Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާ

އިދިކޮޅު އިހުތިޖާޖުގައި ހައްޔަރުކުރި މީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފި

މުޒާހަރާގެ ތެރެއިން ޖުމުލަ 8 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 16 މާރިޗު 2021 | އަންގާރަ 18:25
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފަށް އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފަށް އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ހައްޔަރުކުރި މީހުންގެތެރެއިން އެކަކު ފިޔަވާ އެހެން މީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ޖުމުލަ 8 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެ ހުރިހާ އެންމެންވެސް ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފުވެފައިވާތީ 1000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ހަވީރު ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރަކު ހިމެނެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދެވެ.

އިދިކޮޅު ކޯލިޝަނުން އަންނަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާ ކުރަމުންނެވެ. މިގޮތުން ކޮންމެ ހަފްތާ ބަންދެއްގައި އިދިކޮޅުން މީހުން ނިކުމެ ސަރުކާރާ ދެކޮށް އަޑުއުފުލަމުން ދެއެވެ.

ސިލްސިލާގޮތެއްގައި އިދިކޮޅުން މުޒާހަރާކުރަމުން ގެންދާއިރު، މާލޭގައި ކޮވިޑް 19ގެ ސަބަބުން ހާލަތު ގޯސްވެ، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް، އާންމުންގެ ސިއްހަތަށް ނުރައްކާ ވާނޭހެން އަމަލުތައް ބަހައްޓާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް މީގެ ކުރިންވެސް ފުލުހުން އަންގާފައިވެއެވެ. އަދި އިދިކޮޅު މުޒާހަރާތަކާގުޅިގެން ފުލުހުން ބުނީ، މި އެއްވުންތަކަކީ އެޗްޕީއޭގެ ގައިޑްލައިނާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާވެސް ޚިލާފަށް ބާއްވަމުން އަންނަ އެއްވުންތަކެއް ކަމުގައެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއިދިކޮޅުން މުޒާހަރާ ކުރުން

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު