Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑުއްވަރީ ރޭޕްކޭސް

މަޑުއްވަރީ ރޭޕް ކޭސް ކުށްވެރިކޮށް، ޝާމިލުވާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ކައުސިލުން ގޮވާލައިފި

25 މާރިޗު 2021 | ބުރާސްފަތި 05:00

މި މައްސަލަ މިހާރު ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އަންނަނީ ބަލަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 މާރިޗު 2021 | ބުރާސްފަތި 05:00
މަޑުއްވަރި

މަޑުއްވަރި

ރ. މަޑުއްވަރީގައި ސްކޫލް ކުއްޖަކު ރޭޕް ކުރި މައްސަލަ އެރަށު ކައުސިލުން ކުށްވެރިކޮށްފިއެވެ.

ކައުސިލުން ބުނީ، މި މައްސަލަ މިހާރު ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ މި މައްސަލަ ވީއެންމެ އަވަހަކަށް ތަހުގީގުކޮށް، މައްސަލައާ ގުޅުންހުރި މައުލޫމަތު ރައްޔިތުނަށް ފޯރުކޮށްދިނުމަށާއި، މި ހަޑިމުޑުދާރު ފިނޑި އަމަލު ހިންގި ފަރާތްތަކާއި މިކަމުގައި ޝާމިލުވާ އެންމެންނަށް ޤާނޫނުގައި ބަޔަންކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ.

މި މައްސަލައާ ގުޅިގެން ބުދަ ދުވަހުގެރޭ އާންމު ރައްޔިތުން މަޑުއްވަރީ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފައިވެއެވެ.

"ރާއްޖެ އެމްވީ" އަށް އެނގިފައިވާގޮތުގައި އެކަމުގައި ފުލުހެއް ވެސް ބައިވެރިވި ކަމަށް ކުއްޖާ ބުންޏެވެ. އޭނާ ގެންދިޔައީ ސްކޫލް ޕްރޮޖެކްޓެއްގެ ނުނިމި އޮތް ބައި ފުރިހަމަކުރުމަށް ކަމަށް ބުނެ ގެއަކަށް ކަމަށާއި، އެތަނަށް ވަންއިރު ޓީޗަރުގެ އިތުރުން ދެ ފިރިހެނުން ތިބި ކަމަށް އެނގިފައިވެއެވެ. އޭގެ ތެރެއިން އެކަކަކީ ފުލުހެއް ކަމަށް ވެސް ވެއެވެ. އެމީހާ ހުރީ ވެސް ފުލުހުންގެ ޔުނީފޯމުގައި ކަމަށާއި، އެއީ ފުލުހުންގެ ވަރަށް ބޮޑު މީހެއް ކަމަށް ބުނެ ކުއްޖާއަށް ބިރުދެއްކި ކަމަށް ވެސް ކުއްޖާއާ ހަވާލާދީ މައުލޫމާތު ލިބިފައިވެއެވެ.

އެތަނަށް ވައްދާފައި، އެއިން އެއްވެސް ވާހަކައެއް ނުބުނުމަށާއި، ބުނެފި ނަމަ އާއިލާގެ އެންމެން މަރާލާނެ ކަމަށް ބުނެ ބިރު ދެއްކި ކަމަށް ކުއްޖާ ބުނެފައިވާ ކަން ވެސް އެނގިފައިވެއެވެ. އަދި އެހެން ބުނެ ބިރު ދައްކާ ޖޫސްތައްޓެއް ދިނީ ކަމަށާއި އޭގެ ފަހުން އޭނާ މަޑުމަޑުން ހޭނެތެމުން ދިޔަ އިރު ހަތަރެސްފައި ބަންނަމުން ދިޔަކަން އެ ކުއްޖާއަށް އެނގޭ ކަމަށް ވެސް އެކުއްޖާގެ ބަޔާނާ ހަވާލާދީ "ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވެއެވެ.

އެކަން ހިނގާފައި ވަނީ މީގެ ދެ ހަފްތާ ވަރު ކުރިން ކަމަށާއި، އޭގެ ފަހުން ކުއްޖާ އަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ދެ ފިރިހެނަކު އެއްތަނަކުން ފެނުނަސް ބިރުން ހަޅޭއް ލަވާ ކަމަށާއި، އަބަދު އެއްތަނަކަށް ބަލަހައްޓައިގެން މީހުންނާ ވާހަކަ ނުދައްކާ އިނދެ ރޮއެ ހަޅޭއް ލަވާ ހަދާ ކަމަށް ވެސް ވެއެވެ. އެކަންކަމުގައި އެ ކުއްޖާއަށް ރަށު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދެމުން ދިޔައިރު ވެސް އެއްވެސް މީހަކު ކުއްޖާއާ ގާތްވިޔަ ނުދޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ބުނީ ނ، ރ، ބ، އަދި ޅ ހިމެނޭ ސަރަހައްދުގެ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރަމުންދާކަމަށެވެ. މި މަހުގެ 3 ވަނަ ދުވަހު ހިނގާފައިވާ އެ ހާދިސާ ރިޕޯޓްކުރީ މި މަހު 11 ގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މަޑުއްވަރި އޮންލައިންމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް