Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްލެމެންސީ،ޕެރޯލް ބޯޑަށް އޮފީހެއް ގާއިމްކުރުން

ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑަށް ވަކިއޮފީހެއް ގާއިމް ކުރުމަށް މަޖިލީހުން ފާސްކޮށްފި

މި ކަން ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ބުނީ ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑުގެ މަސައްކަތްކުރާ އިދާރީ މުވައްޒަފުން މަދު ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 މާރިޗު 2021 | ބުދަ 11:17
ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީސް

ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑަށް ވަކިއޮފީހެއް ގާއިމް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަން ފާސްކޮށްފައި ވަނީ މިކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 23 މެންބަރުންގެ އިއްތިފާގުންނެވެ.

ކ.ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް ފޮނުވާފައިވާ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ބުނީ ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑުގެ މަސައްކަތްކުރާ އިދާރީ މުވައްޒަފުން މަދުވުމާއި، އެކަށީގެންވާ ގޮތަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި އަދި މަސައްކަތު މާހައުލުގައި ހުރި ޖާގައިގެ ދަތިކަމަކީ އެބޯޑުތަކުގެ މަސައްކަތްތައް ލަސްވާ މައިގަނޑު އެއް ސަބަބުކަމުން، ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑަށް ވަކިއޮފީހެއް ގާއިމްކޮށް، އިތުރު މުވައްޒަފުންނާއި އަދި އިތުރު ވަސީލަތްތައް ހޯދައިދިނުން މުހިންމުކަން އަދި އެބޯޑުތަކަށް ކަނޑައަޅާ މުވައްޒަފުންނަކީ އެދާއިރާތަކާ ގުޅޭ ފަންނާއި ތައުލީމު ލިބިފައިވާ މުވައްޒަފުން ކަމަށްވުން މުހިންމު ކަމަށެވެ.

އަދި ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑަށް ހުށަހެޅިފައިވާ ގިނަ ފޯމްތަކުގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާތީ، 2020 ވަނަ އަހަރުގެ ނިޔަލަށް އެ ބޯޑުތަކަށް ލިބިފައިވާ މައްސަލަތައް 2021 ވަނަ އަހަރުގެ 31 ޖުލައިގެ ނިޔަލަށް ނިންމުމަށް، ވަގުތީ މުވައްޒަފުން ހޯދައިގެން ނުވަތަ ސަރުކާރުގެ އެއް މުއައްސަސާއެއްގެ މުވައްޒަފުން އަނެއް މުއައްސަސާއެއްގެ މަސައްކަތަށް ވަގުތީ ގޮތުން ވީއްލާ އުސޫލުން ނަމަވެސް، މުވައްޒަފުން ހޯދޭނެ މިނިސްޓްރީ އޮފް ފިނޭންސްގެ ހާއްސަ ހުއްދައެއް ހޯދުމަށް ކްލެމެންސީ ބޯޑާއި ޕެރޯލް ބޯޑުން މަސައްކަތް ކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ބޯޑުތަކުގައި އެދުމަށާއި އަދި އެ މައްސަލަތައް ނިންމި ކަމުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހެޅުމަށްވެސް ނިންމާފައިވެއެވެ.

މީގެ އިތުރުން ޕެރޯލްގެ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް އެސްއޯޕީއެއް ގާއިމްކުރުމަށާއި އަދި ޕެރޯލް ދިނުމުގައި އަމަލުކުރާނެ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ފެތޭ އިވެލުއޭޝަން މިންގަނޑެއް 31 ޖުލައި 2021 ގެ ނިޔަލަށް ގާއިމްކުރުމަށް ފަހު އަދި އެކަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް އެންގުމާއިއެކު ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑުގައި ތިއްބަވަނީ އެކި ދާއިރާތަކަށް ނިސްބަތްވާ، އެހެނިހެން އިދާރާތަކުގެ ބުރަ މަސްއޫލިއްޔަތު އުފުލަމުންދާ މެންބަރުންނަށް ވުމާއެކު، އެބޯޑުތަކުން ބާއްވާ ބައްދަލުވުންތަކަށް ބޭނުންވާ ކޯރަމް ހަމަކުރުމަށް ދަތިވަމުން ދާތީ، އެބޯޑުތަކުގައި ތިއްބަވާ މެންބަރުންނަކީ އެހެނިހެން މަސްއޫލިއްޔަތެއް އަދާނުކުރައްވާ ފުލް-ޓައިމް މެންބަރުން ކަމުގައި ކަނޑައެޅުމާއި މިކަމަށް މަގުފަހިކުރުމަށްޓަކައި، ކަމާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވެސް ކޮމިޓީން ނިންމާފައިވެއެވެ.

ކޮމިޓީން ހުށައަޅާފައިވާ އިތުރު ކަންކަމަށް ބަލާއިރު ކްލެމެންސީ ބޯޑު އަދި ޕެރޯލް ބޯޑުގެ މަސައްކަތްތަކަކީ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ މަސައްކަތް ބަރޯސާވެފައިވާ މަސައްކަތްތައްކަމުން، އެ މުއައްސަސާތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށާއި، އެ މުއައްސަސާތަކުން ލިބެންޖެހޭ ރިޕޯޓްތަކާއި އެހެނިހެން ލިޔެކިޔުންތައް ފަސޭހަކަމާއެކީ ކްލެމެންސީ ބޯޑަށާއި އަދިޕެރޯލް ބޯޑަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އަދި ކޯޓުތަކުން ފޯރުކޮށްދޭން ޖެހޭ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ވަކި ޕޯޓަލްއެއް ގާއިމް ކޮށްދިނުމަށާއި، ފަސޭހަކަމާއެކީ އެމުއައްސަސާތަކާ މުއާމަލާތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަމަށް މަޖިލީހުން ނިންމާފައިވެއެވެ.

މީގެ އިތުރުންވެސް އިތުރު ކަންކަން ހުށައަޅާފައިވާއިރު ގައިދީންނަށް ހައްގުވާ ކްލެމެންސީ ދިނުމުގައި ގިނަ ދުވަސްތަކެއްވުމާއި އަދި ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވީއެންމެ އަވަހަށް ގެނައުމަށާއި އަދި ހުށަހެޅުމުގެ އިތުރުން ގައިދީންނަށް ހައްގުވާ ޕެރޯލް ދިނުމުގައި ގިނަ ދުވަސްތަކެއްވުމާއި އަދި ޕެރޯލް ބޯޑުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވީއެންމެ އަވަހަށް ގެނައުމަށް މަޖިލީހުން ފާސްކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްކަރެކްޝަންސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު