Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒު އޭސީސީއަށް ހާޒިރުކުރުން

މުއިއްޒު އޭސީސީއަށް ހާޒިރުކުރަނީ އިންތިޚާބާ ދިމާކޮށް ކަމަށް ދެކެވޭ ވާހަކައަށް ކޮމިޝަންގެ ރައްދެއް!

މީގެކުރިންވެސް ޑރ.މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 މާރިޗު 2021 | ބުދަ 13:18
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު- މުއިއްޒު މީގެ ކުރިންވެސް އޭސީސީއަށް ހާޒިރުކޮށްފައިވޭ

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު- މުއިއްޒު މީގެ ކުރިންވެސް އޭސީސީއަށް ހާޒިރުކޮށްފައިވޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރި ކުރުމަކީ ސިޔާސީގޮތުން ކުރި ކަމެއްކަމަށް ދޭހަވާގޮތަށް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެ، މީޑިއާގައި ދެކެވޭ ވާހަކަތައް އޭސީސީން ދޮގުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކަކީ، ދުރާލާ ޕްލޭން ކުރެވިގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްގެންދާ ތަޙުޤީޤުތަކެއް ކަމަށެވެ. އެގޮތުން، މައްސަލަތަކުގެ ތަޙުޤީޤު ފަށާނެ ތާރީޚުތައް ކަނޑައެޅުމުގެ އިތުރުން، ތަޙުޤީޤު ނިންމުމަށް ޓާގެޓް ކަނޑައަޅައި މައްސަލަތައް ތަރުތީބުކުރަނީ، ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫންކަމަށްވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދިނުމުގައި، ތަޙުޤީޤުތަކަށް ހާޒިރުކުރާ ފަރާތްތަކާއި އެފަދަ ފަރާތްތައް ހާޒިރުކުރާ ދުވަސްތަކުގެ މަޢުލޫމާތަކީ، އާންމު އުސޫލުން ކޮމިޝަނުން ދެމުންދާ މަޢުލޫމާތެއް ނޫންކަމަށް އޭސީސީން މައުލޫމާތު ދެއެވެ. އެގޮތުން، ޑރ މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައިވަނީ ކޮމިޝަނުން ނޫންކަމަށްވާއިރު، އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަޙުޤީޤަށް ހާޒިރުކުރާ ކުރުމަކީ ސިޔާސީ ވަކި ވިސްނުމެއްގައި ކުރާކަމެއްކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ.

23 މާރިޗު 2021 ގައި ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ދިމާކޮށް ނުފޫޒު ފޯރުވަންކަމަށް ވާހަކަ ދެކެވޭއިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީގެކުރިންވެސް ޑރ.މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައި ވާނެކަމަށާއި، ނަމަވެސް، އޭރުގައިވެސް ކޮމިޝަނުގެ ފަރާތުން އެކަން މީޑިއާއަށް ހިއްސާކޮށްފައި ނުވާނެކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރުމަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނުން ކުރާ ކަމެއްކަމާއި، އެއީ ވަކި ފަރާތަކުން އަންގައިގެން ކޮމިޝަނުން ކުރާ ކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ، ޙަޤީޤަތާ ޚިލާފަށް އަދި ކޮމިޝަނާމެދު އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއްކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން، ކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅުވައި މީސް މީޑިއާގައި ކޮމިޝަނުގެ މެމްބަރުންނަށް ފުރައްސާރަ ކަރަމުންދާކަން ފާހަގަކުރެވިފައިވާކަމަށްވެސް އޭސީސީން ބުނެފައިވެއެވެ. ނަމަވެސް، އެފަދަ ފުރައްސާރަތަކަށް ބެލުމެއްނެތި، ކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހި ދެމިތިބޭނެކަމުގެ ޔަޤީންކަން އޭސީސީން ވަނީ ދީފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

10 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު