Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިން ތަމްރީނުކުރުން

ނޫސްވެރިން ތަމްރީނު ކުރުމަށް ޖަޕާންގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި

ޖަޕާނުގެ އެމްބަސެޑަރ ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އޯގަސްޓު 2022 | ހުކުރު 01:22
އެމްއެމްސީ އިން ޖަޕާނުގެ އެމްބަސެޑަރ އާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެމްއެމްސީ އިން ޖަޕާނުގެ އެމްބަސެޑަރ އާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ދިވެހި ނޫސްވެރިން ތަމުރީނުކުރުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލު (އެމްއެމްސީ)އިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޖަޕާނުގައި ތައުމީލީ ޚިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް އެމްއެމްސީން ޖަޕާން އެމްބަސީ އާއިއެކު މަޝްވަރާކޮށްފިއެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޖަޕާނަށް ދިވެހި ނޫސްވެރިން ފީލްޑް ޓްރިޕް ފޮނުވުމަށާއި އެމް.އީ.އެކްސް.ޓީ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭ ގޮތުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ހުންނަވާ ޖަޕާނުގެ އެމްބަސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ހަރ އެކްސެލެންސީ މިސް ޓަކެއުޗީ މިޑޯރީ ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށް އެމްއެމްސީން ބުނެއެވެ.

އެމްއެމްސީ އާއި ޖަޕާނު އެމްބަސީ އާއިއެކު ކުރިޔަށްދިޔަ ބައްދަލުވުމުގައި އެމްއެމްސީގެ ފަރާތުން ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން އާއި މެމްބަރ އަލީ ހުސައިން އާއި މެމްބަރ އިބްރާހީމް ފައުޒީ އަދި ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ޑރ އިބްރާހީމް ސަމީރު އެވެ. ޖަޕާނު އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ހަރ އެކްސެލެންސީ މިސް ޓަކެއުޗީ މިޑޯރީ އަދި ރިސާޗަރ އެޑްވައިޒަރ މިސްޓަރ އޯޓާ ޔޮޝޫ އެވެ.

އެމްއެމްސީޖަޕާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު