Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗް އަނބުރާ ޤައުމީ ޓީމަށް

އިބްރަހިމޮވިޗް އަލުން ސްވިޑެންގެ ޤައުމީ ޓީމަށް

ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި އިބްރަހިމޮޗިވް ކުޅޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 މާރިޗު 2021 | އަންގާރަ 13:35
ސްވިޑެންގެ ކުރީގެ ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް

ސްވިޑެންގެ ކުރީގެ ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް

ސްވިޑެންގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް، އެ ނިންމުން ބަދަލުކޮށް އަލުން ޤައުމީ ޓީމަށް ކުޅެން ނިންމައިފިއެވެ.

ސްވިޑެންގެ ކެޕްޓަންކަން އަދާކުރި އިބްރަހިމޮވިޗް ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗަށްފަހުއެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ސްވިޑެންގެ ޤައުމީ ޓީމަށް އިބްރަހިމޮވިޗް އަލުން ކުޅުވަން އެ ޤައުމުގެ ކޯޗު ޖޭން އެންޑަސަން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީ ދޫކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އިބްރަހިމޮޗިވް އޭސީ މިލާނަށް އަލުން ބަދަލުވިއިރު، އޭގެ ފަހުން އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގެ އިޓާލިއަން ލީގުގައި އިބްރަހިމޮވިޗް ވަނީ ކުޅުނު 14 މެޗުގައި ޖުމްލަ 14 ލަނޑު ޖަހާފައެވެ. އެއާއެކު ސްވިޑެންގެ ޤައުމީ ޓީމުގައި އިބްރަހިމޮވިޗް އަލުން ހިމެނުމަށް އެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މަސައްކަތްކުރިއިރު، ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ސްވިޑެނުން އެކުލަވާލި ސްކޮޑުގައި އުމުރުން 39 އަހަރުގެ އިބްރަހިމޮޗިވް ވަނީ ހިމަނާފައެވެ.

ސްވިޑެންގެ ޤައުމީ ޓީމުގައި އިބްރަހިމޮވިޗް އަލުން ހިމެނިއިރު، އޭނާ އެންމެ ފުރަތަމަ ޤައުމީ ޓީމަށް މެޗެއް ކުޅެދީފައިވަނީ 2001 ވަނަ އަހަރުއެވެ. އޭނާ އޭރު ސްވިޑެންނަށް ކުޅެން ނިންމީ ބޮސްނިއާ އާއި ކްރޮއޭޝިއާގެ ޤައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލުމަށްފަހުއެވެ. މީގެ ކުރިން 2016 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅުން އިބްރަހިމޮވިޗް ހުއްޓާލިއިރު، އޭނާއަކީ އެ ޤައުމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން އިބްރަހިމޮވިޗް ވަނީ ސްވިޑެންގެ ޤައުމީ ޓީމަށް 116 މެޗު ކުޅެދީ، 62 ލަނޑު ޖަހައިދީފައެވެ.އަދި އޭނާ ވަނީ އެ ޤައުމުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު 12 ފަހަރު ހޯދާފައެވެ.

ޒްލަޓާން އިބްރަހިމޮވިޗް

އިތުރަށް ކިޔާލަން

04 ޖޫން 2023

އޭސީ މިލާނާއެކު އިބްރަހިމޮވިޗްގެ ވަދާއީ މެޗު މިރޭ

04 ޖޫން 2023
އޭސީ މިލާނާއެކު އިބްރަހިމޮވިޗްގެ ވަދާއީ މެޗު މިރޭ
16 މާރިޗު 2023

41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑްންގެ ގައުމީ ޓީމަށް

16 މާރިޗު 2023
41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑްންގެ ގައުމީ ޓީމަށް
26 ސެޕްޓެމްބަރު 2022

އޭސީ މިލާންގެ ފޯވާޑް އިބްރަހިމޮވިޗް ފިލްމަކަށް!

26 ސެޕްޓެމްބަރު 2022
އޭސީ މިލާންގެ ފޯވާޑް އިބްރަހިމޮވިޗް ފިލްމަކަށް!
06 ޖުލައި 2022

އިތުރު އެއް އަހަރު އޭސީ މިލާންގައި މަޑުކުރުމަށް އިބްރަހިމޮވިޗް ނިންމައިފި

06 ޖުލައި 2022
އިތުރު އެއް އަހަރު އޭސީ މިލާންގައި މަޑުކުރުމަށް އިބްރަހިމޮވިޗް ނިންމައިފި
15 ސެޕްޓެމްބަރު 2021

އިބްރަހިމޮވިޗަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

15 ސެޕްޓެމްބަރު 2021
އިބްރަހިމޮވިޗަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު