Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސާލިޙް

ރައީސްގެ ބަންގްލަދޭޝް ދަތުރުފުޅު ނިންމަވާލައްވައިފި

19 މާރިޗު 2021 | ހުކުރު 02:52

ނޭޝަނަލް މާޓިއަރޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތްކުރެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 މާރިޗު 2021 | ހުކުރު 02:52
ރައިސް ސާލިޙު، ޝެއިޚް ހަސީނާއާ ބައްދަލުކުރެއްވުން

ރައިސް ސާލިޙު، ޝެއިޚް ހަސީނާއާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަންގްލަދޭޝަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ގަތަރަށާއި ބަންގަލދޭޝަށް ކުރެއްވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ޤަޠަރަށެވެ. ޤަޠަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެބޮޑު ބޭނުމަކީ ނިމިދިޔަ ސަރުކާރުގައި ރާއްޖެއާއި ގަތަރާ ދެމެދު އޮތް ސިޔާސީ ގުޅުން މެދުކަނޑާލާފައިވަތީވެ، އެ ގުޅުން އަލުން ޤާއިމުކުރުމެވެ. ގަތަރުގެ އަމީރާއެކު ބޭއްވި ރަސްމީ ވާހަކަފުޅުގެ ތެރެއިން ރާއްޖެއިން ގަތަރަށް ނަން ރެސިޑެންޓް ސަފީރެއް އައްޔަން ކުރަން ނިންމަވާފައިވެއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ ޤަޠަރުގެ ވެރިރަށް ދޯހާގެ މިއުޒިއަމް އޮފް އިސްލާމިކް އަރޓް އަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ.

Advertisement - newsAdvertisement

ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށެވެ. ބަންގްލަދޭޝްއަށް ވަޑައިގެން، އެޤައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއްރަޙްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާ ގާތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއްކަން ފާހަގަކުރައްވާފައެވެ. އަދި އެއީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޙުގައި ވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާއި އެ މަނިކުފާނުގެ ޚިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް އިބުރަތް ޙާޞިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި އެޤައުމުގެ ނޭޝަނަލް މާޓިއަރޒް މެމޯރިއަލް އަދި ބަންގަބަންދު މެމޯރިއަލް މިއުޒިއަމަށް ޒިޔާރަތްކުރެއްވިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއެކު ބޭއްވި ރަސްމީ ވާހަކަފުޅުތަކުގައި، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ތާރީޚީ އަދި ޘަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެޤައުމު ދޭތެރޭ ބިމާން އެއަރލައިންގެ ފްލައިޓްތަކުގެ ދަތުރުތައް ފައްޓަވާކަން އިޢުލާނުކުރެއްވިއެވެ. އަދި މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބުދުﷲ ޝާހިދާ، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ. ކޭ. ޢަބްދުލް މޮމެން، ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. މި ރަސްމިއްޔާތު އޮތީ ޑާކާގެ ހޮޓެލް އިންޓަރކޮންޓިނެންޓަލް ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުނގެ ޝަރަފުގައި ބަންގްލަދޭޝްގެ ރައީސް ދެއްވި ރަސްމީ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖާފަތަށް ވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝް ރައީސްގެ ޕެލަސްއަށް ވަޑައިގެން މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި މި ރަސްމީ ޖާފަތުގައި ކުރިއަށްދިޔަ ބަންގްލަދޭޝްގެ ސަޤާފީ އެކި ޕްރޮގްރާމްތައް ވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސް ސޯލިހުބަންގަބަންދު މެމޯރިއަލް މިއުޒިއަމްބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާންގެ 'ބަރތު ސެންޓެނަރީ' ފާހަގަކުރާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 މާރިޗު 2022

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
24 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި

24 މާރިޗު 2022
ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި
24 މާރިޗު 2022

ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

24 މާރިޗު 2022
ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ
13 މާރިޗު 2022

ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް

13 މާރިޗު 2022
ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް
13 މާރިޗު 2022

ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް

13 މާރިޗު 2022
ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް
13 މާރިޗު 2022

މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން

13 މާރިޗު 2022
މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން
08 މާރިޗު 2022

ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

08 މާރިޗު 2022
ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
04 މާރިޗު 2022

އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން

04 މާރިޗު 2022
އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން
23 ފެބުރުއަރީ 2022

ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް

23 ފެބުރުއަރީ 2022
ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް
22 ފެބުރުއަރީ 2022

ޔޫކްރެއިން އިން އެނބުރި އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެނީ

22 ފެބުރުއަރީ 2022
ޔޫކްރެއިން އިން އެނބުރި އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް