Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

142 މީހަކު ޕޮޒިޓިވްވެ، 177 މީހަކު ބަލިން ރަނގަޅުވެއްޖެ

17 މާރިޗު 2021 | ބުދަ 20:35

މާލެ ސަރަހައްދުން 112 މީހަކު ޕޮޒިޓިވް، އަތޮޅުތެރޭގެ ރަށްތަކުން 11 މީހަކު ޕޮޒިޓިވްވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 މާރިޗު 2021 | ބުދަ 20:35
މާލެސިޓީގެ ބޮޑުތަކުރުފާނު މަގު، ކޭސްތައް އިތުރުވުމާއި ގުޅިގެން ރޭގަނޑު 11:00 ފެށިގެން ދަނީ ކާފިއު ހިންގަމުން

މާލެސިޓީގެ ބޮޑުތަކުރުފާނު މަގު، ކޭސްތައް އިތުރުވުމާއި ގުޅިގެން ރޭގަނޑު 11:00 ފެށިގެން ދަނީ ކާފިއު ހިންގަމުން

ކޮވިޑް-19ށް އިތުރު 142 މީހަކު ޕޮޒިޓިވްވެ، 177 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 3777 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، 142 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 112 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރޭގެ ރަށްތަކުން 11 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ހިންގަމުންދާ ރިސޯޓުތަކުން 19 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ 2،371 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 118 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

މިހާތަނަށް 589،866 ސާމްޕަލެއް ނަގާފައިވާއިރު 21،961 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 19،519 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ.

މިބަލީގައި 64 މީހަކު ނިޔާވެފައިވެއެވެ.

ކޮވިޑް-19ގެ ތިންވަނަ ރާޅު ކުރިމަތިވީ މިދިޔަ ޖެނުއަރީ މަހުއެވެ. އޭރުން ފެށިގެން ކޮންމެ ދުވަހަކުވެސް ފެންނަ ކޭސްތަކުގެ އަދަދު 100ން މަތީގައި އަދި ގިނަ ދުވަސް ދުވަހު 150ން މަތީގައި ހުރުމަށް ފަހު މިމަހުގެ 13ވީ ހޮނިހިރު ދުވަހު 94 ކޭސް އަދި 14ވީ އާދިއްތަ ދުވަހު ރިޕޯޓު ކުރެވުނީ 96 ކޭސްއެވެ. އެދެ ދުވަހު 100ށް ދަށުން ކޭސްތައް ރިޕޯޓު ކުރެވުނު ކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފައިވެއެވެ.

އެޗްއީއޯސީން ބުނީ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތައް އެޅި ނަމަވެސް އާއްމު ރައްޔިތުން އެފިޔަވަޅުތަކަށް އަމަލު ނުކުރާނަމަ އެކަށީގެންވާ ނަތީޖާއެއް ނުފެންނާނެ ކަމަށެވެ. އެހެންކަމުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެޗްއީއޯސީން ދަނީ އިލްތިމާސްކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއެކު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 11:00ން 4:30 ދަނީ ކާފިއު ހިންގަމުންނެވެ. އަދި އިރުއޮއްސި ހައެއްގެ ފަހުން އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވާއިރު، ގްރޭޑް ހަތަކުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީވެސް އޮންލައިންކޮށްނެވެ. މީގެ އިތުރުން ރޭގަނޑު 8:00ގެ ފަހުން ރެސްޓޯރަންޓުތަކުގައި ޑައިން އިން ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް