Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޮގު މައުލޫމާތު ފެތުރުން

ގައުމީ ސަލާމަތާއި، ހާރިޖީ ގުޅުންތަކާ ބެހޭ ތޯތޯ އަދި ދޮގު ވާހަކަތައް މީޑިއާތަކުގައި ގެނައުން ބަލައެއް ނުގަނެވޭ: އެމްއެމްސީ

18 މާރިޗު 2021 | ބުރާސްފަތި 13:51

ހަބަރެއްގައި ހިމެނޭ ދެ ފަރާތުގެ ބަސްވެސް ހިމަނައިގެން ހަބަރު ފޯރުކޮށްދިނުމަކީ އެ ކައުންސިލްގެ ގަވާއިދު މީޑިއާތަކަށް ލާޒިމްކުރާ ކަމެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 18 މާރިޗު 2021 | ބުރާސްފަތި 13:51
އުތުރު ތިލަފަޅު

އުތުރު ތިލަފަޅު

ގައުމީ ސަލާމަތާއި، މުޖުތަމައުގެ އާންމު މަސްލަހަތާ ދިވެހިރާއްޖެއާއި ދޭދޭ ގައުމުތަކުގެ ގުޅުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ސާބިތު ނުހިފޭ ދޮގު މައުލޫމާތާއި ތޯތޯ ވާހަކަތަކަށް ބުރަވެ ހަބަރު ފެތުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް މޯލްޑިވެސް މީޑިއާ ކައުންސިލް އިން ބުނެފިއެވެ.

މީޑިއާ ކައުންސިލް އިން މިހެން ބުނެފައި މިވަނީ ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަން އުޅޭ ކަމަށް ބުނެ އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ގުޅިގެންނާއި ޔޫޓީއެފް އެއްބަސްވުމާ ގުޅިގެން ނޫސްތަކުން އެކި ހަބަރުތައް ޝާއިއުކުރަމުންދާ ވަގުތެއްގައެވެ. އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާ އަދި މެއިންސްޓްރީމް މީޑިއާތަކުގައި ވެސް ދައްކަމުންދާ ވާހަކަތައް ގައުމީ ދިފާއީ ބާރުން ވަނީ ދޮގުކޮށްފައެވެ.

މީޑިއާތަކުން ހަބަރު ފެތުރުމުގައި ޒިންމާދާރުވުމަށް ގޮވާލައި މީޑީއާ ކައުންސިލް އިން ނެރުނު ބަޔާނުގައި ބުނީ ހަބަރާއި މައުލޫމާތު ފޯރުކުރުމުގައި އެ ހަބަރެއްގައި ހިމެނޭ ދެ ފަރާތުގެ ބަސްވެސް ހިމަނައިގެން ހަބަރު ފޯރުކޮށްދިނުމަކީ އެ ކައުންސިލްގެ ގަވާއިދު މީޑިއާތަކަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އެގޮތުން ވަކިން ހާއްސަކޮށް އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްގަކަށް އުނިކަމެއް އަންނަ މައުލޫމާތަކަށްވާނަމަ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައި ނޫނީ ފެތުރުމަކީ މީޑިއާގެ އާންމު ހަމަތަކާ ހިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.

މީޑިއާ ކައުންސިލް އިން ނެރުނު ބަޔާނުގައި ބުނީ މީޑިއާތަކުން އާންމުކުރާ މައުލޫމާތު ތަކަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންޖެހޭނެ ކަން ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އިސްލާމްދީނާއި ހިލާފު މައުލޫމާތު އާންމުކުރުމާއި، ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ ގޮތަކަށް ގަސްދުގައި ހަބަރާއި މައުލޫމާތު ދިނުމަށް ބާރު ނުދިނުމަށް ވެސް އެ މިންގަނޑުގައި ބަޔާންކޮށްފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.

އެ ކައުންސިލް އިން ބުނީ ގާނޫނީ ގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެނަށް ވެސް ދީފައިވާއިރު، އެ ހައްގަކީ ޒިންމާތަކާއި މައްސޫލިއްޔަތާ އެކު ބޭނުންކުރަން ޖެހޭ ހައްގެއްކަން ވެސް ގާނޫނުގައި ބަޔާނކޮށްފައިވާ ކަމަށެވެ.، އެހެންވެ މައުލޫމާތު ހޯދައި ހިޔާލު ފާޅުކޮށް ފާޑުކިޔުމުނުގެ ތެރޭގައި ނުފޫޒުން އެއްކިބާވެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށްގެން ތިބެ އެކަމުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްސީ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2024

ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ

02 ނޮވެމްބަރު 2024
ސްކީލާނަށް ދިން އެވޯޑުވެސް އަތުލަނީ
31 އޮކްޓޯބަރު 2024

ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ

31 އޮކްޓޯބަރު 2024
ރައީސްގެ "އަގުވައްޓާލަން" ޚަބަރު ފަތުރާއިރު ފިޔަވަޅު ނާޅާތީ ރައީސް އޮފީހުން ހާސްވެފައިވަނިކޮށް ރެގިއުލޭޓަރުން މަޖިލީހަށް ހާޒިރު ކުރަނީ
28 އޯގަސްޓު 2024

ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި

28 އޯގަސްޓު 2024
ރައީސް އޮފީހުން މީޑިއާ ތަކާ ބެހޭ ޝަކުވާ ފުންޏެއް އޮއްސާލައިފި
17 ޖުލައި 2023

ދިޔަރެސް ނޫހުން އާރްޑީސީއާމެދު ހަގީގަތާ ޚިލާފު ޚަބަރު ފަތުރާކަމަށް ބުނެ، އެ ކުންފުނިން ސިވިލް ކޯޓަށް ދަނީ

17 ޖުލައި 2023
ދިޔަރެސް ނޫހުން އާރްޑީސީއާމެދު ހަގީގަތާ ޚިލާފު ޚަބަރު ފަތުރާކަމަށް ބުނެ، އެ ކުންފުނިން ސިވިލް ކޯޓަށް ދަނީ
10 ޖެނުއަރީ 2023

ޕާކިސްތާނުގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މަޝްވަރާކޮށްފި

10 ޖެނުއަރީ 2023
ޕާކިސްތާނުގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމަށް މަޝްވަރާކޮށްފި
10 ޑިސެމްބަރު 2022

މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބު ކޮށްފި

10 ޑިސެމްބަރު 2022
މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބު ކޮށްފި
05 އޮކްޓޯބަރު 2022

އެމްއެމްސީން ދޭ ގްރާންޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

05 އޮކްޓޯބަރު 2022
އެމްއެމްސީން ދޭ ގްރާންޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
19 އޯގަސްޓު 2022

އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

19 އޯގަސްޓު 2022
އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
12 އޯގަސްޓު 2022

ނޫސްވެރިން ތަމްރީނު ކުރުމަށް ޖަޕާންގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި

12 އޯގަސްޓު 2022
ނޫސްވެރިން ތަމްރީނު ކުރުމަށް ޖަޕާންގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި
01 އޯގަސްޓު 2022

ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭއިރު އަޚުލާގީ މިންގަނޑު ހިފަހައްޓަން އިލްތިމާސްކޮށްފި

01 އޯގަސްޓު 2022
ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭއިރު އަޚުލާގީ މިންގަނޑު ހިފަހައްޓަން އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް