Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން ކޮޅަށް ޖެހުން

ޖުލައި މަހު ފަތުރުވެރިކަން ހަމައަކަށް އެޅުވޭނެ – މައުސޫމް

ފަތުރުވެރިން އަންނަ މިންވަރު އިތުރުވި ނަމަވެސް ކެޕޭސިޓީގެ މައްސަލަ އެބަހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 މާރިޗު 2021 | ބުދަ 02:08
ފަތުރުވެރިންތަކެއް ވެލާނަ އެއަރޕޯޓަށް ފައިބަނީ

ފަތުރުވެރިންތަކެއް ވެލާނަ އެއަރޕޯޓަށް ފައިބަނީ

ރާއްޖޭގެ ފަތުރުވެރިކަން ހަމައަކަށް އެޅި ރަނގަޅުވާނީ ޖުލައި މަހުގެ ތެރޭގައި ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމަށް އައި ލޮޅުމާއެކު އަލުން ދާއިރާ ހުޅުވާލިނަމަވެސް، ފަތުރުވެރިން އަންނަ އަދަދާއި ދޭތެރޭގައި ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށެވެ. ފަތުރުވެރިން އައިސް ބެޑްކެޕޭސިޓީ ފުރުނު ނަމަވެސް ކެޕޭސިޓީގެ މައްސަލަ އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަން ހަމައަކަށް އެޅުވޭނެ ކަމަށް މިބަލީ އެކި އެންގަލްތަކުން އެކަން ވެގެން ކަމަށާއި، ރަޝިއާ މާކެޓުން އާންމު ހާލަތައްވުރެ މަތީގައި އޮތް އިރު، އިންޑިއާ މާކެޓް ވެސް އޮތީ ހަމަ އެގޮތަކަށް ކަމަށެވެ. އަދި ބައެއް ލަގްޒަރީ ރިސޯޓްތައް އާންމު ހާލަތަށްވުރެ މާ މަތީގައި އޮތް އިރު، ދުވަހަކުވެސް ނުހޯދާހާ ފައިދާ މިދިޔަ ޑިސެމްބަރުގައި ހޯދާފައިވާ ކަމަށެވެ.

އެހެންނަމަވެސް ސަފާރީ ސެކްޓަރ އަކީ ބޮޑު އިންވެސްޓްމަންޓްތަކެއް އަދި ނުލާހިކު ބޮޑު ހަރަދެއް ހިނގާކަމެއް ކަމަށެވެ. ނަމަވެސް ހުރިހާ ސަފާރީތަކަށް ބޭނުންވާ އޮކިއުޕެންސީއެއް ނުލިބޭ ކަމަށާއި، މި ހާލަތުގައި ސަފާރީއަކުން މީހަކު ޕޮޒިޓިވްވެއްޖެ ނަމަ މުޅި ސަފާރީ ކަރަންޓީންކުރަން ޖެހޭ ކަމަށެވެ. އަދި މުޅި އާމްދަނީއަށް ގެއްލުންވެ, އަންނަން ތިބޭ ފަތުރުވެރިން އެހެންދިމާލަކަށް ޑައިވަރޓް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކުރުމަށް އައި ޕްލޭނާ އެއްގޮތަކަށް މަސައްކަތް ނުދާ ކަމަށާއި، އެ މަސައްކަތް ތަންކޮޅެއް ފަހަތުގައި އުޅޭ ކަމަށެވެ. އަދި މި ދުވަސްވަރަކީ ސޯޝަލް ޑިސްޓެންސިންގ ބަހައްޓަން ޖެހޭ ދުވަސްވަރެއް ކަމުން، އެއަރޕޯޓުގައި ވެސް ތާށިކަމެއް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެއަރޕޯޓް ޓީމުން އެކަމަށް ވެސް ހައްލު ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑެތި މާކެޓްތައް އަދިވެސް ބަންދުވެފައިވާއިރު، ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އައު މާކެޓުތައް ތައާރަފްވަމުންދާކަން އިންޑަސްޓްރީގެ އިސް ފަރާތްތަކުން ފާހަގަ ކުރެއެވެ.  އެހެންނަމަވެސް ފަތުރުވެރިކަން އެއްކޮށް ރިކަވަރ ވާނީ ޔޫރަޕުގެ މާކެޓްތައް ހުޅުވިގެން ކަމަށާއި، އަންނަ އަހަރު ފެށިގެންދާނީ ރާއްޖޭގެ ޓޫރިޒަމް ކޮވިޑް-19ގެ ކުރިން އޮތް ހާލަތުގައި އޮވެގެންކަމުގެ އުންމީދު އެބަ އޮތްކަމަށް ދާއިރާގެ ތަޖްރިބާކާރުން ބުނެއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއިއެކު ފަތުރުވެރިކަން ހުއްޓިގެން ދިޔަނަމަވެސް ފާއިތުވި އަހަރުގެ ޖުލައި 15ގައި ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް 555,494 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރުގެ މިހާތަނަށް ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ

ޓުއަރިޒަމް އެމްވީމިނިސްޓްރީ އޮފް ޓުއަރިޒަމްޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު