑި ވެކްސިންދިނުން ކުރިއަށް ގެންދެވޭނެ- ނަސީމް

100،000 ޑޯޒް ބުދަ ދުވަހުގެ ރޭ ރާއްޖެ ގެނެސްފި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 މާރިޗު 2021 | ބުރާސްފަތި 08:06
އަހްމަދު ނަސީމް، މިނިސްޓަރ އޮފް ހެލްތް

އަހްމަދު ނަސީމް، މިނިސްޓަރ އޮފް ހެލްތް

ޗައިނާއިން ހަދިޔާކުރި ވެކްސިނާއެކު މެދުނުކެނޑި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސިނޮފާރމް ވެކްސިންގެ ފުރަތަމަ ބެޗް ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ، ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މި ވެކްސިންގެ ސަބަބުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމް މެދެ ކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ސިނޮފާރމް ވެކްސިންގެ 200،000 ޑޯޒެވެ. ފުރަތަމަ 100،000 ޑޯޒް ބުދަ ދުވަހުގެ ރޭ ރާއްޖެ ގެނެސްފައިވާއިރު، ބާކީ 100،000 ޑޯޒް ރާއްޖެ ގެންނާނީ މި މަހުގެ 30ގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވެކްސިނާއެކު އިތުރު މެޑިކަލް އިކުއިޕްމެންޓް ލިބިފައިވާކަން ފާހަގަ ކުރައްވަމުން، ސިއްޙީ ދާއިރާއިން ޗައިނާއިން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. މި ތަކެތި ރާއްޖެއަށް ގެނެސްފައިވަނީ ބުދަ ދުވަހުގެރޭ މޯލޑިވިއަންގެ ފްލައިޓެއްގައެވެ.

ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ، ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށްފަހު މާރިޗް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މެދުކަނޑާލުމަށްފަހު އަލުން ވެކްސިން ދޭން ފަށާފައިވަނީ މާރިޗު 23ގައެވެ. މާރިޗް 23ގައި ދޭން ފަށާފައިވަނީ، ސިނޮފާރމް ވެކްސިނެވެ. ސިނޮފަރމްގެ 18000 ޑޯޒް ރާއްޖެއަށް ލިބި، އެ ވެކްސިން ދިނުމުގެ ހުއްދަ ދީފައިވަނީ މާރިޗް 14 ގައެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނެ ވަކި ދުވަހެއް އަދި އިއުލާން ކޮށްފައި ނުވާއިރު އެޗްޕީއޭއިން ބުނެފައިވަނީ ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓް ހައްދަން ޖެހޭނެ ކަމަށެވެ.

ސިނޮފާރމް ވެކްސިން (ޗައިނާ)ހެލްތު މިނިސްޓްރީހެލްތު މިނިސްޓަރު، އަޙުމަދު ނަސީމް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
29 ޖޫން 2025

އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ

29 ޖޫން 2025
އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް

17 އެޕްރީލު 2025
ބޭސް ލިބުމުގެ މައްސަލަ ހައްލު ނުކުރެވި ވަނީ ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ - އާދިލް
16 ޑިސެމްބަރު 2024

2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ

16 ޑިސެމްބަރު 2024
2025ގެ ނިޔަލަށް އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަނީ
30 އޯގަސްޓު 2024

މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް

30 އޯގަސްޓު 2024
މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު