Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓް ލިސްޓު އާއްމުކުރުން

ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި

ސަރުކާރުން ބަދަލުގެނައި ގެދޮރުވެރިޔާ ފުލެޓް ލިސްޓުގައި ޝަރުތު ހަމަވަނީ 1820 ފަރާތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2025 | ބުރާސްފަތި 11:17
އަމާން އުދަރެސް ފްލެޓެއް - ސަރުކާރުން ބޭނުންވި ބަދަލުތައް ގެނައި ލިސްޓް ވަނީ އާންމުކޮށްފައި

އަމާން އުދަރެސް ފްލެޓެއް - ސަރުކާރުން ބޭނުންވި ބަދަލުތައް ގެނައި ލިސްޓް ވަނީ އާންމުކޮށްފައި

ސަރުކާރުން ބަދަލުގެނައި ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާންމުކޮށްފިއެވެ.

ގެޒެޓުގައި އާންމުކޮށްފައިވާ ލިސްޓާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ 15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާންގެ ދަށުން ޢާންމުކޮށްފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ޞައްޙަކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތް ނިމިފައިވާތީ އެ ލިސްޓު އިއުލާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ ލިސްޓު ސައްޙަ ކުރުމުގެ މަސައްކަތުގައި ބަލާފައިވާނީ ދެކަމަކަށެވެ. އެއީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަން: މި ގޮތުން މި މިނިސްޓްރީގެ ނަންބަރު (IUL)491-CDS1/491/2025/2 (14 ޖަނަވަރީ 2025) ގެ އިޢުލާންގައި ބަޔާންކޮށްފައިވާ ގޮތަށް އިސްތިސްނާތަކަށް ރިޢާޔަތްކޮށްފައިވާނެކަމާއި އަދި 26 ޖޫން 2022 ގައި "ގެދޮރުވެރިން ޕޯޓަލް" ގައި ޝަރުޠު ފުރިހަމަވާކަން ސާބިތުކުރުމަށް ހުށަހެޅިދާނެ ކަމަށް އިޢުލާންކޮށްފައިވާ ލިޔެކިޔުންތައް ބަލާ ޗެކް ކުރެވިފައިވާނެ ކަމަށެވެ.

އަދި ފޯމް ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މަޢުލޫމާތުތަކަށް ބަލައި ދީފައިވާ ޕޮއިންޓް: މިގޮތުން 15 ނޮވެންބަރު 2023 ގައި ފޯމުތައް އިވެލުއޭޓް ކުރި ކުރިއިރު ދީފައިވާ ޕޮއިންޓް ޢަދަދަށް ބަދަލު އައިސްފައިވާނަމަ އެކަން ޕޯޓަލްއިން ސަބަބާއެކު އެނގެން އޮންނާނެކަމަށެވެ.

15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ކުރިއަށް ގެންދިޔަ ތަޙުޤީޤަށްފަހު ރަނގަޅު ކުރުމަށް އަންގަވާފައިވާ ކަންކަމަށް ރިޢާޔަތްކޮށް ކުރިއަށް ގެންދެވުނު ލިސްޓް ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތަށްފަހު އިޢުލާނާއެކު ޝާއިޢުކުރާ ލިސްޓުގައި ފްލެޓް ލިބޭކަމަށް ކަނޑައެޅިފައިވަނީ 2 ކަން ފުރިހަމަވާ ފަރާތްތަކަށެވެ.

މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވާކަމަށް ލިޔެކިޔުންތަކުން އެނގޭ ފަރާތްތަކާއި، 15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނާ އެކު ޢާންމު ކުރެވުނު ލިސްޓުގައި 3 ކޮޓަރީގެ ފްލެޓް ލިބޭނީ 75 (ހަތްދިހަ ފަހެއް) ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް، އަދި 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 (ހަތްދިހަ ތިނެއް) ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް ކަމަށް ކަނޑައަޅާފައިވާތީ، އެ ޢަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ.

މިނިސްޓްރީން ބުނީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ފުރުޞަތު ހުޅުވާލާފައިވާ ކަަމަށެވެ. އަދި ޝަކުވާ ހުށަހަޅާނީ ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ 'ގެދޮވެރިން ޕޯޓަލް' މެދުވެރިކޮށެވެ. އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ gedhoruveriya@infrastructure.gov.mv އީމެއިލްއަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުންނެވެ.

މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ގޮތް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.

15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ އަދި ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބުނު ފަރާތްތަކާ އެފަރާތްތަކަށް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިގޮތުން އެފަރާތަކާ ފްލެޓް ޙަވާލުކުރުމުގެ ކުރިން އުސޫލު ނަންބަރު 2022/G-20 (ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު) ގެ 3 ވަނަ މާއްދާގެ (ރ)، (ބ)، އަދި (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަން ކަމާބެހޭ ފަރާތްތަކުން އިތުރަށް ޗެކް ކުރެވޭނެއެވެ. އަދި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން 31 މާރިޗު 2025 ގެ ކުރިން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރމާލެއެންޓި ކޮރަޕްޝަން ކޮމިޝަންގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް
ގައި ފުލުހަކު ހައްޔަރު ކޮށްފި

ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް ގައި ފުލުހަކު ހައްޔަރު ކޮށްފި

07 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު