Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕީއެލުން ހިންގާ ސޭފްޓީ ޕްރޮގްރާމް

ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް 100ށް ވުރެ ގިނަ މީހުން ފުރިހަމަކޮށްފި

މިހާރު ޝަރުއީ ކޯޓުތަކުންވެސް ކުށުގެ ރެކޯޑު ފޯމް ފުރަން ޖެހޭނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 މާރިޗު 2021 | ބުދަ 18:23
އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ

ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް 100ށް ވުރެ ގިނަ މީހުން ފުރިހަމަކޮށްފިއެވެ.

"ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް"އަކީ މުދާ ކްލިއަރ ކުރުމަށް އެމްޕީއެލްގެ ސަރަހައްދަށް ވަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެފަރާތްތައް ޓްރެއިން ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މޭނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ، މީގެކުރިން އެމްޕީއެލުން ސަލާމަތާއި ރައްކާތެރިކަމުގެ ޓްރެއިން ހިންގަމުންދިޔައީ ހަމައެކަނި، އެމްޕީއެލްގެ މުވައްޒަފުންނަށް އެކަނި ކަމަށެވެ. ނަމަވެސް އެމްޕީއެލް ސަރަހައްދު ބޭނުންކުރަނީ ހަމައެކަނި އެމްޕީއެލް މުވައްޒަފުން ނޫންކަމަށާއި މުދާ ކުލިއަރ ކުރުމަށް އެކިއެކި ކުންފުނިތަކުންނާއި މުދާ ކުލިއަރ ކުރާ ގްރޫޕްތަކުގެ ގިނަ ބަޔަކު ވަންނަމުންދާ ކަމަށެވެ. އަދި އެހެން ޕޯޓްތަކާއި ހިލާފަށް އެމްޕީއެލްގައި ޖާގައިގެ ދަތިކަމާހުރެ، ބޯޓު ފަހަރުތަކަށް މުދާ ލޯޑުކުރުމާއި އަންލޯޑު ކުރުމާއި، އަދި މުދާ ކުލިއަރ ކުރަމުން ގެންދަނީ އެމްޕީއެލްގެ ސަރަހައްދުން ކަމަށްވާތީ، ހާދިސާތައް ހިނގުމަކީ ވެދާނެ ކަމެއް ކަމަށާއި ނަމަވެސް އެފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ވީހާވެސް މަދުކޮށް، އެފަދަ ހާދިސާތައް ނުހިނގާނެގޮތަށް ކަންކަން ބައްޓަން ކުރެވިފައިވާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ، ޕޯޓް ފަދަ ތަންތަނަކީ ވަރަށް ގިނަ ހިތާމަވެރި ހާދިސާތައް ހިނގާ ތަންތަނަށްވާތީ އަދި ހާއްސަކޮށް، އެމްޕީއެލްގައި މީގެ ކުރިންނާއި އަދި ފާއިތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ވަރަށް ހިތާމަވެރި ދެ ހާދިސާއެއް ހިނގައި ދެ މީހަކު ނިޔާވެފައިވާތީ، އެމްޕީއެލް ސަރަހައްދަށް މުދާ ކުލިއަރ ކުރަން ވަންނަ ފަރާތްތަކުގެ ސަލާމާތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން، ފެބްރުއަރީ މަހު ފެށި "ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް"ގައި 100ށް ވުރެ ގިނަ މީހުން ފުރިހަމަކޮށްފައިވާކަމަށެވެ. މި ޓްރެއިނިންގ ފުރިހަމަ ނުކުރާ ފަރާތްތަކަށް މުދާ ކުލިއަރ ކުރުމަށް ނުވަތަ އެފަދަ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަދެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ، ހަ މަސްދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ނިމޭއިރު، އެމްޕީއެލް ސަރަހައްދަށް މުދާ ކުލިއަރ ކުރުމަށް ވަންނަމުންދާ އެންމެހާ ފަރާތްތަކަކީ އެ ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކެއް ކަމަށް ވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލް ސަރަހައްދަށް މުދާ ކުލިއަރ ކުރުމަށް 1500އަށްވުރެ ގިނަ ފަރާތްތަކަށް ފާސް ދޫކޮށްފައިވެއެވެ.

އެމްޕީއެލްޝާހިދު އަލީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު