Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށު ފެރީ

"ރަށު ފެރީ" ޕްރައިވެޓައިޒް ކުރަން އަހަރުތަކެއް ނަގާނެ- އަސްލަމް

19 މާރިޗު 2021 | ހުކުރު 08:26

ޕްރައިވެޓައިޒް ކުރަން ގާތްގަނޑަކަށް 7 އަހަރާއި، 10 އަހަރާ ދޭތެރޭގެ މުއްދަތެއް ނަގާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 މާރިޗު 2021 | ހުކުރު 08:26
މިނިސްޓަރ އަސްލަމް

މިނިސްޓަރ އަސްލަމް

ރަށު ފެރީ ނިޒާމުގެ މަޝްރޫޢުއަކީ އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމުގައި މިހާރު އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެންދާނެ މަޝްރޫޢުއެކެވެ. މުޅި މަޝްރޫޢުގެ މައިގަނޑު އަސާސަކީ ވެސް މިއީއެވެ. ސަރުކާރުން ސަބްސިޑައިޒްކޮށްގެން މި ނިޒާމް ނަގައި ކޮޅަށްޖެހުމަށް ވަނީ ނިންމާފައެވެ. މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓަރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ، މި މަޝްރޫއު، ޕްރައިވެޓައިޒްކުރާނީ އަމިއްލަ ޒާތުގައި އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ލިބުމުން ކަމަށެވެ. 2008 ވަނަ އަހަރުން ފެށިގެން ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން އެކި ފަހަރުމަތިން މި މަޝްރޫއު ފަށާ ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައިވަނީ ޚަރަދުތައް ދެކޮޅުނުޖެހިންގެން ކަމަށެވެ. އަސްލަމް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ގާތްގަނޑަކަށް 7 އަހަރާއި، 10 އަހަރާ ދޭތެރޭގެ މުއްދަތަކަށް ސަރުކާރުން ސަބްސިޑައިޒް ކުރަންޖެހޭނެއެވެ.

ލާމަރުކަޒުކުރުން އޭގެ ފުރިހަމަ މާނައިގައި ކުރެވޭނީ، މުޅި ރާއްޖެ, ފުރިހަމަ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިގެންނެވެ. މިއީ މިނިސްޓަރ އަސްލަމް މިކަމުގެ ގަބޫލުކުރައްވާ ގޮތެވެ. އެހެން ނޫނީ ލާމަރުކަޒުކޮށްގެން ނެރެން ބޭނުންވާ ނަތީޖާ ނުނެރެވޭނެއެވެ. މިނިސްޓަރ ވިދާޅުވީ، މީހުން އެއްފަސްކުރުމަށްޓަކައި އެންމެން އެއްތަނަކަށް ގެނައުމަކީ އެއީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އެކަމުގެ ސަބަބުން އުފުލަންޖެހޭ ބުރަ މާ ބޮޑުކަމަށެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮންނަނީ ވެސް މިފަދަ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއްގެ ބޭނުން ޖެހޭ ގޮތަށެވެ. ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށެވެ.

ލާމަރުކަޒުކުރުމުގައި މިނިސްޓަރ ގެންގުޅުއްވާ މި ވިސްނުމާއެކު 'އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާރކް' ތައާރަފްކުރިއެވެ. 6 ޒޯނަކަށް ބަހާލައިގެން މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނެޓްވާރކަކުން ގުޅާލަނީއެވެ. ފުރަތަމަ ޒޯންގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމާއެކު، ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. ނޮވެމްބަރު މަހު އާންމުންނަށް މި ފެރީތަކުގައި ދަތުރުކުރަން ފެށޭނެއެވެ. ފުރަތަމަ ޒޯންގައި ދަތުރުކުރާނެ ރޫޓުތައް ކަނޑައެޅި، ރަށްރަށުގެ ފެރީ ގިމަތަ ހެދުމަށް ބިން ވެސް މިހާރުވަނީ ކަނޑައަޅާފައެވެ.

ދެ އޮތީ މި ނެޓްވާރކް ފަރުމާކޮށްފައިވާ ގޮތެވެ. މި ނެޓްވާރކް ފަރުމާކޮށްފައިވަނީ މީގެ ކުރީގެ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ބޭނުންކުރާނީ މުޅިން އަލަށް މިކަމަށް ޚާއްސަކޮށްގެން ފަރުމާ ކޮށްފައިވާ އުޅަނދުފަހަރެވެ. މުޅި ނިޒާމް ބައްޓަން ކުރަނީ، ދަތުރުކުރާ މީހުންނަށް އަރާމުގައި ފަސޭހަކަމާއެކުގައި ދަތުރު ކުރެވޭ ގޮތަށެވެ.

2023 ގައި މުޅި މަޝްރޫއު ނިމޭއިރު ރާއްޖޭގެ އެކޮޅުން އަނެއްކޮޅަށް ފެރީގެ ނިޒާމުން ގުޅާލާނެއެވެ.

ފެރީ ނެޓްވޯކުން ހަ ޒޯންގައި ހިމެނޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ޒޯން އަނެއްޒޯނާ ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ޒޯނެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްސަކުރެވިފައިވާ ލިންކެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ޒޯން އަނެއް ޒޯނާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ. އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބްއާ ގުޅުވައިދޭނެ ހިދުމަތެކެވެ.

ކޮންމެއަކަސް ވަރަށް ފުރިހަމައަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމު ދެމިއޮތުމާމެދު އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދަން ކުޑަ އިންތިޒާރެއް ކުރަންޖެހެއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދަތުރުފަތުރުގެ ނިޒާމަކަށް ބޭނުންްޖެހިފައިތިބި ރައްޔިތުންނަށް މިކަމުން ފަސޭހަވެގެންދާނެކަމެވެ. ކުރު ދަތުރުތައް ކުރަން އަތުން ހޭދަކުރަންޖެހޭ މިންވަރު މަދުވެގެންދާނެކަމެވެ.

ރަށު ފެރީމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްއެމްޓީސީސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް