Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލުތަކުގެ ކްލާސް ރޫމްތައް އިތުރުކުރުން

ހަ ރަށެއްގެ ސްކޫލުގައި ކްލާސްރޫމުގެ މަސައްކަތާއި މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ!

22 މާރިޗު 2021 | ހޯމަ 06:37

ފައިސާ ބަލައިގަންނާނީ މިމަހުގެ 22ން 12 އެޕްރީލްއަށް ބަނޑޭރި ޕޭ  މެދުވެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 22 މާރިޗު 2021 | ހޯމަ 06:37
ނިއު ނޯރމަލްގެ ދަށުން ސްކޫލެއްގެ ދަރިވަރުންނަށް ކިޔަވައިދެނީ

ނިއު ނޯރމަލްގެ ދަށުން ސްކޫލެއްގެ ދަރިވަރުންނަށް ކިޔަވައިދެނީ

ހަ ރަށެއްގެ ސްކޫލުގައި ކްލާސްރޫމުގެ މަސައްކަތާއި މަލްޓިޕާރޕަސް ހޯލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެޑިޔުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ހަރަށެއްގެ ސްކޫލުގައި ކްލާސްރޫމުގެ މަސައްކަތާއި މަލްޓީޕާރޕަސް ހޯލްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިހާރު ވަނީ މިސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދިވެހި ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

އެއީ އއ. މާޅޮހު ސްކޫލްގެ 4 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތް، ގއ. ކަނޑުހުޅުދޫ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް، އައްޑޫ ހައި ސްކޫލްގެ 12 ކްލާސްރޫމް އިމާރާތް، ނ. މިލަދޫގެ ހިދާޔާ ސްކޫލް 8 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތް، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އަދި 12 ކްލާސްރޫމް އިމާރާތް އަދި ށ. ނަރުދޫ ސްކޫލްގެ 3 ބުރި އިމާރާތުގެ މަސައްކަތެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ މިމަހުގެ 22ން 12 އެޕްރީލްއަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  މެދުވެރި ކޮށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މި މަސައްކަތްތާ ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓުން މިމަހުގެ 23ން ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 13 އެޕްރީލްވާ އަންގާރަ ދުވަހުގެ 10:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސްކޫލު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
22 ޖުލައި 2024

ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި

22 ޖުލައި 2024
ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި
19 މެއި 2024

ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް

19 މެއި 2024
ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް
14 މެއި 2024

ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

14 މެއި 2024
ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި
06 މެއި 2024

އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި

06 މެއި 2024
އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި
30 އެޕްރީލު 2024

ސްކޫލް ޗުއްޓީއަށް އައިކެއަރއިން ޚާއްސަ ޕްރޮމޯޝަނެއް

30 އެޕްރީލު 2024
ސްކޫލް ޗުއްޓީއަށް އައިކެއަރއިން ޚާއްސަ ޕްރޮމޯޝަނެއް
30 އެޕްރީލު 2024

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އުފާވެރިކަމެއް ނެތް!

30 އެޕްރީލު 2024
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އުފާވެރިކަމެއް ނެތް!
30 އެޕްރީލު 2024

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން

30 އެޕްރީލު 2024
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން
29 އެޕްރީލު 2024

އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް

29 އެޕްރީލު 2024
އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް