Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ފެތުރުން

ބަލި ވަކި ވަރެއްގައި ހިފެހެއްޓިފައި، މިވަގުތަށް އިތުރު ފިޔަވަޅުތައް އަޅައި ހަރުކަށި ކުރުމަށް ވިސްނާފައެއް ނުވޭ: ޓެގް

19 މާރިޗު 2021 | ހުކުރު 10:49

އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާނީ އާއްމު ރައްޔިތުން އެފިޔަވަޅުތަކަށް އަމަލުކުރާ ވަރަކަށް

އަމްނާ އިމާދު
އަމްނާ އިމާދު | 19 މާރިޗު 2021 | ހުކުރު 10:49
މަޖީދީ މަގު، ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

މަޖީދީ މަގު، ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ބަލި ވަކި ވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާއި، މިވަގުތަށް އިތުރު ފިޔަވަޅުތައް އަޅައި ހަރުކަށި ކުރުމަށް ވިސްނާފައިނުވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާނީ އާއްމު ރައްޔިތުން އެފިޔަވަޅުތަކަށް އަމަލުކުރާ ވަރަކަށް ކަމަށެވެ. އެފިޔަވަޅުތަކަށް ބޯނުލަބާނަމަ އެކަށީގެންވާ ނަތީޖާ ނުފެންނާނެ ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ ތިން ވަނަ ރާޅުގައި ފުރަބަންދަކަށް ނުގޮސް އެކިއެކި ފިޔަވަޅުތަކުގައި ބަލި ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ޑރ. ޝަހީދު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ބަލި އިތުރަށް ގޯސްވިޔަ ނުދީ ވަކިވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. ނަމަވެސް ފުލޫ ޕޮޒިޓިވިޓީ ރޭޓާއި އެކްޓިވް ސަވައިލެންސިންއިން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަތިކަމަށާއި، މިއީ ކަންބޮޑުވުމެއް ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ މިހާރުގެ ހާލަތަށް ބެލުމަށްފަހު އިތުރަށް ފިޔަވަޅުތައް އަޅައި ހަރުކަށި ކުރުމަށް ޓެގްއިން ނިންމާފައިނުވާ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ވެސް ކޭސްތައް ފެތުރޭ މިންވަރު ބަލައި ދިރާސާ ކުރާ ކަމަށާއި، ކޭސްތައް ދަށްވާނަމަ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަކީ ޓެގްގެ މަގުސަދުކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ތިންވަނަ ރާޅު ކުރިމަތިވީ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން އެންމެ ގިނަ ކޭސްތައް ރިޕޯޓު ކުރެވުނީ ފެބްރުއަރީ މަހުގެ ފަހު ހަފްތާ ތެރޭގައެވެ. ހަފްތާއެއްގެ ތެރޭގައި 1000ށްވުރެ ގިނަ ކޭސްތައް ރިޕޯޓު ކުރުމާ ގުޅިގެން އިރުއޮއްސި 6:00ން ހެނދުނު 6:00ށް ވެހިކަލް ދުއްވުން މަނާ ކުރިއެވެ. އަދި ރޭގަނޑު 8:00ގެ ފަހުން ރެސްޓޯރެންޓް އަދި ކެފޭތަކުގައި ޑައިން ޚިދުމަތް ދިނުން މަނާކުރިއެވެ. މިފިޔަވަޅުތަކާއެކު މިހާރު ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، ދަށަށްދާ ކަމުގެ ޓްރެންޑެއް ފެނިފައިވާކަމަށް ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް