Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑާއި ލިވަޕޫލުގެ މެޗު

ރެއާލުގެ ދަނޑުގައި ލިވަޕޫލް މެޗު ކުޅެވޭނެ

24 މާރިޗު 2021 | ބުދަ 13:10

ސްޕެއިނުން ވަނީ ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 މާރިޗު 2021 | ބުދަ 13:10
2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރާ މެޗު، ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅެވޭ ގޮތްވެއްޖެއެވެ.

ކުއާޓާގެ ފުރަތަމަ ލެގުގައި ރެއާލާއި ލިވަޕޫލް ބައްދަލުކުރާ މެޗު ސްޕެއިނުގައި ކުޅެން ތާވަލުކޮށްފައި އޮތީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ. އަދި ކުއާޓާގެ ދެވަނަ ލެގު ކުޅޭނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އިންގްލެންޑުގައެވެ.

ސްޕެއިން ސަރުކާރުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުގެ ސަބަބުން އިންގްލެންޑުން އަންނަ މީހުންނަށް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ސްޕެއިނަށް އެތެރެވުން މަނަލެވެ. އެހެންކަމުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ނުކުތް މެޗު ކުޅެފައިވަނީ ރުމޭނިއާގެ ބުކަރެސްޓުގައެވެ.

އެކަމަކު ދާދި ފަހުން ސްޕެއިނުން ވަނީކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިންގްލެންޑް މީހުންނަށް ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާއަކާއެކު، ކަރަންޓީނެއް ނެތި ސްޕެއިނަށް އެތެރެވެވޭނެއެވެ. އެހެންކަމުން އަންނަ މަހު ރެއާލް ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު މެޑްރިޑުގައި ކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ. ރެއާލުގެ ރަސްމީ ދަނޑު ސަންޓީއާގޯ ބާނަބައު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާތީ މި ވަގުތު އެ ޓީމުން ބޭނުންކުރަމުން އަންނަނީ ތަމްރީނުކުރަން ބޭނުންކުރާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ރެއާލާއި ލިވަޕޫލް ބައްދަލުކުރާއިރު، މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2017-2018 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައެވެ. އެ ފަހަރު ރެއާލުން ވަނީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ރެއާލާއި ލިވަޕޫލް ވަނީ ޖުމްލަ ހަ ފަހަރު ބައްދަލުކޮށްފައެވެ. އެގޮތުން މި ކުރިމަތިލުންތަކުގައި ކޮންމެ ޓީމެއް ވަނީ ތިން މެޗުން މޮޅުވެފައެވެ.

ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްލިވަޕޫލް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް