Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒުވާނުން ތަރައްގީ ކުރުން

ޒުވާނުންގެ ކްރިއޭޓިވިޓީ ތަރައްގީކޮށް ކުރިއަރުވާނެ ބަޖެޓެއް ރާއްޖޭގައި ނެތް: މިނިސްޓަރ މައުސޫމް

17 މާރިޗު 2021 | ބުދަ 02:00

ބޭރު ފަރާތްތަކަށް 49 ޕަސަންޓާ ހަމައަށް ޝެއާ ވިއްކައިގެން ވިޔަފާރި ފެށޭނެ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 17 މާރިޗު 2021 | ބުދަ 02:00
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ދިވެހިންނަކީ ވަރަށް ކްރިއޭޓިވް ބައެއް ކަމަށާއި، އެކަން ފުޅާކޮށް ތަރައްގީކުރަން އިންވެސްޓްކުރާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ޒުވާނުންގެ ކްރިއޭޓިވް ވިސްނުންތައް ކުރިއަރުވަން ބޭނުންވާ ބަޖެޓު ދެވެން ނެތުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ދިވެހި ޒުވާނުންގެ ވަރަށް ރަނގަޅު ވިސްނުންތަކާއި މޮޅެތި ހިޔާލުތައް އެބަހުރި ކަމަށެވެ. އެކަމަކު އެ ހިޔާލުތަކުން ރަނގަޅު އައުޓްޕުޓްއެއް ނެރެން ބޭނުންވާ ފައިނޭންސް ފޯރުކޮށްދޭނެ ފަންޑެއް ނެތް ކަމަށާއި އޭގެ ސަބަބުން އެކަންކަމަށް ބޭރުގެ ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި ދާއިރާގައި ދިވެހި ޒުވާނުން ކުރިއެރުވުން ކަމަށާއި، ބޭރު ފަރާތްތަކާ ގުޅޭނީ ވެސް ދިވެހިންނަށް އޮތް ފުރުސަތުތައް ނުގެއްލޭ ގޮތަށް ކަމަށެވެ. ބޭރުގެ ބަޔަކާ ގުޅިގެން ވިޔަފާރިއެއް ފެށުން އެއީ މައްސަލައެއް ނޫން ކަމަށާއި، އަމިއްލައަށް އެކަން ވާން ނެތުމުން ބަޔަކާ ގުޅިގެން ފަށަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަރާނީ އެގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ހޮޓާ ތަކާއި ޑައިވިން ސެންޓަރ ކަހަލަ ކުދި ވިޔަފާރިތައް ހިންގުމުގައި ޒުވާނުންނަށް ފަސޭހައިން އެމަގު ފަހިވާނެ ގޮތަށް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ވިޔަފާރިއެއްގެ ވެސް މެޖޯރިޓީ ޝެއާ ދިވެހިންނަށް ނުގެއްލޭ ވަރަށް 49 ޕަސަންޓާ ހަމައަށް ބޭރު ފަރާތްތަކަށް ވިޔަފާރިތަކުގެ ޝެއާ ނެގޭ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ވިޔަފާރިތައް ފަށައިގެން ހިންގަނީ ބެންކު މެދުވެރިކޮށް ނަގާ ލޯނުތަކާއި އެފަދަ އެހީތަކުގައި ކަމަށެވެ. މިގޮތަށް ފުރުސަތު ފަހިކޮށްދިނުމުން ވިޔަފާރި ހިންގާނެ އިތުރު މަގެއް ލިބެނީ ކަމަށާއި އެ ބަދަލާއެކު ބެންކަކަށް 15 ޕަސަންޓު އިންޓްރަސްޓް ފައިސާ ދެއްކުމާއި، ވިޔަފާރިން ލިބޭ ފައިދާގެ ފަސް ވަރަކަށް ޕަސަންޓު ޝެއާ ހޯލްޑަރަށް ދިނުމާ މެދު ގޮތް ނިންމުމުގެ ފުރުސަތު ވިޔަފާރުވެރިޔާއަށް އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް މި ދާއިރާގައި ޒުވާނުން ކުރިއަރުވަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޒުވާނުން ބޭނުންވާ މަގުފަހިކޮށްދިނުމަށް ހަމައެކަނި ހޮޓާ ގެސްޓް ހައުސް ވިޔަފާރީގެ ބަދަލުގައި އެއާ ގުޅިގެން އަންނަ ޑައިވް ސެންޓަރ ތަކާއި އެފަދަ އެކު ކުޅިވަރުތަކުގެ ވިޔަފާރިތަކަށް ވެސް މަގުފަހިކޮށްދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
15 ނޮވެމްބަރު 2023

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
30 އޮކްޓޯބަރު 2023

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި

30 އޮކްޓޯބަރު 2023
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
27 އޮކްޓޯބަރު 2023

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު
26 އޮކްޓޯބަރު 2023

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

26 އޮކްޓޯބަރު 2023
1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .
26 އޮކްޓޯބަރު 2023

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023
ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް