Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

މަގޭ ރިޕޯޓު: ޗައިނާއިން ވެކްސިން ދިނީ ހިތުން ރުހުމުން؟ ނުވަތަ އިންޑިއާއާ ވާދައަށް؟

އިންޑިއާއިން ދެލައްކާ ޑޯޒް ވެކްސިން ހަދިޔާކުރުމުން ޗައިނާއިންވެސް ދެލައްކަ ޑޯޒް ދޭނެކަމަށް އިއުލާންކުރި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 18 މާރިޗު 2021 | ބުރާސްފަތި 10:38
ސިނޮފަރމް ކޮވިޑް ވެކްސިން

ސިނޮފަރމް ކޮވިޑް ވެކްސިން

ކޮވިޑްގެ ނުރައްކާތެރި ވަބާ މުޅި ދުނިޔޭގައި ފެތުރެން ފެށުމާއެކު އެންމެން ވެސް އިންތިޒާރުކުރަމުން އައީ އެއާ ދެކޮޅަށް މަސައްކަތްކުރާނެ ވެކްސިނަކަށެވެ. 2020 ވަނަ އަހަރުގެ ފަހުކޮޅަށް އައިއިރު އެކި ޤައުމުތަކުން ވެކްސިންތައް ތަހުލީލުކުރަމުން އައިސް ތިން ހަތަރު ވެކްސިނެއް ބޭނުންކުރެވޭ ވަރަށް ތަރައްޤީކުރެވުނެވެ. އެއާއެކު ދެން އިވެން ފެށީ ފަގީރު ޤައުމުތަކަށް ވެކްސިން ލިބޭނެތޯއާ މެދު ކުރެވުނު ސުވާލެވެ. މި ކުޑަކުޑަ ރާއްޖެއަށް ވެސް ވެކްސިން ލިބޭނީ ކޮން އިރަކުތޯ ދިވެހިން ދިޔައީ ސުވާލުކުރަމުންނެވެ.

ވެކްސިން ހޯދަން ސަރުކާރުން ގެންގުޅުނު އުކުޅުތައް ކިތަންމެހާވެސް ހިކުމަތްތެރިއެވެ. މިހެން މިދެންނެވީ ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ވެކްސިން ނުހޯދެނީސް ރާއްޖެއިން ވެކްސިން ގަނެގެންނާއި ހިލޭ އެހީގެ ގޮތުގައި ވެކްސިން ހޯދައި، ޔަގީން ކުރިއެވެ. އެސްޓްރާޒެނެކާ ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި، އިންޑިއާއިން ވެސް ހިލޭ އެހީގެ ގޮތުގައި ވެކްސިން ހޯދިއެވެ.

ދިވެހިންގެ ތެރޭގައި ކޮންމެ ކަމެއް ސިޔާސީކުރުމުގެ އާދަ ގެންގުޅޭ ފަރާތްތަކުން އެކަން ވެސް ސިޔާސީ ކޮށްލީއެވެ. ޗައިނާއިން ވެކްސިން ނުގެނެސް، އިންޑިއާއިން ވެކްސިން ގެންނަން ނިންމީ ކީއްވެގެންތޯ ސުވާލު އުފެއްދިއެވެ. އިންޑިއާއިން ފުރަތަމަ އެއް ލައްކަ ޑޯޒް ހަދިޔާކުރި ދުވަހު ސަރުކާރުގެ އޮފިޝަލަކާ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ އިންޑިއާއިން ހަދިޔާކުރީ އެންމެ އިތުބާރު ހިފޭ ވެކްސިންކަމަށާއި، އެތަކެތި ރާއްޖެއަށް ގެނައުމަށް ވެސް ފަސޭހަވާނެ ކަމަށެވެ. ޗައިނާ ވެކްސިން ނުގެނައުމުގެ ވިސްނުމެއް ނެތްކަމަށާއި، އެއަށް ބޭނުންވާ ހުއްދަތައް ލިބުމުން އެވެސް ބޭނުންކުރާނެކަމަށެވެ. އަދި ޗައިނާ ދުރުކަމުން އެތަނުން ވެކްސިން ގެނައުމަށް އުނދަގޫވާނެކަމަށް ވެސް ބުންޏެވެ.

ކަން ހިނގީ އެމަގުންނެވެ. އިންޑިއާއިން ދެލައްކާ ޑޯޒް ވެކްސިން ހަދިޔާކުރުމުން ޗައިނާއިން ވެސް ދެލައްކަ ޑޯޒް ދޭނެކަމަށް އިއުލާންކުރިއެވެ. ވެކްސިން ލިބޭނެކަމަށް ދިވެހި ސަރުކާރުން އިއުލާން ނުކުރަނީސް، ފުރަތަމަ ފަހަރު އެކަން އިއުލާންކުރީ ވެސް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. އެހެންކަމުން ޗައިނާއިން ވެކްސިން ދޭން ކެތްމަދުވެފައިވާކަމަށް ބަޔަކަށް ހީވެދާނެއެވެ. އަދި ޗައިނާއިން ދޭ ވެކްސިން ޖަހަން ބޭނުންވެފައި ތިބި މީހުންނަށް އުއްމީދީ ވާހަކަޔަކަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް އޭގެ ޚަބަރެއް ނުވެ، މަހެއްވީފަހުން އަނެއްކާވެސް އިތުރު އެއްލައްކަ ދޭނެކަމަށް މިމަހު ކުރީކޮޅު ޗައިނާއިން އިއުލާންކުރިއެވެ. ފުރަތަމަ ދޭނެ ކަމަށް ބުނި އެއްލައްކަ ޑޯޒް ވީތަނެއް އަދިވެސް ނޭނގެއެވެ. މުޅިން ވެސް ކިޔަނީ ވަރަށް އަވަހަށް އަންނާނެ ވާހަކައެވެ.

މިހާރު އިވޭ ވާހަކައަކީ އެ ވެކްސިންތައް ބަލައި ފްލައިޓެއް ޗާޓަރުކޮށްގެން ރާއްޖެއިން ދާން ޖެހޭ ވާހަކައެވެ. އަނެއްކާ ބޮޑު ޚަރަދެއް ސަރުކާރުން ކުރަން ޖެހުނީއެވެ. މަދު ބަޔަކު ނިކުމެ "އައުޓް" ކުރަން އެގޮވާ އިންޑިއާއިން ރާއްޖެއަށް ދިން ވެކްސިން ރާއްޖެ ގެނެސް، ބޯޑަރުން "އިން" ކޮށްދިނީ ހަމަ އިންޑިއާއިންނެވެ. ފްލައިޓެއް ފޮނުވާކަށް ނުޖެހުނެވެ. އެހެންކަމުން ޗައިނާއިން ރާއްޖެއަށް ވެކްސިން ދޭނެކަމަށް ބުނީ ހިތުން ރުހުމުންތޯ ނުވަތަ އިންޑިއާއާ ވާދައަށްތޯ ސުވާލު އުފެދެއެވެ.

ޗައިނާއިން ވެކްސިން ލިބޭނެކަމަށް ބަލައިގެން ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔަ ވެކްސިން ކެމްޕޭން މިހާރު އެއޮތީ މަޑު ޖެހިފައެވެ. އަނެއްކާވެސް ކޮވިޝީލްޑް ޝިޕްމަންޓަކަށް އެ އޯޑަރުކުރީ ޗައިނާ ވެކްސިން ލިބޭނެ ދުވަހެއްގެ ޔަޤީންކަން ސަރުކާރަށް ނެތުމުން ކަމަށްވެސް ވެދާނެއެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިންޗައިނާއިންޑިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު