Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިރުޝާނާ ތައުފީޤް

ފިރުޝާނާ އަނެއްކާވެސް ޤައުމީ ދިފާއީ ބާރުގެ ނަން ރޯޝަން ކޮށްފި

އޭނާއަކީ މި ކޯހުގައި ބައިވެރިވި ފުރަތަމަ ދިވެހި އަންހެން ކެޑޭޓް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މާރިޗު 2021 | ހޮނިހިރު 13:18
ދިވެހި އަންހެން ކެޑޭޓެއް ކަމަށްވާ ފިރުޝާނާ ތައުފީޤް- ފިރުޝާނާއަކީ މި ކޯހުގައި ބައިވެރިވި ފުރަތަމަ އަންހެން ކެޑޭޓް އޮފިސަރ

ދިވެހި އަންހެން ކެޑޭޓެއް ކަމަށްވާ ފިރުޝާނާ ތައުފީޤް- ފިރުޝާނާއަކީ މި ކޯހުގައި ބައިވެރިވި ފުރަތަމަ އަންހެން ކެޑޭޓް އޮފިސަރ

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވި ދިވެހި އަންހެން ކެޑޭޓެއް ކަމަށްވާ ފިރުޝާނާ ތައުފީޤަށް އެ ކޯހުން އެންމެ މޮޅު ދަރިވަރުގެ އެވާރޑް ލިބިއްޖެއެވެ.

އެކަން ހާމަކޮށް އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ވަނީ "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވާރޑް" ޙާސިލު ކޮށްފައިވާތީ ފިރުޝާނާގެ ކާމިޔާބީއަށް މަރުޙަބާ ކިޔާފައެވެ. އަދި ފިރުޝާނާއަކީ މި ކޯހުގައި ބައިވެރިވި ފުރަތަމަ އަންހެން އޮފިސަރުކަންވެސް އެމްއެންޑީއެފުން މީގެ ކުރިން ފާހަގަ ކޮށްފައިވެއެވެ. މި ކޯހަކީ މިލިޓަރީ އޮފިސަރުން ތަމްރީންކުރާ އަދި ލީޑަރުން ތަރުބިއްޔަތުކުރާ ދުނިޔޭގެ އެންމެ ދުވަސްވީ އަދި ޝަރަފުވެރި، އޭގެ އިތުރުން، މުޅި ދުނިޔޭގައިވެސް މިރޮނގުން އެންމެ މަތީ ދަރަޖައިގައި ގުނާލެވޭ ކޯހެކެވެ.

މި ކޯހުގައި ފިރުޝާނާ ބައިވެރިވި ހިސާބުންވެސް ގިނަ ބައެއްގެ ތައުރީފާއި ލޯބި އޭނާއަށް ދިޔައީ އޮހެމުންނެވެ. އެގޮތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރ ކެރަން ރޮސްލާ ވެސް ވަނީ ފިރުޝާނާގެ ލޮލުން ފެންނަ ފަޚުރާއި، އުފާވެރިކަން ފާހަގަކުރައްވައި ފިރުޝާނާގެ ކުރިއެރުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މުޅި ގައުމާއި ޚާއްސަކޮށް ސިފައިން އޭނާއާ މެދު ފަޚުރުވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، މިނިސްޓަރ ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ފިރުޝާނާއަށް ލިބުމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީވެސް ވަނީ އޭނާއަށް މަރްހަބާއާއި ތައުރީފް ބަންޑުން ކޮށްލައްވާފައެވެ.

ފިރުޝާނާގެ މި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ ޓްވީޓު ކުރައްވާފައެވެ. އެގޮތުން ޝަމާލްވެސް ވަނީ ފިރުޝަނާގެ ކާމީޔާބީއަށް ތައުރީފު ކުރައްވާފާއެވެ.

އެމްއެންޑީއެފްދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު