Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗް އޭސީ މިލާންގައި މަޑުކުރުން

އިތުރު އެއް އަހަރު އޭސީ މިލާންގައި މަޑުކުރުމަށް އިބްރަހިމޮވިޗް ނިންމައިފި

އެއް އަހަރު މަޑުކުރަން ނިންމައި، މުސާރަ ކުޑަކުރުމަށް ވަނީ އެއްބަސްވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖުލައި 2022 | ބުދަ 04:52
ޒްލަޓާން އިބްރަހިމޮވިޗް

ޒްލަޓާން އިބްރަހިމޮވިޗް

އިތުރު އެއް އަހަރު އޭސީ މިލާންގައި މަޑުކުރުމަށް ޒްލަޓާން އިބްރަހިމޮވިޗް ނިންމައިފިއެވެ.

އިބްރަހިމޮވިޗް އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ނިމުނު ސީޒަނުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެއާއެކު އޭނާ އޭރު ބުނީ ގިނަ ފިޒިކަލް މައްސަލަތަކެއް އެބަހުރި ކަމަށާއި، ނަމަވެސް ކުރިމަގާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށެވެ.

ދާދި ފަހުން އިބްރަހިމޮވިޗް ވަނީ ކަކުލުގެ ސާޖަރީއެއް ވެސް ކޮށްފައެވެ. އެކަން ހާމަކުރަމުން އޭސީ މިލާނުން ބުނީ ކަކުލުގެ ސާޖަރީއެއް ހަދަން ޖެހުމުގެ ސަބަބުން މަދުވެގެން ހަތް މަހާއި އަށް މަހުގެ މުއްދަތަކަށް އިބްރަހިމޮވިޗް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށެވެ. އެއާއެކު އޭނާ އޭސީ މިލާނުގައި މަޑުކުރާނެ ކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.

އިބްރަހިމޮވިޗް ވަނީ އޭސީ މިލާނާއެކު ކުރިއަށް ދާން ނިންމާފައިކަމަށް ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ވަނީ ބުނެފައެވެ. ރޮމާނޯ ބުނި ގޮތުގައި އިބްރަހިމޮވިޗް ވަނީ އެއް އަހަރު އެ ޓީމުގައި މަޑުކުރަން ނިންމާފައެވެ. އެހެންކަމުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ޓީމުގައި މަޑުކުރާނެއެވެ. ރޮމާނޯ ބުނި ގޮތުގައި ކަކުލުގެ ސާޖަރީގެ ސަބަބުން އޭނާ ރިކަވާވުމަށް ދުވަސް ނަގާނެއެވެ. އެހެންކަމުން އިބްރަހިމޮވިޗް ހުރީ މުސާރަ ކުޑަކުރަން އެއްބަސްވެގެން ކަމަށް ވެސް ރޮމާނޯ ވަނީ ބުނެފައެވެ.

އެންމެ ފަހުން އޭސީ މިލާނަށް ބަދަލުވުމަށްފަހު އިބްރަހިމޮވިޗް ވަނީ އެ ކުލަބާއެކު މޮޅު ކުޅުމެއް ދައްކާފައެވެ. އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް ވަނީ އޭގެ ފަހުން އޭސީ މިލާނަށް ކުޅެދިން 74 މެޗުން 33 ލަނޑު ޖަހާފައެވެ. އޭނާ އެންމެ ފުރަތަަމަ އޭސީ މިލާނަށް ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ.

އޭސީ މިލާންޒްލަޓާން އިބްރަހިމޮވިޗް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
04 ޑިސެމްބަރު 2024

ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް

04 ޑިސެމްބަރު 2024
ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު