Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތަށް ގެއްލުންވާގޮތަށް ބޭސް އެތެރެކުރުން

ދައުލަތަށް ގެއްލުންވާގޮތަށް 2016 ވަނަ އަހަރު އެސް.ޓީ.އޯ އިން ބޭހެއް އެތެރެކުރި މައްސަލާގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅައިފި

18 މާރިޗު 2021 | ބުރާސްފަތި 08:56

ދައުލަތަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 18 މާރިޗު 2021 | ބުރާސްފަތި 08:56
އެސްޓީއޯ

އެސްޓީއޯ

ދައުލަތަށް ގެއްލުންވާގޮތަށް 2016 ވަނަ އަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސް.ޓީ.އޯ) އިން އެތެރެކޮށްފައިވާ އެޓޮކޯ ބޭހާގުޅޭ މައްސަލަ ތަހުގީގުކޮށް ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ބުދަދުވަހު ހުށަހަޅާފައިވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

މި މައްސަލައަކީ 27 މެއި 2016 ގައި އެސްޓީއޯއިން އިމްޕޯޓްކުރި އެޓޮކޯ ބޭހުގެ ބެޗް ނަންބަރު  C602700ގެ ބޮޑު ބައެއް 2018 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާއިރު، އެ ކުންފުނިން އެ ބޭހުގެ އިތުރު ބެޗެއް އެއަހަރުގެ ޑިސެމްބަރު 2018 ގައި އޯޑަރުކޮށްފައިވާކަމަށް ބުނާ މައްސަލައެކެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، އެސްޓީއޯގެ މެޑިކަލް ސަރވިސް ޑިޕާޓްމަންޓްގެ ހެޑްގެ މަގާމުގައި ހުރި ސ.ހިތަދޫ، ގުލްޒާރުގޭ ހުސައިން ޞަބާހާއި އެ ޑިޕާޓްމަންޓްގެ ޕްލޭނިންގ މެނޭޖަރ، ޏ. ފުވައްމުލައް، ޖިއްދާ ހަމްދޫން ފާއިޒް ގެ މައްޗަށެވެ.  މި ދެމީހުންގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީއިން މައުލޫމާތުދޭ ގޮތުގައި، އެސްޓީއޯއިން، އިތުރު ބޭސް ހިމެނޭގޮތަށް، އެޓޮވަސްޓެޓިން ގެ ބްރޭންޑެއްކަމަށްވާ އެޓޮކޯ ގެ 40މގ. އަލަށް ރާއްޖެ ގެނައުމަށް، ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާއެކު 2015 ގައި ލައިސަންސް އެންޑް ސަޕްލައި އެގްރިމެންޓެއްގައި ސޮއިކޮށްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް އެނގިފައިވެއެވެ. އަދި އެ ބޭހުގެ 40މގ. ގެ ޑޯސޭޖަކީ އައު ޑޯސޭޖަކަށްވާއިރު، ރާއްޖޭގެ މާކެޓުގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން ލިޔުމުން އެނގެން ނެތްކަމަށް ވެސް އޭސީސީގެ ތަހުގީގަށް ހާމަވެފައިވާކަމަށް ވެސް އޭސީސިންބުނެއެވެ.

އަދި މި އެގްރިމެންޓްގައި އެސް.ޓީ.އޯއިން އެ ބޭހަށް ފޯކާސްޓްކޮށްފައިވާ އަދަދާއި މެޑިކަލް ސަރވިސް ޑިޕާޓްމަންޓުން ފޯކާސްޓްކޮށްފައިވާ އަދަދަށްވުރެ އިތުރަށް 2016 ވަނައަހަރު ބޭސް އޯޑަރުކޮށް ގެނެސްފައިވާކަން އެނގިފައިވާކަމަށް ވެސް އޭސީސީން ބުނެއެވެ. އަދި އޯޑަރުކުރި 40މގ. ގެ ބެޗުން ވިކުނީ ގެނައި އަދަދުގެ ފަސް ޕަސެންޓަށްވުރެ ކުޑަ އަދަދެއްކަމަށާއި ބޭހުގެ މުއްދަތު 2018 ވަނަ އަހަރުގެ މާޗު މަހު ހަމަވެފައިވާކަމަށް ވެސް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ، އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ބޭސް މާކެޓިންގެ ބޭނުމަކަށް ކަމަބުނެ ރިޒަރވްކޮށްފައިވާއިރު، އެ ބެޗްގެ ބޮޑު ބައެއް ނުވިކި އެސް.ޓީ.އޯއަށް 2,787,457.13ރ. (ދެމިލިއަން ހަތްސަތޭކައައްޑިހަ ހަތްހާސް ހަތަރުސަތޭކަ ފަންސާސްހަތް ރުފިޔާ ތޭރަ ލާރި) ގެ ގެއްލުންވެފައިވާކަމަށެވެ.

ތަހުގީގަށް ހާމަވި ކަންކަމާ ގުޅޭގޮތުން އޭސީސީއިން އިތުރަށް ބުނީ 2018 އިން ފެށިގެން ގެނައި އެ ބޭހުގެ އެއްވެސް ބައެއް ނައްތާލަން ނުޖެހޭކަމަށާއި 2016 ގެ ބެޗުން ވިކުނު ޢަދަދުތަކަށާއި 2018 އިން ފެށިގެން ގެނެސް ވިކުނު އެ ބޭހުގެ އަދަދުތަކަށް ބެލުމުން، 2018 އިން ފެށިގެން އެސް.ޓީ.އޯއިން ގެނެސްފައިވާ އެ ބޭހުގެ އަދަދުތަކަކީ ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ޑިމާންޑް އޮތްވަރުކަން އެނގޭ ކަމެއް ކަމަށެވެ.  އެހެންކަމުން، 2016 ގައި އެ ބޭސް ގެނެސްފައިވަނީ ރާއްޖޭގައި އެ ބޭހުގެ ޑިމާންޑް އޮތްވަރާ އަޅާބަލާއިރު އެތައް ގުނައެއް އިތުރަށްކަމަށާއި، މި މައްސަލައިގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައި ވާކަމަށްވެސް އޭސީސީން ބުނެއެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)އޭސީސީޕީޖީ އޮފީސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
19 އޮކްޓޯބަރު 2025

3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް

19 އޮކްޓޯބަރު 2025
3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް
17 އޮކްޓޯބަރު 2025

ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު

17 އޮކްޓޯބަރު 2025
ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު
17 އޮކްޓޯބަރު 2025

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025
އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް