Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގިރިފުށި ނޫން ތަނަކަށްް އަސްކަރީ ތަމްރީނު ބަދަލުކު

ގިރިފުށި ނޫން ތަނަކަށް އަސްކަރީ ތަމްރީނު ބަދަލުކުރުމަށް ނުފެންނަކަމަށް މަޖިލީހުން ފާސްކޮށްފި

ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ އިއްތިފާގުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 މާރިޗު 2021 | ބުދަ 10:21
ގިރިފުށީގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން

ގިރިފުށީގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން

ގިރިފުށި ނޫންތަނަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލުކޮށްފިނަމަ، ތަމްރީނުތަކަށް ބޭނުންވާ ސާމާނާއި، ސިފައިން އެތަނަކަށް ގޮސް އައިސްވުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ފާހަގަކުރެވިފައިވާތީ ގިރިފުށި ނޫންތަނަކަށް އަސްކަރީ ތަމްރީނު ބަދަލުކުރުމަށް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިމައްސަލައަކީ ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. މައްސަލަ ދިރާސާކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީންނެވެ.

ކޮމިޓީން ދިރާސާކުރުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ މި މައްސަލައަކީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު ކ.ހިންމަފުށީގެ ހުޅަނގު ފަރާތުގައި އޮތް ސަފާރީ ބޯޓެއްގައި ހުރި ފަތުރުވެރިއެއްގެ ހަށިގަނޑަށް ގިރިފުށިން ދޫކޮށްލި ވަޒަނެއް އަރައި އަނިޔާވެފައިވާތީ އާއި އަދި އޭގެކުރިންވެސް ހިންމަފުށީގެ ގެއެއްގެ ދޮރޯއްޓަކަށާއި ގެސްޓް ހައުސްއެއްގެ ކުޑަ ދޮރަކަށް ވަޒަން އަރާފައިވާތީ ގިރިފުށި ނޫން ތަނަކަށް އަސްކަރީ ތަމްރީނުތައް ބަދަލުކޮށްދިނުމަށް އެރަށުގެ ރައްޔިތުން އެދެމުންދާކަމަށް ބަޔާންކޮށް އެކަން ބަލައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމެވެ.

މިމައްސަލަ ބެލުމަށްޓަކައި ބަޔާންކޮށްފައިވާ ހާދިސާތަކުގެ ހަގީގަތްތައް ދެނެގަތުމަށާއި އެހާދިސާތަކުގެ މައުލޫމާތު އޮޅުންފިލުވުމަށާއި އަދި މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓްރީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ލިޔެގެން އަސްކަރީ ތަމްރީނުތައް އެހެން ރަށަކަށް ބަދަލު ކުރެވިދާނެތޯ ކޮމިޓީން ބަލާފައިވާނެކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

މިގޮތުން މައްސަލަ ދިރާސާކުރިއިރު 10 ހޯދުމެއް ވަނީ ހޯދާފައެވެ. އެގޮތުން ސިފައިންނަށް ތަމްރީނު ދިނުމަށް ބޭނުންކުރާ ގިރިފުއްޓަކީ 1986 ވަނަ އަހަރުން ފެށިގެން ސިފައިންގެ އަސްކަރީ ތަމްރީނުތައް ކުރިޔަށް ގެންދެވޭ ރަށެއްކަމެވެ.

އަދި ސިފައިން ހިންގާ ހުރިހާ އަސްކަރީ ތަމްރީނުތަކަކީ ރައްކާތެރިކަމުގެ ގޮތުން ވަރަށް ޚަރުދަނާ ފިޔަވަޅުތައް އެޅިގެން ކުރިޔަށް ގެންދެވޭ ތަމްރީނުތަކެއް ކަމުގައި ވީނަމަވެސް، ތަމްރީނުތަކުގެ ތެރޭގައި ދިމާވި އެކިއެކި ހާދިސާތަކާއި ގުޅިގެން ސިފައިންގެ އަސްކަރީ ތަމްރީނުތައް ގިރިފުށި ނޫން އެހެން ތަނަކަށް ބަދަލުކުރުމަށް މީގެކުރިންވެސް މަޝްވަރާކޮށްފައިވާކަމަށް ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

ގިރިފުއްޓަކީ ސިފައިންގެ ތަމްރީނުތައް ހުއްޓުމެއްނެތި އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކުރިޔަށް ގެންދެވޭ ރަށަކަށްވުމުގެ އިތުރުން ދުވާލަކު އެތައް ފަހަރަކު ހަތިޔާރުގެ އެކިއެކި ތަމްރީނުތަކަށް ސިފައިން ގޮސް އައިސް ހަދަންޖެހޭ ރަށަކަށްވާތީ، މާލެއާ ދުރު ހިސާބަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލުކޮށްފިނަމަ، ތަމްރީނުތަކަށް ބޭނުންވާ ސާމާނާއި ސިފައިން އެތަނަކަށް ގޮސް އައިސްވުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހި ތަމްރީނުތައް ކުރިޔަށް ގެންދެވިދާނެކަމަށް ނުފެންނަކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

ސިފައިންގެ ތަމްރީނުތައް ގިރިފުށީގައި ކުރިޔަށް ގެންދާއިރު، ނުރައްކާތެރި ހާދިސާތައް ހިނގިދިޔަ ނުދިނުމަށްޓަކައި، ހަތިޔާރު ބޭނުންކޮށްގެން ކުރިޔަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެހެންކަމުން މިހާރު ގިރިފުށީގައި ގެންދަނީ ވަރަށް ޚަރުދަނާ އުސޫލުތަކެއްގެ ދަށުން ކުރިޔަށް ގެންދެވޭ ލައިވް ފަޔަރިންތައް ކަމުގައިވާތީ ގިރިފުށި ހިމެނޭ ސަރަހައްދުގެ އެއްގަމާއި ކަނޑާއި އަދި ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވުމަކީ ވަރަށް ނާދިރުކަމެއްކަމަށް ކޮމިޓީއަށް ހޯދިފައިވާކަމަށް ރިޕޯޓްގައިވެއެވެ.

އަދި ހުށަހެޅިފައިވާ މައްސަލައިގައި ބަޔާންކޮށްފައިވާ ހާދިސާތައް މިލިޓަރީ ޕޮލިސް މެދުވެރިކޮށް ތަހުގީގު ކުރެވި، އެ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އަޅާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މިކަންކަމުގެ މައްޗަށް ބެލުމަށްފަހު ކޮމިޓީން ހުށަހަޅާފައިވަނީ ސިފައިންގެ ތަމްރީނުތައް ގިރިފުށީގައި ކުރިޔަށް ގެންދާއިރު ހަތިޔާރު ބޭނުންކޮށްގެން ކުރިޔަށް ގެންދާ އަސްކަރީ ތަމްރީނުތައް ހަމައެކަނި ފަޔަރިންގ ރޭންޖުގައި ކުރިޔަށް ގެންދިޔުމަށާއި، ފަޔަރިންގ ރޭންޖުން ބޭރަށް ވަޒަން ދަތުރުކޮށް ހިނގާފައިވާފަދަ ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި ރޭންޖުން ބޭރަށް ވަޒަން ނުދާނެކަން ކަށަވަރުކުރުމާއެކު އެފިޔަވަޅުތައް ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަށް ވަނީ ހުށަހަޅާފައެވެ.

މިރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލިސްއެމްއެންޑީއެފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު