Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ރަށު ފެރީ"ގެ ނިޒާމުގެ މަސައްކަތް

"ރަށު ފެރީ"ގެ ދެމެހެއްޓެނިވި ކާމިޔާބީއަށްޓަކައި ވަޒީފާގެ ޔަޤީންކަން ކަށަވަރުވާ، ޓެކްނޮލޮޖީއާއި ދޯޅު ސިޔާސަތަކާ ދިމާލަށް

ބޮޑެތި މަޝްރޫޢުތަކުގެ ނާކާމިޔާބީގެ ފަހަތުގައިވަނީ މި ފަދަ ނިޒާމުތައް ދަމަހައްޓަން ތިބޭ މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުނުވުންކަމަށް އާޒިމް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 19 މާރިޗު 2021 | ހުކުރު 03:00
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

"ރަށު ފެރީ"ގެ ދެމެހެއްޓެނިވި ކާމިޔާބީއަށްޓަކައި އަމާޒު ހިފާފައިވަނީ ވަޒީފާގެ ޔަޤީންކަން ކަށަވަރުކޮށް، ޓެކްނޮލޮޖީއާއި ދޯޅު ސިޔާސަތަކާ ދިމާލަށްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުހީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މި ނެޓްވޯކަކީ ރާއްޖޭގެ އުތުރުން ދެކުނަށް އެޅޭ ބްރިޖެއްކަމަށް ސިފަކުރައްވާފައެވެ. މި ބްރިޖްގެ ސަބަބުން މި ސަރުކާރުން މުޅި ރާއްޖެއަށް ތަރައްޤީ ގެނައުމަށް ކުރާ މަސައްކަތް ހަލުވިވެގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ. މުޅި ރާއްޖެ ދަތުުރުފަތުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގައި އެންމެ ފުރަތަމަ ފެރީގެ ޚިދުމަތް ފަށަނީ އުތުރުގެ 3 އަތޮޅުގައިކަމުގައިވާއިރު، އެ ސަރަހައްދުގެ ނެޓްވޯކް އަންނަ ނޮވެމްބަރަށް ނިންމާލެވޭނެކަމުގެ ޔަޤީންކަން އާޒިމް ދެއްވިއެވެ. އެގޮތުން  ހއ، ހދ، ށ ހިމެނޭ މި ޒޯންގެ ސާވޭގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ބާކީ އޮތް ހަ މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން މި ޒޯންގައި ހިމެނޭ 42 ރަށުގެ ތެރެއިން 41 ރަށެއްގައި ފެރީ ޓަރމިނަލް އަޅަން ޖެހޭއިރު، އެ ރަށްރަށުގައި ފެރީ ކައިރިކުރާނެ ސަރަހައްދުތަކާއި، ފެރީ ގިމަތަ އަޅާނެ ތަންތަން ކައުންސިލްތަކާއި، ވާހަކަދައްކައިގެން ދަނީ ފައިނަލައިޒްކުރަމުންނެވެ. މީގެ އިތުރުން  ފެރީ ނިޒާމަށް ބޭނުންވާ 17 އުޅަނދު ބަނުމަށް ނިންމާފައިވާއިރު، އުޅަނދުފަހަރު ބަނުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށާއި، އުޅަނދު ބަނުމަށް ހަވާލުކުރާނީ ދިވެހި ބަޔަކާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މި ނިޒާމުގެ ސަބަބުން މިހާރުގެ ފެރީތަކަށްވުރެ 3 ގުނަ ސްޕީޑް އަވަސްކޮށް އެޔަށްވުރެ އަގުހެޔޮކޮށް އާންމުންނަށް ދަތުރުކުރެވޭނެކަމުގެ ޔަޤީންކަން އާޒިމް ވަނީ ދެއްވާފައެވެ.

Advertisement - newsAdvertisement

މި ފަދަ ނިޒާމެއް ކާމިޔާބީއެއްގެ ގޮތުގައި ކަނޑައެޅޭނީ ދެމެހެއްޓެނިވިގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދީގެންކަން ފާހަގަކުރައްވާ އާޒިމް ވަނީ މިކަން ކަށަވަރުކުރުމައްޓަކައި ވެސް ކުންފުނިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކުގެ ނާކާމިޔާބީގެ ފަހަތުގައިވަނީ މި ފަދަ ނިޒާމުތައް ދަމަހައްޓަން ތިބޭ މުއައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރުނުވުންކަން ފާހަގަކުރައްވައި އާޒިމްވަނީ މިފަހަރު މާޒީގައި ކަން ހިނގާދިޔަގޮތައް ވިޔަ ނުދޭނެކަމަށް ވިދާޅުވެފައެވެ. "ރަށު ފެރީ"ގެ ދެމެހެއްޓެނިވި ކާމިޔާބީއަށްޓަކައި އަމާޒު ހިފާފައިވަނީ ވަޒީފާގެ ޔަޤީންކަން ކަށަވަރު ޓެކްނޮލޮޖީއާއި ދޯޅު ސިޔާސަތަކާއި ދިމާލަށްކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން މި ނިޒާމުގެ ދަށުން ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ޓިކެޓް ނެގޭނެކަމަށާއި، ފެރީ އޮތްތަން ފޯނުން ބަލާލައި، މި ނިޒާމު ހިންގުމުގެ މަސްއޫލިއްޔަތު ސަރުކާރުން ހަވާލުކުރި ކުންފުނީގެ ހައިސިއްޔަތުން ކޮރަޕްޝަން އެއްކޮށް ފިލުވާލާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މުޅިރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެދަށުން ޒޯން 1ގެ ނެޓްވޯކް ނޮވެމްބަރު މަހު ލޯންޗްކުރުމަށް ހަމަޖެހިފައިވާއިރު، ބާކީހުރި ޒޯންތަކުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ކުރިއަށްގެންގޮސް 2023 ގައި މުޅި މަޝްރޫ އެއްކޮށް ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ. މި ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާ ވެސް ގުޅިގެންދާނެއެވެ. މިގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ. ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބްއާ ގުޅުވައިދޭނެ ހިދުމަތެކެވެ. ދައުލަތުގެ ބަޖެޓުން 157 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު ކުރިއަށްގެންދިޔުމުގައި ސަރުކާރުގެ ވިސްނުމަކީ، ސަބްސިޑައިޒް ކޮށްގެން ވެސް "ރަށު ފެރީ"ގެ ނިޒާމް ނަގާ ކޮޅަށްޖެހުމެވެ. ޕްލޭނިންގް މިނިސްޓްރީއިން ވަނީ، މިހާރު ބެލިބެލުމުން އަންދާޒާކުރެވުނު ގޮތުގައި، ސަރުކާރުން މި މަޝްރޫޢުއަށް، ގާތްގަނޑަކަށް 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ސަބްސިޑައިޒް ކުރަންޖެހޭނެކަމަށް ލަފާކޮށްފައެވެ.

އެމްޓީސީސީރަށު ފެރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު